ހަތާވީސްވަނަ ހަފްތާ ބަންދު: މީދޫގެ ނަމުގައި ކުޅެން ބޭނުންނުވާ ކުޅުންތެރިންނަކީ ކޮބައިހެއްޔެވެ؟
ފާއިތުވެދިޔަ ހަފްތާއާއި އޭގެ ކުރީ ހަފްތާގައި އެއްމެ ގިނަވަގު ހޭދަކުރަންޖެހުނު އެއްކަމަކީ ކޮންމެ އަހަރަކު ހުޅުދޫ ސްޕޯޓްސް ކްލަބުން ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތުގައި މީދޫގެ ޓީމެއް ބައިވެރިކުރުމަށް ކުރެވުނު މަސައްކަތުގައެވެ. ސިޔާސީ މަގާމެއްގައި ހުންނަ މީހަކު މިކަހަލަ ކަމެއްގެ ތެރެއަށް ކިތައްމެ ހެޔޮ ނިޔަތެއްގައި ވަނަސް އެކަން ފާހަގަކުރެވިފައި އޮންނާނީ ސިޔާސީ ކަމެއްގެ ގޮތުގައެވެ. އެހެންކަމުން މިކަމުގެ ތެރެއަށް ވަންނާކަށް ހަގީގަތުގައި ބޭނުމެއް ނޫނެވެ. އެހެންނަމަވެސް މިމުބާރާތުގައި މީދޫގެ ޓީމެއް ބައިވެރިވެ ކާމިޔާބު ހޯދުމަކީ މީދޫގެ ރައްޔިތެއްގެ ހައިސިއްޔަތުން ދެކެންބޭނުންވާ ދުވަހަކަށްވާތީ އެކަމުގައި ބައިވެރިވީއެވެ. މީގެ އިތުރުން އެފަދަ ކާމިޔާބެއް މީދޫއަށް ހޯދައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވާންޖެހޭ މަދަނީ ޖަމިއްޔާތަކުން އެކަމަށް ފުރަގަސްދިނުން ވެގެންދިޔައީ މިކަމުގެ ތެރެއަށް ވަންނަން އިތުރަށް މަޖްބޫރުކުރިވި ކަމެކެވެ.
ހަގީގަތުގައި ޒުވާނުން ގޮވައިގެން މިފަދަ މުބާރާތްތަކުގައި ބައިވެރިވެ ރަށް ރަށަށް ރީތި ނަން ހޯދައިދެނީ ރަށް ރަށުގެ ކްލަބް ޖަމްއިއްޔާތަކުންނެވެ. މިރަށުގައިވެސް ކޮންމެ ސިފައެއްގައި ހިންގިނަމަވެސް ދެޖަމިއްޔާއެއް އެބައޮތެވެ. އެހެންނަމަވެސް މިއިން އެއްވެސް ޖަމިއްޔާއަކުން އެޗް.އެސް.ސީ ކަޕްގައި ބައިވެރިވާކަށެއް ބޭނުމެއް ނުވިއެވެ. ކޮންމެ ސަބަބަކާހުރެ ނަމަވެސް މިމުބާރާތުގައި ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ބައިވެރި ނުވުމަކީ ވަރަށް ދެރަކަމެކެވެ. މިދެންނެވިހެން ޖަމިއްޔާއަކުން މިކަމުގައި އިސްނުނެގުމުން ރަށުގެ ފުޓްބޯޅައިގައި އިސްކޮށް ހަރަކާތްރެވާ ދެތިން ޒުވާނަކު މިކަމުގައި އިސްނެގިއެވެ. އަދި އަޅުގަނޑުގެ ޚިޔާލުވެސް ހޯދިއެވެ. އަޅުގަނޑު އެބޭފުޅުންނަށް ދެންނެވީ، މީދޫގެ ރައްޔިތެއްގެ ހައިސިއްޔަތުން މީދޫގެ ޒުވާނުންނަށް އެމުބާރާތުގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެކަމަށެވެ. އެގޮތުން ފުޓްބޯޅާ ޓީމް އުފެއްދުމަށްޓަކައި ކުރެވުނު ހުރިހާ މަޝްވަރާތަކެއްގައި އަދި ކުރެވުނު ހުރިހާ މަސައްކަތެއްގައި އަޅުގަނޑަށް ވެވުނު މިންވަރުން ބައިވެރިވީމެވެ.
