ސާދަވަނަ ހަފްތާ ބަންދު: އޮފީހުގެ އިސްވެރިން ހެދުން އަޅުއްވާގޮތާއި އޮފީހުގެ މާހައުލު
އޮފީހުގެ 14 ވަނަ ހަފްތާ ބަންދުގައި މިހުށަހަޅާ ދެވަނަ ލިޔުމަކީ މީގެ 14 ހަފްތާ ކުރިން ލިޔަން ޖެހޭ ވާހަކައެވެ. ނަމަވެސް މައްސަލަ ވަރަށް ރަނގަޅަށް ސާފުވެ، މައްސަލައަށް ހައްލެއް ހޯދުނީމާ ދެން އެވާހަކަ ލިޔަން މަޑުކުރީއެވެ. މީދޫ ކައުންސިލަރ ކަމާއި އަޅުގަނޑު ހަވާލުވުމުގެ ކުރިން އަޅުގަޑަށްވެސް ފާހަގަކުރެވިފައި އޮތް އެއްކަމަކީ މީދޫ އޮފީހުގެ އިސްވެރިން ރަސްމީ ގަޑީގައި ޓައި ނައަޅާ އޮފީހަށްދާ މައްސަލައެވެ. މިކަމަކީ ރަށުގެ ނަގާކިޔާ މީހުންގެވެސް ބޮޑު ޝަކުވާއެކެވެ. އޮފީހުގެ ހައިބަތާއި އެއޮފީހެއްގެ އިސް ވެރިން ހެދުން އަޅުއްވާ ގޮތާއި ވަރަށް ބޮޑު ގުޅުމެއްވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ތެދެކެވެ. ފެން ފައިވާނަށް އަރައިގެން އޮފީހުގެ ވެރިން ތިއްބަވާނަމަ އެއީ، އޮފީހުގެ ހައިބަތު ގެއްލޭނެ ކަމެކެވެ. ނަމަވެސް ހަޤީގަތަކީ މީދޫ އޮފީހުގެ މާހައުލުގައި ދަށަށްޖަހައި ޓައި އަޅައިގެން މަސައްކަތް ކުރުމަކީ މިހާރުގެ ހާލަތައް ބަލާއިރު ކުރަން އުނދަގޫކަމެކެވެ. Read more…
ސާދަވަނަ ހަފްތާ ބަންދު: ޝަންގްރިއްލާއިން މީދޫގެ ދަނޑުވެރިންނަށް ދީފައިވާ ފުރުސަތު
އޮފީގެ 14 ވަނަ ހަފްތާ ފެށިގެންދިޔައީ ދަނޑުވެރިކަމާއި ގުޅުންހުރި ޝަކުވާތަކަކުންނެވެ. މިކަމަކީ މީގެ ކުރިންވެސް އަޅުގަނޑާއި ހަމައަށް ފޯރާފައިވާ އަދި އެމައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިވާ މައްސަލަތަކެކެވެ .
އެނގިވަޑައިގަންނަވާނެ ފަދައިން އޮފީހުން އަބަދުވެސް ދަނޑުވެރިން އުފައްދާ ތަކެއްޗައް މާކެޓް ހޯދައިދިނުމުގައި މީގެ ކުރިންވެސް އަދި މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދެއެވެ. އެގޮތުން އަޅުގަނޑު އޮފީހާއި ހަވާލުވިއިރުވެސް ދަނޑުވެރިންނަށް ޝަންގްރިއްލާއިން މާކެޓް ހޯދައިދިނުމަށް ރ.ކ ކޮމެޓީއާއި އޮފީހުން މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ޝަންގްރިއްލާއިން މީދޫގެ ދަނޑުވެރިންނާއި ބައްދަލުކުރުމަށް ދަޢުވަތު ދިނެވެ. އެދައުވަތު ގަބޫލުކޮށް ރަށުގެ 15 ވަރަކަށް ދަނޑުވެރިން ޝަންގްރިއްލާއަށް ދިޔައެވެ. އަދި ދަނޑުވެރިންގެ އެދުމުގެމަތިން އަޅުގަނޑުވެސް އެބައްދަލުވުމަށް ދިޔައީމެވެ. އެބައްދަލުވުން ވެގެންދިޔައީ ޝަންގްރިއްލާއިން މީދޫގެ ދަނޑުވެރިންނަށް ވިޔަފާރީގެ ދޮރު ހުޅުވާލި ބައްދަލުވުމަށެވެ. Read more…
ތޭރަވަނަ ހަފްތާ ބަންދު: އަހަރެންނަކީ ފަޤީރެއްހެއްޔެވެ؟
އޮފީހުގެ 13 ވަނަ ހަފްތާ ބަންދުގައި ލިޔަން އަޅުގަނޑު ގަސްތުކޮށްގެން ހުރީ މިވާހަކައެއް ނޫނެވެ. ނަމަވެސް ކަންދިމާކުރިގޮތުން ނިމިގެންދިޔަ ހަފްތާވެގެންދިޔައީ ފަޤީރުންގެ ލިސްޓްގައި ނަންނޯޓްކުރުން ފެށިގެންދިޔަ ހަފްތާއަށެވެ. އެހެންކަމުން އެއްމެ ގިނަ ބައެއްގެ ސުވާލަކަށްވެފައި އޮތީ ތިމަންނާއަކީ ފަޤީރެއްތޯ ނުވަތަ ތިންމަނާގެ އަންހެނުންނާއި، ދަރިން ފަޤީރުންގެ ލިސްޓްގައި ޖެއްސިދާނެތޯއެވެ. މިލިސްޓްގައި ޖެހިގެން ފަޤީރެއްގެ ގޮތުގައި އަޅުގަނޑު ހަމަގައިމުވެސް ހުންނާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން މިފަހަރު މިގެނެސްދެނީ މިކަމާއި ގުޅޭގޮތުން އަހަރެންގެ އަމިއްލަ ނަފްސާއި ކޮށްލި ސުވާލާއި ޖަވާބެވެ. Read more…
ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުން: އައްޑު އަތޮޅުގެ މާބަނޑު އަންހެނުން ކަނޑު ހުރަސްކޮށް ފުވައްމުލަކަށް
