ސައްބީސްވަނަ ހަފްތާ ބަންދު: ގާނޫނު ހަދާފަރާތާއި، ދައުލަތް ހިންގާ ފަރާތާއި ދެމެދު ސިވިލް ސާވިސްގެ މުވައްޒަފުން ބާއްވަންޖެހޭ ގުޅުން
ދިވެހި ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓްގެ ދައުލަތް ހިންގާ ފަރާތާ ދެމެދު އޮންނަން ގުޅުން ބަޔާންކޮށްދެމުން ބުނެފައިވަނީ އެމުވައްޒަފެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެވަގުތަކު ސަރުކާރު ހިންގުމާ ޙަވާލުވެތިބި ފަރާތްތަކުން އެކުލަވާލާ ސިޔާސަތުތައް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ތަންފީޒުކުރަންވާނެއެވެ. އަދި އެމުވައްޒަފަކު، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން އުފައްދާފައިވާ އެންމެހައި މުވައްސަސާތަކަށް އެއްބާރުލުން ދޭންވާނެއެވެ. Read more…

ޑިމޮކްރެޓިކް ވެރިކަމެއް ދިވެހިރާއްޖޭގައި ގާއިމްކުރެވުނުތާ އެއްއަހަރު ފުރިގެންދާއިރު، ފާހަގަކުރަންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. ޚުދުމުޚްތާރު ވެރިކަމަކަށްފަހު، ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރެވުމުން އަންނަންޖެހޭ ބަދަލުތައްވެސް ހުންނާނެއެވެ. އެގޮތުން އަޅުގަނޑުމެންގެ ރަށުގައި ސަރުކާރު ތަމްސީލުކުރާ އެއްމެ އިސް މުވައްސަސާކީ ރަށު އޮފީސް ކަމަށްވުމާއެކު، ފާއިތުވެދިޔަ 1 އަހަރުތެރޭ ރަށު އޮފީހަށް އައި ބަދަލުތަކަށް ބަލާލުމަކީ މުހިއްމު ކަމެކެވެ.
ރުއްވެއްޓުމުގެ ހިތާމަވެރި ހާދިސާއަށްފަހު ރައްޔިތުންގެ ފަރާތުން އެއްމެ ގިނައިން ވޭތުވެދިޔަ ހަފްތާގައި އަޅުގަނޑާއި ހަމައަށް އައިސްފައިވާ ޝަކުވާއަކީ، ގޭގޭގެ ގޯތިތެރޭގައި މަގުމައްޗަށް ވާގޮތައް ހުރި ރުއްތައް ސަރުކާރުގެ ޚަރަދުގައި ކެނޑިއިރު، ރުކުގެ ކޮޅު އެކަނި ކަނޑާލާފައި ދޫކޮށްފައި ހުރުމުން، ކުރިމަތިވެފައިވާ ނުރައްކަލުގެ ޝަކުވާތަކެވެ. ތެދެކެވެ. ރައްޔިތުންގެ ރައްކާތެރިކަމާއި، ސަލާމަތައްޓަކައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ރުއް ކަނޑާފައިވާނަމަ، އެ ކަނޑާލި ރުއްތަކުން އިތުރަށް ރައްޔިތުންނަށް ނުރައްކާވެގެން ނުވާނެއެވެ.
އޮފީހުގައި ހޭދަކުރެވުނު އެކާވީސް ހަފްތާގެ ތެރޭގައި، އެއްމެ ގިނައިން ރައްޔިތުންގެ ފަރާތުން ލިބުނު އެއް ޝަކުވާއަކީ އަވައްޓެރިޔާގެ އުނދަގުލުން ސަލާމަތް ނުވެވިގެން އުޅެންޖެހުމުގެ ޝަކުވާތަކެވެ. އަވައްޓެރިޔާގެ ގޯތިތެރޭގައި ހުރި ރުއްގަހުން ފައިބާ ބަނބުކޭލާއި، ކާށިން ފުރާޅު ސަލާމަތްނުވެވިގެން އުޅޭ ވާހަކައެވެ. ޖެހިގެން ހުރި ގޯތީގެ ފާޚާނާ ޖަންކްޝަން މަދިރި އުފެދޭގޮތައް ދޫކޮށްލެވިފައިވާ ވާހަކައެވެ. ކާބަފައިންގެ ޒަމާނުއްސުރެ ހައްދަމުން ދިޔަ އޮޅަށް ކުނިއުކުމާއި، އޮޅާއި އިންވެގެން އޮތް ގޯތީގައި ގެންގުޅޭ ބަކަރިތަކުގެ ފާޚާނާއަކަށް އޮޅު ބަދަލުވެގެން އުޅޭ ވާހަކައެވެ. ލިސްޓް އިތުރަށް ދިގުކުރުމުގެ ބޭނުމެއްނެތެވެ.
