Archive

Archive for the ‘People’ Category

ވަކިވެންގެން އެދިޔައީ ދިވެހި ތާރީޚަށާއި، ތައުލީމަށް ގިނަ ގުނު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް

September 28, 2009 Hassan Shahid Leave a comment

 އޯގަސްޓް 1،  1958 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އަބްދުﷲ ޒަމީރަކީ މީދޫގެ ވަރަށް މަޝްހޫރު އާއިލާއެއްގެ ބޭފުޅެކެވެ. އޭނާގެ ކާފާފުޅަކީ މުޅި އައްޑު އަތޮޅުގައި އުފެދުނު އެއްމެ ވަރުގަދަ އެއް ޝަޚުސިއްޔަތު ކަމަށްވާ އައްޑޫ މީދޫ ފެންނާ މަނިކުފާނެވެ. ފެންނާ މަނިކުފާނަކީ އައްޑު އަތޮޅުގެ ނައިބުކަންވެސް ކުރެއްވި ބޭފުޅެކެވެ. ޒަމީރުގެ ބައްޕައަކީ ސ.މީދޫ ކަތީބުކަން ވަރަށް ގިނަދުވަހު ކުރެއްވި ބޭފުޅެއްކަމަށްވާ އެދުރުގެ މުހައްމަދު ނަސީމް އެވެ. Read more…

Categories: People

You will forever be missed

September 21, 2009 Hassan Shahid 1 comment

mohamed rameez 2009

Inna lillahi wa inna ilayhi raji’oon….

You will forever be missed by many peoples heart you have touched

May Allah swt have mercy on you and grant you a place in Jannatul Firdaus Aameen

May Allah swt grant patience and forbearance to your family, bless them and unite them all in Jannah Aameen.

Categories: People

މަރުޙަބާ އަލްއުސްތާޛު ހުސްނުއް ސުޢޫދު

suoodދިވެހިރާއްޖޭގެ ބަންޑާރަ ނައިބު ކަމުގެ މަގާމާއި ސ.މީދޫ ހަސަންކާރިގޭ އަލްއުސްތާޛު ހުސްނުއް ސުޢޫދު ހަވާލުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ވަރަށް އިޚްލާސްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ފޮނުވަމެވެ.

އަޅުގަނޑުގެ ދުޢާއަކީ މަނިކުފާނު މިއަދު ތިޔަ ހަވާލުވެ ވަޑައިގެންނެވި މަޤާމުގެ ޒިންމާ ފުރިހަމަގޮތުގައި އަދާކުރެއްވުމުގެ ހެޔޮތައުފީޤް މާތްﷲ މިންވަރު ކުރެއްވުމެވެ.

Categories: People

އައްޑުއަތޮޅަށް އުފަން ދެވަނަ ޕްރޮފެސަރ

ugail projectsސައިންސްގެ ދާއިރާއިން ޕްރޮފެސަރަކަށް ވެވަޑައިގަތް ފުރަތަމަ ދިވެއްސަކީ އައްޑުއަތޮޅަށް އުފަން ހަސަން އުގައިލްއެވެ. ސައިންސްގެ ދާއިރާއިން ޕްރޮފެސަރަކަށް ވެވަޑައިގަތް ފުރަތަ ދިވެއްސަކީ އައްޑުއަތޮޅަށް އުފަން ބޭފުޅަކަށްވީތީ އައްޑުއަތޮޅު ދަރިއެއްގެ ޙައިޞިއްޔަތުން އަޅުގަނޑު ނިހާޔަތަށް އުފާކުރާކަމެކެވެ. މިއީ ޕްރޮފެސަރަކަށް ވެވަޑައިގަތުމުގެ ޝަރަފު ލިބިވަޑައިގެންނެވި ދެވަނަ ބޭފުޅާއެވެ. ރާއްޖޭގައި ފުރަތަމަ ޕްރޮފެސަރަކަށް ވެވަޑައިގެންނެވި ޕްރޮފެސަރ ޢަބްދުﷲ ސަޢީދުއަކީވެސް އައްޑުއަތޮޅުގެ ބޭފުޅެކެވެ. އެއްވެސް ޝައްކެތްނެތްގޮތުގައި މިއީ ދިވެހި ޤައުމަށާއި މިދެބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވާ އައްޑު އަތޮޅަށް ލިބުނު ވަރަށް މަތިވެރި ޝަރަފަކާއި ކާމިޔާބީއެކެވެ. Read more…

Categories: People