ފާއިތުވެދިޔަ 30 އަހަރުވީ ސަރުކާރުން ވެރިކަން ކޮށްފައިވަނީ ކޮންގޮތަކަށްތޯ ސުވާލުކުރުމުގެ ބޭނުމެއް މިހާރަކުނެތެވެ. މިހާރު މިއޮތީ އެމްޑީޕީގެ ސަރުކާރެވެ. އާދެ! ދިރިއުޅުމުގެ އަގުތައް ތިރިކޮށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހޯދައިދީ، ޑްރަގަށް ކުރީގެ ސަރުކާރުން ހުޅުވި ދޮރުތައް ބަންދުކޮށް، ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލާނެކަމަށް ވަޢުދުވެފައިވާ ސަރުކާރެވެ. މީގެ އިތުރުން ރައްޔިތުންގެ ކަންތައްތައް ރައްޔިތުން އެދޭގޮތަށް ރައްޔިތުންނާއި ވީއެއްމެ ކައިރިން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ސަރުކާރެކޭ ބުނަމުންދާ ސަރުކާރެވެ. Read more…
އެފް.އެމް.ޑީން އިންތިޒާމްކޮށްގެން 11 ޖޫން 2009 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އަޅުގަނޑު ދެއްކި ވާހަކަ
އައްސަލާމްއަލައިކުމް ވަރަހުމަތުއްﷲ
އަޅަމެންނަށް ވިސްނުމާއި ބުއްދި ދެއްވައި، އެބުއްދީގެ ބޭނުން އެއްމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް އެންގެވި އަޅަމެން ހައްދަވައި ގެންގުޅުއްވާ އެއްކައުވަންތަ މާތްﷲ ހަމްދާއި ޝުކުރުކުރަން. އަދި މިބިންމަތީގައި އުޅެންވީ ހެޔޮގޮތް އުނގަންނަވައިދެއްވި އަޅަމެންގެ ރަސޫލާ މުޙައްމަދު ސައްލައްﷲ އަލައި ވަސައްލަމްއަށް ސަލަވާތާއި ސަލާމްލެއްވުންއެދި ދުޢާކުރަން.
އާދެ! އަޅުގަނޑުމެން ރަށު އޮފީހުގެ ޒިންމާއާއިބެހޭގޮތުން ވާހަކަދައްކާއިރު، މިކަމުގައި ރައްޔިތުންނަށް އޮޅިވަޑައިގެންފައިވާ އެއްވެސްކަމެއް އޮވެގެންނުވާނެ. Read more…
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް: މީދޫގެ ބަނދަރު ސާފުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވާށެވެ.
މިއަންނަ ހޯމަދުވަހަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރާދުވަހެވެ. މިދުވަސް މުޅި ރާއްޖޭގައި ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން މިއަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކީ އަތޮޅުގެ ހުރިހާ ރަށެއްގެ ބަނދަރު ސާފުކުރުމެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި އަތޮޅުގެ ހުރިހާ ރަށެއްގެ ބަނދަރުތައް ސާފުކުރުމަށް ޕްރޮވިންސް އޮފީހުން ނިންމަވާފައިވާއިރު މީދޫގެ ބަނދަރު ސާފުކުރުންވެސް ހިމެނޭނެއެވެ. Read more…
ލޯބީގެ ސިޓީއެއް ލިޔާނީ ކިހިނެތް؟
ޖަޒުބާތުން ފުރިފައިވާ ލޯބީގެ ސިޓީއެއް ލިބުމަށްވުރެ ވަކިން އިތުރު ރޮމަންޓިކް އެހެންކަމެއް އޮންނާނެތޯއެވެ؟ ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުމުގެ އިތުރުން މިހާރުވެސް ލޯބިވެރިންގެ މެދުގައި ބަދަލުކުރެވޭ އެއްމެ އަސަރުގަދަ ނޯޓަކީ އަތުން ލިޔެފައި އެކަކު އަނެކަކަށް ފޮނުވާ ލޯބީގެ ސިޓީތަކެވެ.
ލޯބީގެ ސިޓީތަކަކީ ވަކި ދުވަހަކަށް ޚާއްސަކުރެވިގެން ބަދަލުކުރާ އެއްޗެއްނޫނެވެ. ލޯބިވެރިންގެ އިހްސާސްތައް ހިއްސާކުރުމުގައި ލޯބީގެ ސިޓީއަކީ އަހަރުގެ ހުރިހާ ދުވަހަކު ބޭނުންކުރެވޭ އެއްޗެކެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ލޯބީގެ ސިޓީތައް ބަދަލުކުރުން މިހާރު މިވަނީ މުޅިންހެން ހުއްޓިފައެވެ. ނަމަވެސް އަތުން ލިޔެފައި ފޮނުވާ ލޯބީގެ ސިޓީގައި ހުންނަ ރޮމޭންޓިކް ކަމެއް ޒަމާނީ އާލާތްތައް މެދުވެރިކޮށް ފޮނުވާ މެސެޖްތަކުގައި ނުހުންނާނެއެވެ. Read more…
މަރުޙަބާ އަލްއުސްތާޛު ހުސްނުއް ސުޢޫދު
ދިވެހިރާއްޖޭގެ ބަންޑާރަ ނައިބު ކަމުގެ މަގާމާއި ސ.މީދޫ ހަސަންކާރިގޭ އަލްއުސްތާޛު ހުސްނުއް ސުޢޫދު ހަވާލުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ވަރަށް އިޚްލާސްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ފޮނުވަމެވެ.