މިކަމުގައި އިސްނެގި ކުޅުންތެރިން ރެއާއި ދުވާލު އެހެން ހުރިހާކަމެއް ދޫކޮށްލާފައި ކުރި މަސައްކަތުން ވަރަށް ފުރިހަމައަށް ޓީމެއް އެކުލަވާލިއެވެ. އަދި ޓީމަށް ގެންނާނެ ކުޅުންތެރިންގެ ކަންތައްތައް ހަމަޖައްސައި އެކުޅުންތެރިންގެ ކެއުމާއި ނިދުމުގެ ކަންތައްތައް ހަމަޖެއްސިއެވެ. މިހުރިހާ ކަމަކީވެސް ގިނަ އަދަދެއްގެ ފައިސާ ޚަރަދުވާ ކަންތައްތަކަކަށްވާތީ ފަންޑް ހޯދުމުގެ ގޮތުން ރަށުގެ ވިޔަފާރިވެރންނަށާއި ހެޔޮއެދޭ ފަރާތްތަކާއިއެކު ބައްދަލުވުމެއް ބޭއްވިއެވެ. އެހެން ނަމަވެސް އެބައްދަލުވުމުގެ މަގްސަދު ހާސިލްނުވެ، ފުޓްބޯޅަ ޓީމް އެހިސާބަށް އެކުލަވާލި މީހުންގެ މައްޗައް އެހެން މެނޭޖްމަންޓެއް އެބައްދަލުވުމުން އެކުލަވާލައި މެނޭޖްމަންޓްގެ އިސްބޭފުޅަކު ހަމަޖެއްސިއެވެ. އެމެނޭޖްމަންޓްގައި އަޅުގަނޑުގެ ނަންވެސް ހިމެނުނެވެ. އެހިސާބުންވެސް އަޅުގަނޑު އިތުރަށް މަސައްކަތްކުރީ ކުރިންވެސް ދެންނެވިހެން، މީދޫއަށް ރީތިނަން ހޯދައިދިނުމަށެވެ. އަޅުގަނޑު ގަބޫލުކުރާގޮތުން އެބައްދަލުވުމުގައި އައްޔަންކުރެވުނު ހުރިހާ ބޭފުޅުންގެވެސް އަޒުމަކީ އެއީއެވެ. މިދެންނެވި މެނޭޖްމަންޓުން ޓީމަށް ފަންޑު ހޯދުމުގެ މަސައްކަތްތާއި ދެންވެސް ކުރަންޖެހުނު ހުރިހާކަމެއް ކުރަމުން ދިޔައެވެ. އެގޮތުން އޮފީސް މެދުވެރިވެގެން ކުރަންޖެހޭ ކަންތައްތައް އޮފީސްތެރެއިން އަޅުގަނޑުދިޔައީ ކުރަމުންނެވެ.
ސުރުޚީގައިއެވާ ސުވާލުގެ މައްސަލަ އުފެދުނީ ޓީމް އެކުލަވާލެވި ހުރިހާކަމެއް ނިމިފައިވަނިކޮށް ޓީމްގެ މެނޭޖްމަންޓާއި ކޯޗާއި ހުރިހާ ކުޅުންތެރިންގެ މެދުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. އެބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކުޅުންތެރިންވެސް ތިބީ މުބާރާތުގައި ކުޅޭހިތުންނެވެ. އެގޮތައް ކުޅުންތެރިން ތިއްބާ ކުޅުންތެރިންނާއި ކުރިމަތި ކުރި ސުވާލަކީ އެފް.އެމް.ޑީގެ ނަމުގައި ކުޅެން ބޭނުމީ ކޮން ކުޅުންތެރިންނެއްތޯއެވެ. އެކަމަކު ސުރުޚީގައިއެވާ ސުވާލު ކުޅުންތެރިންނަށް ހުށަހަޅާފައި ނުވެއެވެ. ޚުދުމުޚްތާރު ވެރިން ވޯޓް ނަގާ އުސޫލުން ނެގި ވޯޓުން ކުޅެން ކެތްމަދުވެފައި ތިބި ކުޅުންތެރިންގެ ތެރެއިން އެކަކު ފިޔަވައި ފިޔަވައި ހުރިހާ ކުޅުންތެރިވެންސް ބުނެފައިވަނީ ކޮންމެ ނަމެއްގައިވިޔަސް ކުޅެން ތައްޔާރަށް ތިބިކަމަށެވެ. އެފް.އެމް.ޑީގެ ނަމުގައި ކުޅެން ބޭނުންވަނީ ކޮން ކުޅުންތެރިންނެއްތޯ ސުވާލުކުރުމުގެ ބޭނުމަކީ ކޮބައިކަން ކުޅުންތެރިންނަށް ނޭނގިދާނެއެވެ.
