މިއަދު ފާސްކުރި ބަޖެޓަކީ އައިރުގާނޫނީ ބަޖެޓެއް.


budget2015

މިއަދު ފާސްކުރި ބަޖެޓަކީ އައިރުގާނޫނީ ބަޖެޓެއް.

މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީހުން ފާސްކުރި 24.3 ބިލިޔަން ރުފިޔާގެ ބަޖެޓަކީ، ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައެއް (ރާއްޖެތެރެ) އިތުރަށް އަޅުވެތިކުރުވި ބަޖެޓެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބުނެފައިވާ ދިރިހުރުމާއި ދިރިއުޅުމާއި ގުޅިފައިވާ އަސާސީ ހައްޤުތައް އެއްވެސް ތަފާތުކުރުމެއްނެތި ދިވެހިރާއްޖޭގެ އެއްމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ގާނޫނުއަސާސީން ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެކެވެ.

ރައްޔިތުންގެ މަޖުލީހުގެ 85 މެމްބަރުންގެ ތެރެއިން 72 މެމްބަރުން އިންތިޚާބުކުރި ރައްޔިތުން މިއަދުވެސް އެތިބީ ސާފު ބޯފެނުން މަހުރޫމުކޮށްފައެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި (އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރާ ބާބު) އެއްވެސް ތަފާތުކުރުމެއްނެތި އެއްމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާ އަސާސީ ހައްގުތަކުގެ ތެރެއިން އެއްމެ ކަމެކެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކުން ރާއްޖެތެރޭ ރައްޔިތުން މަހުރޫމުކޮށްފައި، މާލޭގައި ބުރިޖް އަޅައި، މާލެ އާއި ހުޅުމާލޭގައި ފުލެޓް އަޅައި، ހުޅުމާލޭ ހިއްކަން ރައްޔިތުންގެ މަޖުލީހުން ބަޖެޓް ފާސްކުރި ކުރުމަކީ ގާނޫނުއަސާސީއާއި ޚިލާފަށް ކުރިކަމެކެވެ.

ގުޅުންހުރި ލިޔުންތައް:

ސިޔާސީ ޕާޓީ ހިންގުމަކީ އަހަރެމެންކުރާ ވިޔަފާރިއެކެވެ.

“އައްޑޫއާލާތުން” ނަށް އޮތީ ހަމައެކަނި ސަރުކާރަށް ޓެކްސް ދެއްކުމެވެ.

މިއީ ހައެއްކަ މަހުޖަނުންގެ ގައުމެކެވެ.

ސަރުކާރު ޒިންމާދާރުކުރުވުމާއި މެނިފެސްޓޯ ތަންފީޒުކުރުމުގެ ފުލޯކު ވާހަކަ (1)

ސަރުކާރު ޒިންމާދާރުކުރުވުމާއި މެނިފެސްޓޯ ތަންފީޒުކުރުމުގެ ފުލޯކު ވާހަކަ (2)

ސަރުކާރު ޒިންމާދާރުކުރުވުމާއި މެނިފެސްޓޯ ތަންފީޒުކުރުމުގެ ފުލޯކު ވާހަކަ (3)

ސަރުކާރު ޒިންމާދާރުކުރުވުމާއި މެނިފެސްޓޯ ތަންފީޒުކުރުމުގެ ފުލޯކު ވާހަކަ (4)

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.