އަޅުގަނޑުގެ ދުޢާއަކީ މަނިކުފާނު މިއަދު ތިޔަ ހަވާލުވެ ވަޑައިގެންނެވި މަޤާމުގެ ޒިންމާ ފުރިހަމަގޮތުގައި އަދާކުރެއްވުމުގެ ހެޔޮތައުފީޤް މާތްﷲ މިންވަރު ކުރެއްވުމެވެ.
އައްޑުއަތޮޅަށް އުފަން ދެވަނަ ޕްރޮފެސަރ
ސައިންސްގެ ދާއިރާއިން ޕްރޮފެސަރަކަށް ވެވަޑައިގަތް ފުރަތަމަ ދިވެއްސަކީ އައްޑުއަތޮޅަށް އުފަން ހަސަން އުގައިލްއެވެ. ސައިންސްގެ ދާއިރާއިން ޕްރޮފެސަރަކަށް ވެވަޑައިގަތް ފުރަތަ ދިވެއްސަކީ އައްޑުއަތޮޅަށް އުފަން ބޭފުޅަކަށްވީތީ އައްޑުއަތޮޅު ދަރިއެއްގެ ޙައިޞިއްޔަތުން އަޅުގަނޑު ނިހާޔަތަށް އުފާކުރާކަމެކެވެ. މިއީ ޕްރޮފެސަރަކަށް ވެވަޑައިގަތުމުގެ ޝަރަފު ލިބިވަޑައިގެންނެވި ދެވަނަ ބޭފުޅާއެވެ. ރާއްޖޭގައި ފުރަތަމަ ޕްރޮފެސަރަކަށް ވެވަޑައިގެންނެވި ޕްރޮފެސަރ ޢަބްދުﷲ ސަޢީދުއަކީވެސް އައްޑުއަތޮޅުގެ ބޭފުޅެކެވެ. އެއްވެސް ޝައްކެތްނެތްގޮތުގައި މިއީ ދިވެހި ޤައުމަށާއި މިދެބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވާ އައްޑު އަތޮޅަށް ލިބުނު ވަރަށް މަތިވެރި ޝަރަފަކާއި ކާމިޔާބީއެކެވެ. Read more…
މަސްތުވާތަކެއްޗާއި ދެކޮޅަށް މުޒާހަރާކުރާކަށް ނުވޭހެއްޔެވެ؟
ހެރެތެރެ ރިސޯޓް ހިންގާ ޔޮޓް ޓުވާސްއާއި ދެކޮޅަށް ހުޅުމީދޫގެ ރައްޔިތުން މުޒާހަރާ ކުރަމުންދަނީ ގަވާއިދާ ޚިލާފަށް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީއެވެ. ދަނޑުވެރިންނަށާއި، މަސްވެރިންނަށް ދޭންވާ ފައިސާކޮޅު ނުދީ ކަންމަތީ ފިހާރަތައް ބަނގުރޫޓްވަމުންދާތީއެވެ. މިއީ މިހާތަނަށް ޔޮޓް ޓުވާސްއާއި ދެކޮޅަށް ނުވަތަ ހެރެތެރެ މެނޭޖްމަންޓާއި ދެކޮޅަށް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ މުޒާހަރާތަކުން އެއްމެ ގިނައިއިން އިވޭ ވާހަކަތަކެވެ. Read more…
ބައެއް މީހުން އެއްގޮތަކަށްވެސް ފެއިލް ނުވަނީ ކީއްވެހެއްޔެވެ؟
އިލެކްޓްރިކް ލައިޓް އުފެއްދުމަށް އެޑިސަން ކުރި ބުރަ މަސައްކަތުގައި ހަތްސަތޭކަފަހަރު އޭނާ ފެއިލްވިއެވެ. މިކަމާއި ގުޅިގެން ނިވްޔޯކް ޓައިމްސްގެ ރިޕޯޓަރަކު އޭނާއާއި ސުވާލުކުރިއެވެ. ހަތްސަތޭކަ ފަހަރު ފެއިލްވުމުން ކުރެވުނީ ކޮން އިހްސާސެއްތޯއެވެ؟ އޭނާ ޖަވާބުދިނެވެ. އަހަރެން އެއްމެ ފަހަރަކުވެސް ފެއިލް ނުވަމެވެ. އަހަރެން ކުރިކަމަކީ އިލްކްޓްރިކް ލައިޓް ނުއުފެއްދޭނެ ހަތްސަތޭގޮތް ހޯދައި އެގޮތްތައް އެކަހެރި ކުރުމަށްފަހު އިލްކްޓްރިކް ލައިޓް އުފެއްދޭނެގޮތް ހޯދުމެވެ. Read more…
ރިޝްވަތުދިނުމާއި ރިޝްވަތުގައި ހިފުން އާއްމުވެފައި
އެއްބަޔަކު އަނެއްބައެއްގެ މުދާ ބާޠިލުގޮތުގައި ކެއުން މާތްﷲ ވަނީ ޙަރާމްކުރައްވާފައެވެ. އަދި ޙަރާމްތަކެއްޗާއި ދުރުވުމަށް އެކަލާނގެ ވަނީ އަންގަވާފައެވެ. އެކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންކަމުގެތެރޭގައި ރިޝްވަތުހިފުން ހިމެނެއެވެ. ރިޝްވަތު ދޭމީހާ އާއި،ރިޝްވަތައިގެން ހިގާ މީހާ އާއި،ރިޝްވަތު ބަލައިގަންނަ މީހާއައް މާތްﷲ ލަޢުނަތް ލައްވާފައި ވެއެވެ. Read more…
މިއީ އަހަރެމެންގެ ފަހަރު: ބާކީ 16 ދުވަސް