މީދޫގެ ނަމުގައި ކުޅެން ބޭނުންވާ ކުޅުންތެރިންނަކީ ކޮބައިތޯ ސުވާލުކުރިނަމަވެސް ކުޅުންތެރިންގެ ޖަވާބަކަށްވާނީ ތިމަންނަމެން މިތިބީ ކޮންމެ ނަމެއްގައިވެސް ކުޅޭށެވެ. މީދޫގެ ނަމުގައި ކުޅެން ބޭނުންވަނީ ކޮން ކުޅުންތެރިންނެއްތޯ ބެލުމުގެ ބަދަލުގައި އެފް.އެމް.ޑީގެ ނަމުގައި ކުޅެން ބޭނުންވަނީ ކޮންބައެއްތޯ ސުވާލުކުރަންޖެހޭ ސަބަބެއް ނެތްނަމަވެސް އެސުވާލުކުރުމުގެ މަގްސަދެއް އޮންނާނެއެވެ. އެފް.އެމް.ޑީން މުބާރާތުގައި ބައިވެރި ނުވުމަށް ނިންމުމުން ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންކޮޅެއް އިސްވެ ހަރަކާތްތެރިވެގެން މީދޫ ފްޓްބޯޅަ ޓީމްގެ ގޮތުގައި ޓީމެއް އެކުލަވާލައި ހުރިހާކަމެއް ނިމުމުން ދެން އެޓީމް އެފް.އެމް.ޑީގެ ނަމުގައި ބައިވެރިކުރަންޖެހޭ ސަބަބެއް އެބައޮތްތޯއެވެ؟ ސަބަބެއް ނެތަސް އެސުވާލު އެވަނީ ކުރެވިފައެވެ. އިތުރަށް އެސުވާލުކުރި މަގްސަދާއި ބެހޭގޮތުން ވާހަކަދައްކާނެކަމެއް ނެތެވެ.
މިއަދުގެ ހާލަތައް ބަލާއިރު ރާއްޖޭގެ ގިނަ ޖަމިއްޔާތަކަކީ ވަކި ސިޔާސީ ފިކުރަކަށް ލެނބިފައިވާ ޖަމިއްޔާތަކެވެ. އަދި ގިނަ ޖަމިއްޔާތައް ހިނގަމުންދަނީ ކްލަބް ޖަމިއްޔާތަކާއި ބެހޭ ގާނޫނާއި ޚިލާފަށް އިންތިޚާބެއް ބޭއްވުމެއް ނެތި، ވަކި ބަޔަކު އެމީހުންގެ އަމިއްލަ މަގްސަދުތައް ހާސިލްކުރުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައެވެ. މިފަދަ ޖަމިއްޔާތައް ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ސަރުކާރުންވަނީ ފުރުސަތުވެސް ދެއްވާފައެވެ. ނަމަވެސް އަދިވެސް އެފުރުސަތުގެ ބޭނުން ނުހިފައި ގާނޫނާއި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދަ ޖަމިއްޔާތައް އެބަހުއްޓެވެ.
މިދެންނެވި ފަދަ ޖަމިއްޔާ ޖަމާއަތްތަކާއި ކުންފުނިތަކަށް ގާނޫނަށްވުރެ މަތީގައި އެތިބެވެނީ ސަރުކާރުގެ އޯގާތެރިކަމުންނެވެ. އިންތިޚާބެއް ބޭއްވުމެއް ނެތި ވަކި ބައެއްގެ ބާރުގެދަށުގައި ހިނގަމުންދާ ޖަމިއްޔާތަކަކީ ކޮބައިކަންވެސް ސަރުކާރަށް އެނގެއެވެ. އަދި އެކި ނަންނަމުގައި ކުންފުނިތައް ހަދައިގެން ރަށުގެ މަސައްކަތްތެރިންނަކީ އެއްވެސް ބައެއްކަމަށް ނުހަދައި، ގަވާއިދާޚިލާފަށް ބިދޭސީން ގެނެސްގެން ރަށް ރަށުގައި މަސައްކަތްކުރަމުންދާ ކުންފުނިތަކަކީ ކޮބައިކަންވެސް ސަރުކާރަށް ރަނގަޅަށް އެނގެއެވެ. މިފަދަގޮތްގޮތައް ނުގަވާއިދުން އަމަލުކުރަމުންދާ މީހުން ގާނޫނެގެ އިމުގެތެރެއަށް ފެއްތުމަކީ ސައިޒަށް ކެނޑުންކަމަށްވާނަމަ އެކަން ކުރަންޖެހެއެވެ. އެއްވެސް މީހަކަށް އަދި އެއްވެސް ޖަމާއަތަކަށް ގާނޫނަށްވުރެ މަތީގައި ނުހުރެވޭނެއެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި އެފުރުސަތު އެފަދަ ފަރާތްތަކަށް ދިނުމަކީ އިޖްތިމާއީ އަދާލަތު ގެއްލި މުޖުތަމައު ބައިބައިވެގެން ހިނގައިދާނެކަމެކެވެ. އެމަންޒަރު މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން މިދަނީ ފެންނަމުންނެވެ.
