މިދިޔަ ހަފްތާގެ ހޯމަދުވަސް އަޅުގަޑުމެންނާއި ބައްދަލުކުރީ ވަރަށް ހިތާމަވެރި ދުވަހެއްގެ ގޮތުގައެވެ. މާލޭ މަސްމާރުކޭޓުގައި ހުރި ވަޅަކަށް ފޭބި ފަސްމީހުން މަރުވި ހާދިސާގެ ހިތްދަތި ޚަބަރުން ދިވެހިންގެ ހިތްތަށް ރޮށްވަމުންނެވެ. ވަޅުގެ މަސައްކަތެއް ކުރުމަށް ފުރަތަމަ ފޭބީ ދެމީހުންނެވެ. އެދެމީހުންގެ ޚަބަރެއްނުވެގެން ފަހަރަކު މީހަކު ވަޅަށް ފައިބަމުންގޮސް ފަސްވަނަ މީހާ އެވަޅަށް ފޭބިއިރުވެސް ވަޅު ތެރޭގައި ތިބިމީހުންނަށް ވީގޮތެއް ނޭގެއެވެ. މިހިސާބުން ފުލުހުންނަށް އަންގައިގެން އެފަސްމީހުން ސަލާމަތްކުރެވުނުއިރު، އެމީހުންގެ ފުރާނަ ވަނީ އަޅުގަޑުމެންނާއި ވަކިވެ، މިދުނިޔެ ދޫކޮށްފައެވެ. މާތް ﷲ އެމަރުހޫމުންގެ ފުރާނައަށް ހެޔޮޖަޒާ ދެއްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރަށްވާށި.އާމީން. ޝާހިދު ޝާހިދު ޝާހިދު
މިދެންނެވި ހިތާމަވެރި ހާދިސާއާއި މިލިޔުމުގެ ސުރުޚީ ގުޅުވަން ބޭނުން ނުވިޔަސް އަޅުގަޑުމެން ތަރަށްގީވަމުންދާވަރަކަށް މިފަދަ ހިތާމަވެރި ހާދިސާތަކުގެ ވާހަކަތައްވެސް މިދަނީ އިތުރުވަމުންނެވެ. ކޮންމެދުވަހަކުހެން އަޅުގަޑުމެން އަޑުއަހަމުން ދެކެމުންދާ މަންޒަރަކަށްވެފެއެވެ. މިދިޔަ އަހަރު ފަހުކޮޅު އަޅުގަޑުމެން މީދޫގެ ރައްޔިތުންވެސް ވަނީ މިފަދަ ހާދިސާއަކާއި ކުރިމަތިލާފައެވެ.9ސެޕްޓެމްބަރ 2007 ވަނަދުވަހު ނަސްރު ދޯނިން މަހަށްދިޔަ ސ.މީދޫ އިރަމާގޭ އުމުރުން 41އަހަރުގެ އަބްދުﷲ އައްބާސް ކަނޑަށްވެއްޓި ނިޔާވި ހާދިސާއެވެ. މަރުހޫމް އައްބާސް ނިޔާވުމުގެ ހިތްދަތިކަން އިހްސާސްކުރި އެއްމެންނަށް ކެތްތެރިކަން ދެއްވައި އެމަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރަށްވާށި. އާމީން.ޝާހިދު ޝާހިދު ޝާހިދު.
އަބްދުﷲ އައްބާސް ކަނޑަށްވެއްޓި މަރުވި ގޮތާއި ބެހޭގޮތުން އަޅުގަޑަށް މާގިނަ މައުލޫމާތެއް ލިބިފައެއްނެތެވެ. ނަމަވެސް އަބްދުﷲ އައްބާސް ދަންނަ ގިނަފަރާތްތަކުން ބުނެފައިވަނީ އައްބާސްއަކީ ފިޓްޖެހޭ މީހެއްކަން އެދުވަހު އައްބާސް މަހަށްދިޔަ ދޯނީގެ އެއްމެންނަށްވެސް އެގޭނެ ކަމަށެވެ. އަޅުގަޑު ދެކޭގޮތުގައި މިފަދަ މީހަކާއި މަސައްކަތެއް ހަވާލުކުރާއިރު ނުވަތަ މަސައްކަތެއް ކުރުވަންޏާ އެމަސައްކަތް ކުރުވާފަރާތުން އެމީހަކާއި މެދު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. މަހަށްގެންދާނަމަ އެގެންދާ ދޯންޏެއްގައި އެމީހަކަށް ރަށްކާތެރި މާހައުލެއްގާއިމު ކޮށްދެވެންޖެހޭނެއެވެ. މިފަދަ މީހަކު ކަނޑަށްވެއްޓި މަރުވީމަ އޭނާއަކީ ފިޓްޖެހޭ މީހެކޭ ބުނެލާފައި ނިންމާލުމުން އަޅުގަޑުމެންގެ މަސްއޫލިއްޔަތު އަދާކުރެވުނީކަމަށް ހީކުރުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