މިދުވަސްވަރަކީ ރިޔާސީ އިންތިޚާބުގެ ކެންޕޭނުގެ އެއްމެ ފޯރިގަދަ ދުވަސްވަރެވެ. އަޅުގަޑުމެންގެ މިރަށުގައިވެސް މިކެންޕޭނުގެ ފޯރި ވަކި ކުޑައެއްނޫނެވެ. ހުރިހާދިމާލަކުންވެސް ފެންނަނީ ކެންޕޭނުގެ އަސަރުތަކެވެ. ދިދަތަކާއި ޕޯސްޓަރުތަކެވެ. ސްޓިކާތަކާއި ލީފްލެޓްތަކެވެ. އެއް ކެންޑިޑޭޓުގެ ޕޯސްޓަރު މައްޗަށް އަނެއް ކެންޑިޑޭޓްގެ ޕޯސްޓަރު އަރަމުންދާ މަންޒަރެވެ. ފައިސާ ބެހުމާއި ލިބިގަތުމުގެ ހިކްމަތްތެރިކަމެވެ. ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި ކުރެވޭ ހޫނު ޒުވާބުތަކެވެ. ވަކި ފަރުދެއްގެ އަގު ވަށްޓާލުމުގެ ބޭނުމުގައި ރަށުގެ ރައްޔިތުންގެ ނަމުގައި ރާއްޖޭގެ ބޮޑެތި މީޑިއާތަކަށް އިންޓަވިއު ދީފައިހުންނަ މަންޒަރުތަކެވެ. އާދެ އެއީ މިންވަންކަން އެހެންނޫންތޯއެވެ. މި ލިބުނު މިނިވަންކަމުގައި ނާތަހުޒީބު ސިފައެއް ހުރިނަމަ އެސިފައެއްވެސް ޒަމާނާއެކު ތަހުޒީބުވެ ނެތިގެން ހިނގައިދާނެތާއެވެ. އަޅާނުލަށްވާށެވެ. Read more…
މި ނަތީޖާއަށް އަހަރެމެން މައިންބަފައިން ދޭ ޖަވާބަކީ ކޮބައިތޯއެވެ؟
ދަރިފުޅު ދުނިޔެއަށް ފުރަތަމަ ނޭވާލާވަގުތުން ފެށިގެން އެކުއްޖާގެ ވަށައިގެން ހިނގާކަންތައްތައް ކޮޕީކުރަމުން ދަސްކުރަމުންދެއެވެ. ކަންތައްތައް އަމިއްލަޔަށް ތަޖްރިބާކުރެއެވެ. ތުއްތުކުދިން ވަރަށްގިނައިން އަގަޔަށް ކުޅޭއެއްޗެހިލާތަން މައިންބަފައިންނަށް ފެނިފައި ހުންނާނެއެވެ. އެކުދިން އަގަޔަށް ކުޅޭއެއްޗެހިލާ ކޮންމެފަހަރަކު އަހަރެމެން ތީކާއެއްޗެއް ނޫނޭ އަގަޔަށް ނުލާށޭ ދަރިފުޅު ގާތު ބުނަމެވެ. ނަމަވެސް އެކުދިން އެކަންތައް ތަކުރާރު ކުރެއެވެ. ކުޅޭއެއްޗެހި އަގަޔަށް ނުލާށޭ ދުވަހަކު ނުބުންޏަސް ކުއްޖާގެ އުމުރުން 4 އަހަރަށް ދިއުމުން މިކަންތައް ހުއްޓާލައެވެ. މިކަމުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟ ޝާހިދު ޝާހިދު
އުމުރުން 4 އަހަރާއި ޖެހެންދެން މިކުދިން އަގަޔައް ކުޅޭ އެއްޗެހިލައި، ބިންމަތީގައި ތަޅައި މިކުރި ތަޖްރިބާތައް އެއީ މައިންބަފައިންގެ ފަރާތުން އެކަންތައްތައް ފެނިގެން ކުރިކަންތައްތަކެއް ނޫނެވެ. އެއީ އެކުދިން އަމިއްލަޔަށް ކުރާ އެކްސްޕެރިމެންޓް ތަކެކެވެ. އެކިވައްތަރުގެ މެޓީރިއަލްސްގެ ބަރުދަނާއި އޭގެ ހަރުމިން އަދި އެ ވައްޓާލުމުން އުފެދޭ އަޑާއި ގްރެވެޓީ ދަސްކުރުމަށްޓަކައެވެ. ނަމަވެސް 4އަހަރު ފުރުމުން މިކުދިންގެ މިޒާޖް މުޅިން ތަފާތުވެގެން ދެއެވެ. ބޮޑެތި މީހުން ކުރާކަންތައްތައް ވަރަށް “ސިއްރުން” މިކުދިން ކޮޕީކޮށް ދަސްކުރަން ފަށައެވެ. މީގެތެރޭގައި އަހަރެމެން އެކުދިންލަށްވާ ކުރުވަން ބޭނުންނުވާ ކަންތައްތައްތަކާއި އެކުދިންގެ ފަރާތުން އަޑުއިވެން ބޭނުންނުވާ ބަސްތައް ދަސްކުރެއެވެ. ނަމަވެސް މިކަންތައްތައް އަހަރެމެން އެކުދިންގެ ހާޒިރުގައި އެބަކުރަމުއެވެ. މިދެންނެވިފަދަ އަމަލެއް އެކުދިންގެ ފަރާތުން ފެނިއްޖެނަމަ އަހަރެމެން އެކަން ނުކުރުމަށް ނަސޭހަތްތެރިވަމެވެ. އެކަމަކު 4 އަހަރު ފުރުމުން އަގަޔަށް ކުޅޭއެއްޗެހިލުން ހުއްޓާލިގޮތަށް މިކުދިންގެ މިއަމަލުތައް ހުއްޓައެއްނުލައެވެ. ކީއްވެގެން ހެއްޔެވެ؟ ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
މިއުމުރުގައި މިކުދިންކުރާ ގިނަ ކަންތައްތަކަކީ އަހަރެމެންގެ ފަރާތުން އެފަދަ ކަންތައްތައް ފެނިގެން ކުރާކަންތައްތަކެވެ. އެކަންތައްތައް އެކުދިން ކުރަނީ ގޯސްކަމެއްކަން ނުވަތަ ރަނގަޅުކަމެއްކަން އެގިގެނެއްނޫނެވެ. އެކަމަކު އަހަރެމެންނަށް ފާހަގަވަނީ މިކުދިން ގޯސްކަންތައްތައް ކުރުމަށް އިސްކަންދޭތަނެވެ. އަދި އެކަންތައްތަކަށް ހުއްޓުމެއް ނައިސް ބޮޑުވަމުން އަންނަވަރަކަށް އެފަދަ އަމަލުތައް އެކުދިންގެ ގައިގައި އަށަގަންނަމުން ދާތަނެވެ. މިހިސާބުން ކުއްޖާއަކީ ގޯސް ކުއްޖެކަމުގައި އަހަރެމެން ގޭތެރޭގައި ލޭބަލް ކުރަމުއެވެ. މިލޭބަލް ކުރުމުގެ ނަތީޖާ މިއަދު މުޖުތަމައުން އަޅުގަޑުމެން މިދަނީ ދެކެމުންނެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