ކޮންމެ ނަމެއްގައި ކޮންމެ ރަށަކަށް ކުޅުނަސް އެ ޓީމް ނުވަތަ އެކުޅުންތެރިއަކު ނިސްބަތްވަނީ މީދޫއަށް ކަމަށްވާނަމަ އަޅުގަނޑު އެދެނީ އެކުޅުންތެރިއަކަށް ނުވަތަ އެޓީމަކަށް ފުރިހަމަ ކާމިޔާބީއެވެ.


ޑިމޮކްރެޓިކް ވެރިކަމެއް ދިވެހިރާއްޖޭގައި ގާއިމްކުރެވުނުތާ އެއްއަހަރު ފުރިގެންދާއިރު، ފާހަގަކުރަންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. ޚުދުމުޚްތާރު ވެރިކަމަކަށްފަހު، ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރެވުމުން އަންނަންޖެހޭ ބަދަލުތައްވެސް ހުންނާނެއެވެ. އެގޮތުން އަޅުގަނޑުމެންގެ ރަށުގައި ސަރުކާރު ތަމްސީލުކުރާ އެއްމެ އިސް މުވައްސަސާކީ ރަށު އޮފީސް ކަމަށްވުމާއެކު، ފާއިތުވެދިޔަ 1 އަހަރުތެރޭ ރަށު އޮފީހަށް އައި ބަދަލުތަކަށް ބަލާލުމަކީ މުހިއްމު ކަމެކެވެ.
އިއްޔެ ހެނދުނު ޓީވީއެމް 10 ގެ ޚަބަރުގައި އަޅުގަނޑާއި ހަވާލާދީ ބުނެފައިވެއެވެ. “އިސްމެހެލާ ހެރައާއި މީދޫއާއި ދޭތެރޭ އޮއިދެމޭގޮތައް ވަކިކުރުމުން އުތުރުފަރާތުން ރަށް ގިރުންވަނީ ހުއްޓިފައި”. ދުވަހުގެ ބޮޑު ޚަބަރެއްގެ ގޮތުގައި މިވާހަކަ ފެތުރިގެންދާން ސިކުންތުކޮޅެއް ނުނަގައެވެ. އެއްބަޔަކު ރަށު އޮފީހަށްވަދެ އަޑުގަދަކުރިއެވެ. އަނެއް ބަޔަކު ފޫޓުފީތާ ހިފައިގެން ކޯގަންނަށް ދިޔައެވެ. އެގުރޫޕުން ކުރި ދިރާސާއިން އެނގުނު އެއްކަމަކީ މިވެނި ދުވަހަކުން ފެށިގެން މިއަދާއި ހަމައަށް 8 ފޫޓު ގިރައިގެން ގޮސްފައިވާކަމެވެ. ނަމަވެސް 8 ފޫޓު ރަށުން މަދުވެގެންދިޔައީ ކީއްވެގެންކަން އެމީހުންގެ ދިރާސާއިން ނޭނގުނެވެ. ނޫންނަމަ 8 ފޫޓު ފަސްގަނޑަށްވީ ކިހިނެތްކަން އެނގިތިބެމެ ހާމަކުރަން ބޭނުމެއް ނުވިއެވެ.