މަގު ބައްތި މަރާމާތުކޮށް ދިއްލުމުގެ ވާހަކަ ދައްކާއިރު އެއްމެ ފުރަތަމަވެސް ފާހަގަކޮށްލަންޖެހޭ އެއްކަމަކީ، މަގު ބައްތި މަރާމާތުކުރުމަށް ވޭތުވެ ދިޔަ 2007، 2008 ވަނަ އަހަރު ސަރުކާރުން ދެއްވި އަދަދައް މިއަހަރު ފައިސާ ލިބިފައި ނުވާކަމެވެ. ވޭތުވެދިޔަ ދެއަހަރުގައި މަގު ބައްތި މަރާމާތުކުރުމަށް ކޮންމެ މަހަކަށް 2400 ރުފިޔާ ލިބިފައިވެއެވެ. އަދި ކޮންޓްރެކްޓް އުސޫލުން ބަޔަކާއި މަސައްކަތް ހަވާލުކޮށްގެން މަގު ބައްތި މަރާމާތުކުރުމުގެ މަސައްކަތް އެދެއަހަރު ވަނީ ކުރެވިފައެވެ. ނަމަވެސް އަޅުގަނޑު އޮފީހާއި ހަވާލުވިއިރު ރަށުގައި ހުރި 161 ބައްތީގެ ތެރެއިން 70 ބައްތި ނުދިއްލެއެވެ. މީގެ ތެރެއިން ގިނަ ބައްތިތައް ހުރީ އެއްކޮށް ކޮންޕްލީޓް ބަދަލުކުރަންޖެހޭވަރަށް ހަލާކުވެފައެވެ. ދެއަހަރުވަންދެން އޮފީހުން ތަކެތިދޭގޮތައް ކޮންޓްރެކްޓް އުސޫލުން ބަޔަކާއި މަސައްކަތް ހަވާލުކޮށްގެން މަގު ބައްތި މަރާމާތުކޮށްފައިވާއިރު މިހާ ގިނަ އަދަދެއްގެ ބައްތި އެއްކޮށް ހަލާކުވެފައި ހުރުމަކީ ސުވާލު އުފެދޭކަމެކެވެ. ނަމަވެސް އިތުރަށް އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.
އަށާރަވަނަ ހަފްތާ ބަންދުގައި ކުރިން އަޅުގަނޑު ލިޔަން ގަސްތުކޮށްގެން ހުރީ މަގު ބައްތި މަރާމާތުކުރުމުގު މަސައްކަތް ކުރިއަށްދާގޮތާއި ބެހޭގޮތުންނެވެ. ނަމަވެސް ކުރިމަތިވި އެހެން ކަމަކާއި ގުޅިގެން ސުރުޚީ ބަދަލުކުރަން ޖެހުނީއެވެ.
ސުރުޚީގައި އެވާ ސުވާލަކީ ކޮންމެ ދުވަހަކު އަޅުގަނޑާއި ކުރިމަތިވާ ސުވާލެކެވެ. ސުވާލުގެ ޖަވާބަށް ދިއުމުގެ ކުރިން މިއަދު މިސުވާލު ފެންމަތިވެގެން މިއުޅެނީ ކީއްވެގެންތޯވެސް ބަލާލަންޖެހެއެވެ. ވިސްނޭގޮތުގައި މިއަދު މިސުވާލު ފެންމަތިވެގެން މިއުޅެނީ ދިވެހި ބަހަށް މިނިވަންކަން ލިބުނީތީއެވެ. ދިވެހި ބަސް ކަސްތޮޅުން ނެއްޓުމާއެކު މިކަހަލަ އެތައް ސުވާލެއް މިއަދު މިވަނީ އުފަންވެފައެވެ.