މި ނަތީޖާއަށް އަހަރެމެން މައިންބަފައިން ދޭ ޖަވާބަކީ ކޮބައިތޯއެވެ؟ މިނަތީޖާގައި އަހަރެމެން ޚިއްސާވަނީ ކިހާވަރަކަށްތޯއެވެ؟ ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
އަހަރެމެން އެކުއްޖާގެ ހާޒިރުގައި ކުރި ކަންތައްތަކުގެ އަސަރު މިނަތީޖާގައިވަނީ ކިހާމިންވަރަކަށްތޯއެވެ؟ ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
އަހަރެމެން ކުއްޖާގެ ހާޒިރުގައި ނަމާދުވެސް ކުރީމެވެ. އެކުއްޖާ ފަހަތުން ނަމާދުކުރަން އުޅެންފެށުމުން އަހަރެމެން ބުނީ “ދަރިފުޅު އަދި ނަމާދު ކުރާވަރެއްނުވޭ. . .އަވަހަށް ކުޅެންދޭ!” މިހެންނެވެ. ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
އަހަރެމެން ދަރިފުޅުގެ ހާޒިރުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުރަށްކާތެރި އަމަލު ކުރީމެވެ. ދަރިފުޅަށް އެއީ ކޮންކަމެއްކަން ނޭގޭނެ ކަމަށް ހީކޮށްފައެވެ. ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
އަހަރެމެން ދަރިފުޅުގެ ހާޒިރުގައި ނެތިމޮށުމުގެ ނުބައި އަމަލު ކުރީމެވެ. އަހަރެމެން ދައްކާވާހަކަ “ސިއްރުން” ދަރިފުޅު ކޮޕީކުރަމުންދާކަން ނޭގިތިބެއެވެ. ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
މިހުރިހާކަމެއް ފުރަތަމަ ދަރިފުޅު ދަސްކުރީ އަހަރެމެންގެ ފަރާތުންނޫންހެއްޔެވެ؟ ކައްޗައް އެޅި ބިންގާ ކެއްޗާހަމަޔަށް ދާނީ ކައްޗަށޭ ބުނާ އުސޫލު މިތަނުގައި އަހަރެން ބޭނުމެއް ނުކުރާނަމެވެ. އަހަރެމެންނަކީ އިންސާނުންނަށް ވީތީއެވެ. ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
Maldives: On the road to 2020
Meedhoo Weekly 9th Edition
Dwonload now: http://shahidlive.wordpress.com/meedhoo-weekly/
Dhivehinge ninmun: Vote beykaaru nukurasheve
އެމްޑީޕީގެ ޕްރައިމަރީސް އަދި ރިޔާސީ އިންތިޚާބުގައިވެސް އަޅުގަޑުމެން ވޯޓުދޭއިރު ކޮންމެހެން ހޮވޭނެކަމަށް ހީވާމީހަކަށް ވޯޓުދޭކަށް ނުޖެހެއެވެ. ހޮވޭނެހެންހީވާ ކެންޑިޑޭޓަކަށް ވޯޓުދީ ނަތީޖާ އިއުލާން ނުކުރަނީސް ހޮވޭނެ ކެންޑިޑޭޓަކު ލަފާކުރުމުން އަޅުގަޑުމެންނަށް ލިބެނީ ކޮންއެއްޗެއްހެއްޔެވެ؟ މިއަންނަ ރިޔާސީ އިންތިޚާބަށް ބަލާލާއިރު މިހާތަނަށް ވާދަކުރާނެކަމަށް އިއުލާން ކޮށްފައިވާ ކެންޑިޑޭޓުންގެ ލިސްޓުގައި މިތިއްބެވީ މައުމޫނު ފިޔަވައި މުޅިންވެސް ރައީސްކަން ކުރެއްވުމަށް އާ ބޭފުޅުންނެވެ. މައުމޫނުއަކީ މިހާރުވެސް އޮފީސް ހިންގެވުމާއި ހަވާލުވެގެން ހުރި މީހާއެވެ. ވީމާ މިއިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތުވެސް ބޮޑީ މައުމޫނުއަށް ކަމަށް ހީކުރާ މީހުން މަދެއްނުވާނެއެވެ. މީގެ ތެރޭގައި މައުމޫނުގެ ވެރިކަން ބަދަލުވުމަށް އެދޭ އެހެނިހެން ކެންޑިޑޭޓުންގެ ސަޕޯޓަރުންވެސް އުޅޭނެއެވެ. މިސާލަކަށް މިދެންނެވި މީހުންގެ ތެރެއިން މީހަކު މައުމޫނަށް ވޯޓުލާފައި މިބުނަނީ “ޑރ.ހަސަން ސައީދުއަށް ވޯޓް ނުލީ ނުވަތަ ޑރ.މުނައްވަރަށް ވޯޓް ނުލީ އެބޭފުޅުން އިންތިޚާބުގައި ފެއިލްވާނެކަމަށް ފެންނާތީވެ އަޅުގަޑުގެ ވޯޓް ބޭކާރު ކޮށްނުލަންވެގެންނެވެ.” މިގޮތަށް ކަންތައް ކުރުމުން ދޭހަވަނީ ކޮންކަމެއް ހެއްޔެވެ؟ Read more…