ރުއްވެއްޓުމުގެ ހިތާމަވެރި ހާދިސާއަށްފަހު ރައްޔިތުންގެ ފަރާތުން އެއްމެ ގިނައިން ވޭތުވެދިޔަ ހަފްތާގައި އަޅުގަނޑާއި ހަމައަށް އައިސްފައިވާ ޝަކުވާއަކީ، ގޭގޭގެ ގޯތިތެރޭގައި މަގުމައްޗަށް ވާގޮތައް ހުރި ރުއްތައް ސަރުކާރުގެ ޚަރަދުގައި ކެނޑިއިރު، ރުކުގެ ކޮޅު އެކަނި ކަނޑާލާފައި ދޫކޮށްފައި ހުރުމުން، ކުރިމަތިވެފައިވާ ނުރައްކަލުގެ ޝަކުވާތަކެވެ. ތެދެކެވެ. ރައްޔިތުންގެ ރައްކާތެރިކަމާއި، ސަލާމަތައްޓަކައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ރުއް ކަނޑާފައިވާނަމަ، އެ ކަނޑާލި ރުއްތަކުން އިތުރަށް ރައްޔިތުންނަށް ނުރައްކާވެގެން ނުވާނެއެވެ.
އޮފީހުގައި ހޭދަކުރެވުނު އެކާވީސް ހަފްތާގެ ތެރޭގައި، އެއްމެ ގިނައިން ރައްޔިތުންގެ ފަރާތުން ލިބުނު އެއް ޝަކުވާއަކީ އަވައްޓެރިޔާގެ އުނދަގުލުން ސަލާމަތް ނުވެވިގެން އުޅެންޖެހުމުގެ ޝަކުވާތަކެވެ. އަވައްޓެރިޔާގެ ގޯތިތެރޭގައި ހުރި ރުއްގަހުން ފައިބާ ބަނބުކޭލާއި، ކާށިން ފުރާޅު ސަލާމަތްނުވެވިގެން އުޅޭ ވާހަކައެވެ. ޖެހިގެން ހުރި ގޯތީގެ ފާޚާނާ ޖަންކްޝަން މަދިރި އުފެދޭގޮތައް ދޫކޮށްލެވިފައިވާ ވާހަކައެވެ. ކާބަފައިންގެ ޒަމާނުއްސުރެ ހައްދަމުން ދިޔަ އޮޅަށް ކުނިއުކުމާއި، އޮޅާއި އިންވެގެން އޮތް ގޯތީގައި ގެންގުޅޭ ބަކަރިތަކުގެ ފާޚާނާއަކަށް އޮޅު ބަދަލުވެގެން އުޅޭ ވާހަކައެވެ. ލިސްޓް އިތުރަށް ދިގުކުރުމުގެ ބޭނުމެއްނެތެވެ.
މަގު ބައްތި މަރާމާތުކޮށް ދިއްލުމުގެ ވާހަކަ ދައްކާއިރު އެއްމެ ފުރަތަމަވެސް ފާހަގަކޮށްލަންޖެހޭ އެއްކަމަކީ، މަގު ބައްތި މަރާމާތުކުރުމަށް ވޭތުވެ ދިޔަ 2007، 2008 ވަނަ އަހަރު ސަރުކާރުން ދެއްވި އަދަދައް މިއަހަރު ފައިސާ ލިބިފައި ނުވާކަމެވެ. ވޭތުވެދިޔަ ދެއަހަރުގައި މަގު ބައްތި މަރާމާތުކުރުމަށް ކޮންމެ މަހަކަށް 2400 ރުފިޔާ ލިބިފައިވެއެވެ. އަދި ކޮންޓްރެކްޓް އުސޫލުން ބަޔަކާއި މަސައްކަތް ހަވާލުކޮށްގެން މަގު ބައްތި މަރާމާތުކުރުމުގެ މަސައްކަތް އެދެއަހަރު ވަނީ ކުރެވިފައެވެ. ނަމަވެސް އަޅުގަނޑު އޮފީހާއި ހަވާލުވިއިރު ރަށުގައި ހުރި 161 ބައްތީގެ ތެރެއިން 70 ބައްތި ނުދިއްލެއެވެ. މީގެ ތެރެއިން ގިނަ ބައްތިތައް ހުރީ އެއްކޮށް ކޮންޕްލީޓް ބަދަލުކުރަންޖެހޭވަރަށް ހަލާކުވެފައެވެ. ދެއަހަރުވަންދެން އޮފީހުން ތަކެތިދޭގޮތައް ކޮންޓްރެކްޓް އުސޫލުން ބަޔަކާއި މަސައްކަތް ހަވާލުކޮށްގެން މަގު ބައްތި މަރާމާތުކޮށްފައިވާއިރު މިހާ ގިނަ އަދަދެއްގެ ބައްތި އެއްކޮށް ހަލާކުވެފައި ހުރުމަކީ ސުވާލު އުފެދޭކަމެކެވެ. ނަމަވެސް އިތުރަށް އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.