މި ދެހާދިސާއަށް ފުންކޮށް ވިސްނާލުމުން ގަބޫލުކުރަންޖެހެނީ އަޅުގަޑުމެން ހޯދާފައިމިވާ ތަރަށްގީގައަކީ ހަމަ އެކަނި ނަމެއްކަމެވެ. އެހެންނޫނަމަ ތަރަށްގީ ”އުސްމިންތަކަށް“ ގެންދިއުމުގައި މަސައްކަތްކުރާ ހީވާގި ދިވެހިންނަށް ލިބިދޭންޖެހޭ މަސައްކަތު މާހައުލުގެ ރައްކާތެރިކާމައިމެދު މިހާބޮޑަށް ފަރުވާކުޑަ ނުކުރާނެއެވެ. ހަމަ އެހެންމެ މިފަދަ ހިތާމަވެރި ހާދިސާތަކުން ލިބިގަންނަންޖެހޭ އިބުރަތް ހާސިލްނުކޮށް މިފަދަ ކަންތައްތައް ތަކުރާރުވުމަށް ދޫކޮށްނުލާނެއެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު
ތަރަށްގީ ވެފައި މިވަނީ ހަމައެކަނި ނަމެއްގެ ގޮތުގައޭ ދަންނަވަންޖެހޭ އަނެއްސަބަބަކީ މިފަދަ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކުރުމުން އެމީހުންގެ އަމަލު ހުންނަގޮތުންނެވެ. އަބްދުﷲ އައްބާސް ކަނޑަށްވެއްޓި ނުފެނިގެން ފުލުހުންނަށް ރިޕޯޓްކުރުމުން އެމީހުން އެހާދިސާ ހިނގި ސަރަހަށްދައް ދިޔައީ އޮފީސް ޔުނިފޯމްގައެވެ. އެމީހުންގެ ރަސްމީ ލޯންޗްގައި އެތަނަށްގޮސް ކެމެރާކޮށް، ކުރިތަހުގީގެއް ކުރުމަށްފަހު ދެން މިގުޅަނީ ގައުމީ ދިފާއީ ބާރުގެ “ރެސްކިއު” އަށެވެ. މީހެއްގެ ފުރާނަޔަށް ގެއްލުންވެދާނެ ހާލަތެއް މެދުވެރިވެގެން ދިވެހި ފުލުހުންގެ އެހީއަކަށް އެދުމުން އެމީހުންގެ އަމަލުތައް ހުންނަގޮތަކީ މިއެވެ. މާލޭގައި ހިނގާދިޔަ ހާދިސާގައިވެސް އެމީހުން ކަންތައްކުރީ ހަމަ މިދެންނެވި ގޮތަށެވެ. ވީމާ “ސާރވް އެންޑް ޕްރޮޓެކްޓް” މޮޓޯ އަކީވެސް ހަމައެކަނި ނަމެއްގައި ބޭނުންކުރާ އެއްޗެއްކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.ޝާހިދު ޝާހިދު
މިހުރިހާކަމެއް މިގޮތަށް ހުރިއިރުވެސް އަޅުގަޑުމެން ދިވެހިންނަށްވީތީ ފަޚްރުވެރިވާންޖެހެނީ ކިހިނެއްކަމެއް އަޅުގަޑަކަށް ނުވިސްނުނެވެ. ދިވެހިންނަށްވީތީ މިޖީލުގެ ދަރިން ފަޚްރުވެރިވާނީ މިކަހަލަ ތަރަށްގީގެ އުސްމިންތަށް ހާސިލްކުރެވިގެން ހެއްޔެވެ؟ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
އަޅުގަޑުމެންގެ ކާބަފައިންވެސް ދިވެހިންނަށްވީތީ ފަޚްރުވެރިވިއެވެ. ނަމެއްގައެއް ނޫނެވެ. ހަރުދަނާ އުސޫލްތަކާއި އެކު އެމީހުންގެ މަސައްކަތްތެރިކަމާއި ހުނަރު އަޅުގަޑުމެންނާއި ހަމަޔަށް ވާސިލްކޮށްދެއްވިއެވެ. ނަމަވެސް މިޒަމާނުގައި މަސައްކަތްކުރުމަށް ބޭނުންކުރާ އާލަތްތަކަށާއި މަސައްކަތް ކުރުމުގެ ވަށްޓަފާޅިއަށް އައި ބަދާލާއެކު އަޅުގަޑުމެން ވަނީ އަޅުގަޑުމެންގެ ކާބަފައިން ގެންގުޅުއްވި ހަރުދަނާ އުސޫލުތައް ދޫކޮށް މަސައްކަތު މާހައުލުގެ ސަލާމަތަށާއި ރައްކާތެރިކަމަށް ފަރުވާކުޑަ ކޮށްފައެވެ. ރައްކާވެ ތިބިއްޔާ ދަތުރެކޭ ބުނާއަޑު އަޅުގަޑުމެން އަހަމުއެވެ. ހަރު ބަހަކޭ މަޑުބަހެކޭ ކިޔަސް “ރައްކާވެތިބިއްޔާ ދަތުރެވެ” މިއީ އަޅުގަޑުމެންގެ ކާބަފައިން މަސައްކަތު މާހައުލުގައި އަދި ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ބޭނުންކުރި ޝިއާރެވެ. އަޅުގަޑުމެންގެ ޝިއާރު ކޮބައިތޯއެވެ؟ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
Recent Comments