ދިވެހިންގެ ނިންމުން: ވޯޓް ބޭކާރުކޮށްނުލާށެވެ.2
މިއަހަރަކީ ދިވެހިންނަށް އެމީހުންގެ ކުރިމަގު ބިނާކުރުމަށްޓަކައި ވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ އަހަރެކެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ރާއްޖޭގެ އިދިކޮޅު އެއްމެ ބޮޑު ޕާޓީ އެމް.ޑީ.ޕީން އެ ޕާޓީގެ ޕްރައިމަރީސް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ޕްރައިމަރީސްގައި މިހާތަނަށް ތިންބޭފުޅަކު ވާދަކުރެއްވުމަށް ވަނީ ފައިނަގާފައެވެ. މިތިންބޭފުޅުންގެ ތެރެއިން އެމްޑީޕީގެ މެމްބަރުން ހޮވާމީހަކީ އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ކެންޑިޑޭޓެވެ. ވީމާ އެމްޑީޕީގެ މެމްބަރުންނަށް މިއިންތިޚާބަކީވެސް ވަރަށް މުހިއްމު އިންތިޚާބެކެވެ. މެޗްގައި އެއްމެ ގިނަ ގޯލް ޖަހާފާނެ ކަމަށްބެލެވޭ މީހާއައް މޭންއޮފްދަ މެޗް ދީފި ކަމުގައިވަނީނަމަ ޕާޓީގެ ޕްރައިމަރީސް ބޭއްވުމުކީވެސް “ބޭކާރު” ކަމެކެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
މިވެނި މީހަކު ޕާޓީން ނެރެފިއްޔާމު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވާނެއޭ ކިޔާ ވާހަކަދައްކާއަޑު މިހާރުވެސް މިދަނީ އިވެމުންނެވެ. ނަމަވެސް މިވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯއެވެ؟ 1976 ވަނަ އަހަރު އެމެރިކާގެ ރެޕަބްލިކަން ޕާޓީން ވެރިކަމަށް ވާދަކުރާނޭ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރެޒިޑެންޓަލް ނޮމިނޭޝަންގައި ވާދަ ކުރެއްވީ ރޭގަން އާއި ފޯޑް އެވެ. މިނޮމިނޭޝަންގައި ރެޕަބްލިކަން ޕާޓީގެ މެމްބަރުން ފޯޑް އިންތިޚާބުކުރީ ރޭގަންއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ގަބޫލުކޮށްފައެވެ. ނަމަވެސް 1977ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފޯޑް ނާކާމިޔާބުވީ އޭރުގެ އެހާ “މަޝްހޫރު ނޫން” ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖިމީ ކާޓާރ އާއި ވާދަކުރަށްވައިގެންނެވެ. އޭގެ ހަތަރުއަހަރު ފަހުން 1981 ވަނަ އަހަރު ރޭގަން އެމެރިކާގެ ވެރިކަމާއި ހަވާލުވެ 1989ވަނަ އަހަރާއި ހަމަޔަށް ވެރިކަން ކުރެއްވިއެވެ. ވީމާ މިފަދަ އިންތިޚާބެއްގައި ކާމިޔާބު ހޯދާނެ މީހަކު ލަފާކުރަން އެގޭ މިންވާރާއި މެދު ސުވާލުކުރެވޭނެ ޖާގަ ވަރަށް ބޮޑަށް އެބައޮތެވެ. އެމެރިކާގެ ސިޔާސީ މައިދާނުން މިސާލެއް މިގެނެސްދިނީ އެއްގޮތަކަށްވެސް އެމެރިކާއާއި ދިވެހި ރާއްޖެ އެއްފަންތި ކުރާކަށެއް ނޫނެވެ. އެމްޑީޕީން މިބާއްވާ ޕްރައިމަރީސް ނުވަތަ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިޚާބަކީ ދިވެހިންނަށް މުޅިން އާކަމަކަށް ވުމާއިއެކު ގޯލު ނުޖަހަނީސް މޭން އޮފް ދަމެޗް ދިނުމުން ޕާޓީއަށް ކުރިމަތިވެދާނެ ނާކާމިޔާބު ފާހަގަ ކޮށްލުމުގެ ގޮތުންނެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