އަށާރަވަނަ ހަފްތާ ބަންދުގައި ކުރިން އަޅުގަނޑު ލިޔަން ގަސްތުކޮށްގެން ހުރީ މަގު ބައްތި މަރާމާތުކުރުމުގު މަސައްކަތް ކުރިއަށްދާގޮތާއި ބެހޭގޮތުންނެވެ. ނަމަވެސް ކުރިމަތިވި އެހެން ކަމަކާއި ގުޅިގެން ސުރުޚީ ބަދަލުކުރަން ޖެހުނީއެވެ.
ސުރުޚީގައި އެވާ ސުވާލަކީ ކޮންމެ ދުވަހަކު އަޅުގަނޑާއި ކުރިމަތިވާ ސުވާލެކެވެ. ސުވާލުގެ ޖަވާބަށް ދިއުމުގެ ކުރިން މިއަދު މިސުވާލު ފެންމަތިވެގެން މިއުޅެނީ ކީއްވެގެންތޯވެސް ބަލާލަންޖެހެއެވެ. ވިސްނޭގޮތުގައި މިއަދު މިސުވާލު ފެންމަތިވެގެން މިއުޅެނީ ދިވެހި ބަހަށް މިނިވަންކަން ލިބުނީތީއެވެ. ދިވެހި ބަސް ކަސްތޮޅުން ނެއްޓުމާއެކު މިކަހަލަ އެތައް ސުވާލެއް މިއަދު މިވަނީ އުފަންވެފައެވެ.
މިރާއްޖެ އުފެދުނު ގޮތް ދުށް މީހަކުނެތެވެ. އެވޭލާ ތާރީޚުންވެސް މިރާއްޖެ އުފެދުނު ގޮތް މަންޒަރު ކޮށްދީފައި ނެތެވެ. އެކަމަކު މިރާއްޖޭގެ ރަށްތައް ގިރެމުން ނެތެމުންދާ މަންޒަރު މިދަނީ ފެންނަމުންނެވެ. 

ކިތައްމެ ލޯބިން ކައިވެނި ކުރިކަމުގައި ވިޔަސް ޒަވާޖީ ހަޔާތުގެ ފޮނި ލައްޒަތު ތާޒާކަމާއެކު ގިނަ އަހަރު ތަކަކަށް ދެމިގެން ނުދެއެވެ. މިހެން ދިމާވަނީ ގިނަފަހަރަށް ކައިވެނިކުރުމުގެ ކުރިން ލޯބީގެ އަރާމާއި އުފާ ކޮންމެވެސް ސިފައެއްގައި ހާސިލްކޮށްފައިވާތީއެވެ. އާއްމުކޮށް ކައިވެނި ކުރުމުގެ ކުރިން ލޯބީގެ ލައްޒަތު ލިބިގަނެވޭނީ ވަރަށް ހަނިގޮތަކަށެވެ. ލޯބިވެގެން އުޅޭ ދެމީހުންނަށް ލޯބީގެ ހިތްގައިމުކަން ކުޑަކޮށް ނަމަވެސް ތަޖްރިބާކުރެވިއްޖެނަމަ ދެން ބޭނުންވާނީ އެމަސްތުގައި މުޅި ދުވަސް ހޭދަކުރުމަށެވެ. މިކަން ކުރެވެން އަންނަނީ ކައިވެނިކޮށްގެން ކަމަށްވުމައެކު ވަރަށް އަވަހަށް ކާވެންޏާއި ދިމާލަށް ދެމީހުން ދަތުރުކުރާނެއެވެ. ނަމަވެސް ކައިވެނި ކުރުމާއެކު، މަޑު މަޑުން ޒަވާޖީ ހަޔާތުގެ ތާޒާކަން ކެނޑެމުން ގޮސް ދެމީހުން ކައިވެނީގެ މަޅީގައި ބެނދިގެން ތިބުން ނޫން އެހެން އެއްވެސް ކަމެއް ނޯންނަ ހިސާބައް ދެއެވެ. 

Recent Comments