ސަތާރަ ވަނަ ރައްޔިތުންގެ މަޖުލީސް: ރާއްޖެތެރޭ ރައްޔިތުން އިތުރަށް އަޅުވެތި ކުރުވި


17flates for male ވަނަ ރައްޔިތުންގެ މަޖުލީހުން ހެދި ހުރިހާ ޤާނޫނެއް ހެދީ މާލެއަށް އަމާޒުކޮށްގެންނެވެ. އިސްލާހުކުރި ހުރިހާ ޤާނޫނެއް އިސްލާހުކުރީ މާލެއަށް އަމާޒުކޮށްގެންނެވެ. ފާސްކުރި އެއްވެސް ޤާނޫނެއް ރާޢްޖެތެރޭގައި ތަންފީޒުކުރެވޭނެ ގޮތެއް ނެތިފައި އެހެރީ، އެޤާނޫނުތަކުގައި ބުނެފައިވާ ކަންތައްތައް ދައުލަތުން ފުރިހަމަ ކޮށްނުދީ ހުރުމުންނެވެ. ނަމަވެސް އެޤާނޫނުތަކުގެ ދަށުން ރާއްޖެތެރޭ ނިކަމެތި ރައްޔިތުން އެދަނީ ކުށްވެރިވަމުންނެވެ. މިކަމާ 17 ވަނަ ރައްޔިތުންގެ މަޖުލީހުން ކުރީ ކޮންކަމެއްތޯ؟ ފާސްކުރި ޤާނޫނުތައް ހުރިތާ ބަހައްޓާފައި އެއްމެ ކުޑަމިނިން ޤާނޫނު އަސާސީގައި ބުނާ އަސާސީ ހައްޤުތައް ރާއްޖެތެރޭ ރައްޔިތުންނަށް ހޯދައި ދިނުމަށް ކުރެއްވީ ކޮންކަމެއްތޯ؟ ދިވެހިރާއްޖޭގެ ރައްޔިތުން ޒިންމާވާގޮތަށް ނަގާ ލޯނާއި، ރައްޔިތުންގެ އަތުން ނެގޭ ޓެކްސް ހިމަނައިގެން ދައުރުގެ 5 އަހަރުތެރޭ ތިޔަ މަޖުލީހުން ފާސްކުރި ކޮންމެ ބަޖެޓަކީ ޤާނޫނުއަސާސީއާ ޚިލާފަށް ފާސްކޮށްފައިވާ ބެޖެޓެކެވެ. އަދި އެބަޖެޓް ތަންފީޒުކުރި ސަރުކާރުތަކުން އެކަން ކޮށްފައިވަނީވެސް ޤާނޫނު އަސާސީއާ ޚިލާފަށެވެ.

Presentation1ލޯނުތައް ނަގަން ހުއްދަދިނީ “ގްރޭޓަރ މާލެ” ޕްރޮޖެކްޓްތައް ހިންގާށެވެ. މާލޭ ނުނިމިހުރި ގޯތިތައް ނިންމަން 500 މިލިޔަން ރުފިޔާގެ ލޯނު ނަގަން ސަރުކާރަށް ހުއްދަ ދިންއިރު ޤާނޫނުއަސާސީގެ 16،17 އަދި 23 ވަނަ މާއްދާ ބެއްލެވިނަމަ، ހަމަ އެކަނި މާލޭގެ ގެދޮރުވެރިންގެ ގެތައް ނިންމަން ލޯނު ދިނުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއްކަން އެނގޭނެއެވެ. ނަމަވެސް 17 ވަނަ ރައްޔިތުންގެ މަޖުލިސް މެންބަރުން އެކަން އެގޮތައް ކުރެއްވީއެވެ. ގޯތިތައް ހަދާނިމޭވަރަކުން، ރާއްޖެތެރޭ ރައްޔިތުންނަށް އެތަންތަން ކުއްޔަށްދޭންވީއެވެ. އަސާސީ ހައްޤުތައް ހޯދަން ބޭނުންނަމަ މާލެ ގޮސް ކުއްޔަށް އުޅުން ނޫންގޮތެއް ރާއްޖެތެރޭ ރައްޔިތުންނަށް ނެތްކަން 17 ވަނަ ރައްޔިތުންގެ މަޖުލީހުން ވަނީ ސާބިތުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް:

ސަރުކާރު ޒިންމާދާރުކުރުވުމާއި މެނިފެސްޓޯ ތަންފީޒުކުރުމުގެ ފުލޯކު ވާހަކަ (1)

ސަރުކާރު ޒިންމާދާރުކުރުވުމާއި މެނިފެސްޓޯ ތަންފީޒުކުރުމުގެ ފުލޯކު ވާހަކަ (2)

ސަރުކާރު ޒިންމާދާރުކުރުވުމާއި މެނިފެސްޓޯ ތަންފީޒުކުރުމުގެ ފުލޯކު ވާހަކަ (3)

ސަރުކާރު ޒިންމާދާރުކުރުވުމާއި މެނިފެސްޓޯ ތަންފީޒުކުރުމުގެ ފުލޯކު ވާހަކަ (4)

މިއަޑު އިއްވަދޭނީ ކާކު؟

ލާމަރުކަޒު ކުރުމާއި އަޅުވެތިކުރުން (1)

ލާމަރުކަޒު ކުރުމާއި އަޅުވެތިކުރުން (2)

ލާމަރުކަޒު ކުރުމާއި އަޅުވެތިކުރުން (3)

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.