މި ޕްރައިމަރީސް ގައި ރާއްޖޭގެ އެއްމެ ބޮޑު އިދިކޮޅު ޕާޓީގެ ނިންމުންވާންޖެހޭނީ ވަރަށް ހަރުދަނާ ނިންމުމަކަށެވެ. އިދިކޮޅު ޕާޓީއޭ ބުނުމުން އަދިވެސް ބައެއްބޭފުޅުންނަށް ގަބޫލުކުރެވެނީ އެޕާޓީއަކީ ގައުމެއްގައި ހިނގާ ގާނޫނާއި ޚިލާފް އިދިކޮޅު އަމަލުތައް ރާވައި ހިންގާ ޕާޓީކަމަށެވެ. ނަމަވެސް މިވިސްނުމަކީ ޕާޓީސިސްޓަމް ދިވެހިރާއްޖޭގައި ތައާރަފްކުރި ރޫހާއި ޚިލާފު ވިސްނުމެކެވެ. އިދިކޮޅު ޕާޓީއަކީ ރައްޔިތުންގެ ތާއީދާއެކު ސަރުކާރާއި ހަވާލުވާން ތައްޔާރުވެގެން އޮންނަ ޕާޓީއެވެ. މިގޮތުން އިދިކޮޅު ޕާޓީއަށް ވެރިކަމަށް އާދެވިއްޖެނަމަ، ވެރިކަމުން ވެއްޓުނު ޕާޓީވާނީ އެގައުމެއްގެ އިދިކޮޅު ޕާޓީއަށެވެ. މިސާލަކަށް މިއަންނަ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ކުރިލިބިއްޖެނަމަ މިހާރު ވެރިކަންކުރާ ޕާޓީކަމަށް ދައުވާކުރާ ޑީއާރުޕީ ވާނީ އިދިކޮޅު ޕާޓީއަކަށެވެ. ގައުމެއްގެ އިދިކޮޅު ޕާޓީތައް ވަރުގަދަވުމަކީ އެގައުމެއްގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ފައިދާކުރާނެކަމެކެވެ. ޚާއްސަކޮށް ނަގާކިޔާ ޕާޓީ ހަރުދަނާވެ ވަރުގަދަވީ ވަރަކަށް ސަރުކާރު ހިންގާ ޕާޓީއަށް ޕްރެޝަރު ބޮޑުވާނެއެވެ. މިދެންނެވި ޕްރެޝަރުގެ ސަބަބުން ދިވެހި ރާއްޖޭގެ ސަރުކާރު މިހާރު ހިންގަންތިބި މީހުންނަށްވެސް ވަނީ އިދިކޮޅު ޕާޓީތަކުން ބޭނުންވާ ކަންތައްތަކަށް މަގުފަހިކޮށްދޭންޖެހިފައެވެ. ރައްޔިތުންގެ ރުހުމާއިއެކު ނޫނީ ވެރިކަމުގައި ދެމިނުތިބެވޭނެކަން ޔަގީންވާތީއެވެ.(ނުނިމޭ)ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
ދިވެހިންގެ ތަރަށްގީ: ބިދޭސީ މަސައްކަތު މީހުންގެ އާބާދީ
ތަރައްގީގެ އުސްމިންތައް ހާސިލު ކުރަމުންދާވަރަކަށް މިގައުމަށް އެތެރެވަމުން އަންނަ ބިދޭސީ މަސައްކަތު މީހުންގެ އާބާދީވެސް މިދަނީ އުފުލި މަތިވަމުންނެވެ. މިދިޔަ ޖެނުއަރީގެ ނިޔަލަށް މިއަދަދު ވަނީ 77,000 އަރާފައެވެ. މިއީ ދިވެހި ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީގެ ދެބައިކުޅަ އެއްބައި އަދަދެކެވެ. މި ތަރަށްގީގެ އަސަރު މިވަނީ އަޅުގަޑުމެންގެ މިކުޑަ އާބާދީއަށްވެސް ވަރަށް ބޮޑަށް ފޯރާފައެވެ. ކުއްޔަށް ގެނެސްފައި ތިބޭ ބިދޭސީންނާއި، ގަވާއިދުން ބިދޭސީން އެތެރެކުރުމުގެ ކޯޓާގެ ދަށުން ގެނެސްފައި ތިބޭ ބިދޭސީން މިދަނީ ދުވަހެއް ދުވަހަކަށް މިރަށުގައި އިތުރުވަމުންނެވެ. ބިދޭސީ މަސައްކަތު މީހުންގެ އާބާދީ ބޮޑުވުމުގެ ސަބަބުން ރަށުގައި ތިބެގެން އާމްދަނީ ހޯދަމުންއައި މީހުންނަށްވަނީ އެމީހުންގެ މަސައްކަތް ގެއްލިފައެވެ.މި މީހުންލައްވާ ދިވެހި މަސައްކަތްތެރިންގެ އަގުވަށްޓާލުމަކީވެސް ތަރަށްގީއެވެ. މީގެ އިތުރުން އާއިލާގައި ހިމެނޭ އުމުރުން ދުވަސްވީ ބަލިމީހުން ބެލެހެއްޓުމުގެ މަސައްކަތުގައިވެސް ހުންނާނީ ބަންގްލަދޭޝް މީހެއް ނުވަތަ އިންޑިއާ މީހެކެވެ. ދުވަސްކޮޅަކުން ފެންނާނީ ކާފަ މާމަ ބެލުމުގެ ލާމަސީލު އެވޯޑް ދޭތަނެވެ. ގޭގަ ގެންގުޅޭ މީހެއްގެ ނަމުގައި މި މީހުންގެނެސް ރަށުތެރޭގެ އެކި މަސައްކަތަކަށް ފޮނުވައިގެން އާމްދަނީ ހޯދުމަކީވެސް ތަރަށްގީއެވެ. އާމްދަނީ ހޯދުމަށްޓަކައި ހެދިފައިވާ ގާނޫނުތަކަށާއި، ގަވާއިދުތަކަށް ބޯނުލެބުމީވެސް އަހަރެމެން އެއްމެ އާދައިގެ މީހުންވެސް ހޯދާފައިވާ ތަރަށްގީގެ އުސްމިނެއް ނޫންތޯއެވެ؟ ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