މިރާއްޖެ އުފެދުނު ގޮތް ދުށް މީހަކުނެތެވެ. އެވޭލާ ތާރީޚުންވެސް މިރާއްޖެ އުފެދުނު ގޮތް މަންޒަރު ކޮށްދީފައި ނެތެވެ. އެކަމަކު މިރާއްޖޭގެ ރަށްތައް ގިރެމުން ނެތެމުންދާ މަންޒަރު މިދަނީ ފެންނަމުންނެވެ.
ހިތްހަމަނުޖެހުން ދިމާވާ ގިނަ ފަހަރު ވަރަށް ގިނަ މީހުން ޝަކުވާކުރަންދާ އެއްތަނަކީ ހިއްކިބިމުގައި ހުންނަ ޖޯލިފައްޗެވެ. ހިތްހަމަނުޖެހުން ފާޅުކުރުމުގެ އިތުރުން އެތަނުގައި އެއްމެ ގިނައިންކުރާ އެއްކަމަކީ މީހުންނާއި ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވުމެވެ. މީގެ އިތުރުން ސަރުކާރުގެ އެއްމެ އިސްވެރިޔާއިން ފެށިގެން އެއްމެ އާދައިގެ މުވައްޒަފުންނާއި ދިމާލަށް ހެއްދެވި ނެހެއްދެވި އަށް ގޮވުމަކީވެސް ވަރަށް އާއްމުކޮށް އެތަނަށް ޒިޔާރަތްކުރާ މީހުން ކުރާކަމެކެވެ. ޖޯލިފައްޗައް ޒިޔާރަތްކުރާ މީހުންގެ ތެރޭގައި ޒުވާން އުމުރުފުރައިގެ މީހުން ފިޔަވައި އާއްމުކޮށް ހުރިހާ އުމުރެއްގެ މީހުންވެސް ހިމެނެއެވެ. މީގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންނާއި، އަމިއްލަ ވިޔަފާރިވެރިނންނާއި، މަސްވެރިންނާއި، ދަނޑުވެރިން ހިމެނެއެވެ. މީގެ ތެރެއިން އަޅުގަނޑު އެއްމެ ހައިރާންވި އެއްކަމަކީ މިސްކިތު މުދިމުން ޖޯލިފައްޗައް ޒިޔާރަތްކުރާތަން ފެނުމުންނެވެ. އެއަށްވުރެ ބޮޑަށް ހައިރާންވި އެއްކަމަކީ މުދިމުން ޖޯލިފަތީގައި ތިބެ ހަގީގަތާއި ޚިލާފް ވާހަކަތައް ސަރުކާރާއި ބެހޭގޮތުން ދައްކަމުންދާ ވާހަކަ އެކި ދިމަދިމާލުން އަޅުގަނޑާއި ހަމައަށް އައުމުންނެވެ .
ސިއްޚީމަރުކަޒުގެ ހިސާބުތަކަށް ބަލާއިރު ފާއިތުވި ޖުލައި، އޮގަސްޓް މަހު ހުޅުދޫ މީދޫއިން ގޮތްނޭގޭ ހުމެއް ޖެހިގެން 500 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވެއެވެ. ގޮތްނޭގޭ ހުމެކޭ މިދެންނެވީ އެތާނގެ ޑޮކްޓަރުންނަށް އެއީ ކޮންކަހަލަ ހުމެއްކަމަށް ބުނެދޭން ނޭގޭތީއެވެ. އެނގޭއެއްޗަކީ ހުންޖެހިގެން އެތަނުން ފަރުވާހޯދި އެއްވެސް މީހަކަށް ޗިކަންގުންޔާ ޖެހިފައިވާކަމަށް އެތާގެ ރިކޯޑުތަކުން ފެންނާކަށް ނެތްކަމެވެ. ވޭތުވެދިޔަ ދެމަސްދުވަހު އަދި މިއަދުވެސް ރައްޔިތުންގެ އެއްމެ ބޮޑު އެއް ޝަކުވާއަކީ މިއީއެވެ. 500 އަށް ވުރެ ގިނަ މީހުން ހުންޖެހިގެން ހުޅުމީދޫ ސިއްހީމަރުކަޒަށް ނުވަތަ ހުޅުމީދޫ ހޮސްޕިޓަލުން ފަރުވާހޯދިއިރު އެއިން އެއްވެސް މީހަކަށް ޖެހިފައިވަނީ ކޮންކަހަލަ ހުމެއްކަން ބުނެދޭން އެނގޭވަރުގެ މީހަކު އެތާނެތުމެވެ . 

Recent Comments