ކަން މިހެންއޮތްއިރު ފައިސާވެރިން ހޯދާފައިވާ ތަރަށްގީއަށް ވިސްނާލަށްވާށެވެ. ދިވެހި ރާއްޖޭގެ އެއްމެ ބޮޑު އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމްއަށް ބައްލަވާލައްވާށެވެ. ރިސޯރޓްތަކުގައި ދިވެހިންނަށްވުރެ ބިދޭސީން ގިނަވާހަކަ މިދޭތެރޭ މީޑިއާގެ ފަލަސުރުޚީއަށް އައިސްގެން ޓޫރިޒަމުން މިކަން ބެއްލެވިއިރު ގަސްފިނޮޅު ރިސޯޓްގައި ވަޒީފާއަދާކުރާ ތިބީ އެއްމެ ދެދިވެހިންނެވެ. އައްޑު އަތޮޅު ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ [ރިސޯޓްގެ ނަން އުނިކުރެވިފައި] ހާލަތު ބައްލަވާލަށްވާށެވެ. މުޅި އައްޑު އަތޮޅުގައި މަސްކަނޑަން ދަންނަ މީހަކުވެސް ނެތީހެއްޔެވެ؟ މިސުވާލަށް “ތަރަށްގީގެ” މޭސްތިރިން ދެއްވާނެ ޖަވާބަކީ ދިވެހިން ނުލިބެނީއެވެ. ދުވަހަކުވެސް ދިވެހިން ނުލިބޭ ސަބަބެއް ހާމަނުކުރަށްވާނެއެވެ. އިންޓަނެޓް ފޯރަމެއްގައި ދިވެހިން [ރިސޯޓްގެ ނަން އުނިކުރެވިފައި] ވަޒީފާތަކަށް ނުދާ ސަބަބު ހާމަކުރުމުން އެކަމާއި ގުޅިގެން 1.30މިނެޓް ވަންދެން ރިސޯޓް މެނޭޖަރުގެ ސުވާލުތަކަށް އަޅުގަޑަށް ޖަވާބުދޭން ޖެހުނެވެ. އަޅުގަޑު ދެންނެވި ވާހަކަތަކަށް މެނޭޖަރު އެއްބަސްވެލެއްވުމަށްފަހުވެސް ވަޒީފާގައިދޭ ފުރަތަމަ އިންޒާރު ދިނެވެ. ރިސޯރޓްގެ ކޮންޓްރެކްޓާއި ޚިލާފްވެގެނެއް ނޫނެވެ. ހަގީގަތް ހާމަކުރީތީއެވެ. އެހެންނަމަވެސް ދިވެހިން ވަޒީފާތަކަށް ނުލިބޭ ސަބަބު މިލިއުމުގައިވެސް ހާމަކޮށްލާނަމެވެ. 2200ރުފިޔާގެ މުސާރައިން އެވްރެޖް އާއިލާއެއްގެ ޚަރަދުގެ ތިންބައިކުޅަ އެއްބައިވެސް ނުފުއްދޭނެއެވެ. ވީމާ މިދެންނެވެ މުސާރަ ރިސޯޓްގެ އެވްރެޖް މުސާރަކަމަށް ހަމަޖައްސާފައިވަނީ ކޮންބޭނުމަކު ހެއްޔެވެ؟ޝާހިދު ޝާހިދު ޝާހިދު ޝާހިދު
މަތީގައި މިދެންނެވި ވާހަކަތަކީ އަސްލު އަޅުގަޑު މިލިޔުން ކުރިއަށްގެންދަން ބޭނުންވާ މައުޟޫއެއް ނޫނެވެ. ނަމަވެސް ތަރަށްގީގެ ބައެއްވީމަ ހިމަނާލީއެވެ. ބޭރުމީހުން ގިނަވުމުން ލިބޭނެ މާލީ ފައިދާތައް އެގިލައްވާނީ ބޭރުމީހުން ގެންގުޅޭ ފަރާތްތަކަށާއި އިގްތިސާދީ މާހިރުންނަށެވެ. ނަމަވެސް ބޭރުމީހުން މިރާއްޖޭގައި ގިނަވުމުގެ ސަބަބުން އިޖްތިމާއީ ގޮތުން ކުރަމުންދާ ނޭދެވޭ އަސަރު ދެނެގަތުމަށްޓަކައި އިޖްތިމާއީ ރޮނގުން ޕީއެޗްޑީ ހަދާކަށް ނުޖެހެވެ. އެއްމެ ކޮށި ވިސްނުން ހުންނަ މީހަކަށްވެސް ވިސްނޭފަދަ މަންޒަރުތަށް މިދަނީ މިކުޑަ ކުޑަ ރާއްޖެއިން ފެންނަމުންނެވެ. ހަސަންރަސްގެފާނު ގެންނެވި 70 ބިދޭސީ އަޅުންނާއި ހިސާބުން ފެށިގެން މިއަދާއި ހަމައަށް އައިރު ބިދޭސީ މަސައްކަތު މީހުންގެ ނުރަށްކާ މިވަނީ އިންތިހާއަށް ގޮސްފައެވެ. ދިވެހިންނާއި މެދު އެމީހުން ހިންގާ ޖަރީމާތަކުގެ އިތުރުން އެމީހުން އެމީހުންނަށް ހިންގާޖަރީމާތަކުގައި މީހުން ގަތުލުވެސް ކުރަނީއެވެ. މީގެ އިތުރުންވެސް އަޅުގަޑުމެން އެއްމެ ކަންބޮޑުވާންޖެހޭ އެއް މައްސަލައަކީ ބަދު އަޚްލާގީ މައްސަލަތަކެވެ. އަޅުގަޑުމެންގެ ކުޑަ ކުދިންނަށާއި މުސްކުޅިންނަށް މި މީހުންގެ ފަރާތުން ލިބޭ ޖިންސީ އަނިޔާތަކެވެ. މިދެންނެވި ފަދަ ޖިންސީ އަނިޔާތަކާއި ގޯނާކުރުންތަކަކީ މިރަށުގައިވެސް ހިނގާފައިވާ އަދި ހިނގަމުންދާ ކަންތައްތަކެވެ. އިއްޔެރޭ ހުޅުދޫގައި ބަންގްލަދޭޝް މަސައްކަތު މީހަކު އުމުރުން 62 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރީ ވަޅިން ބިރުދައްކައިގެންނެވެ. ވީމާ އަޅުގަޑުމެންގެ އުމުރުން ދުވަސްވީ މީހަކަށް ނޫނީ ކުޑަކުއްޖަކަށް މިފަދަ ގޯނާއެއް މާދަމާ ނުކުރާނެ ކަމުގެ އޮތީ ކޮންޔަގީން ކަމެއްހެއްޔެވެ؟ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު





Recent Comments