ދުނިޔޭގެ ތިމާވެށި ދުވަހުގެ މެސެޖް
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ރަށުގެ އެއްމެހާ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަން.
މުޅި ދުނިޔޭގައި ތިމާވެށީގެ ދުވަސް ފާހަގަކުރާއިރު، ރާއްޖޭގެ ތިމާވެށްޓަށް ލިބިފައިވާ ގެއްލުންތަކާއި، ލިބެމުންދާ ގެއްލުންތަކުގެ ވާހަކައަކީ ޤައުމީ ފެންވަރުގައި ދައްކަމުން ގެންގޮސްފައިވާ ވާހަކަތަކެއް.
އެހެންނަމަވެސް ތަފްސީލްގޮތެއްގައި ފަރުދީ ފެންވަރުގައި އަޅުގަނޑުމެން މިހާތަނަކަށް މިވާހަކައެއް ނުދައްކަމު. އަޅުގަނޑުމެން މިހާތަނަކަށް ނުދައްކަމު އަޅުގަނޑުމެންގެ ރަށުގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ވާހަކަތަކެއް. މިވާހަކަތައް ނުދެއްކުމުގެ ސަބަބުން، އަޅުގަނޑުމެންގެ ތިމާވެށި މިވަނީ ރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް އަތޮޅެއްގެ ތިމާވެށްޓަށް ގެއްލުން ނުވާވަރަށް ގެއްލުންތައް ވެފައި.
އަޅުގަނޑުމެންގެ ރަށުގެ ގޮނުދޮށްތައްވަނީ ކުނިބުނިން ތައައްޔަރުވެފައި. އަޅުގަނޑުމެންގެ ވަށައިގެންވާ ފަރުތައް މިވަނީ ޕްލާސްޓިކް ކޮތަޅުތަކުގައި ބަންދުވެފައި. އަޅުގަނޑުމެން ސާފު މޫދުގައިވާ މުރަކަތައް މިވަނީ ނައިލޯން ގޯނިތަކުން ނިވާވެފައި. މިކަންތައްތައް މިގޮތަށްވާން ދޫކޮށްލައިފިނަމަ އަޅުގަނޑުމެންނަކީ ހަމަ ބުއްދީގައި ދުނިޔޭގައި އުޅުނު ބައްތޯ ސުވާލުކުރާނެ މީހުން އަންނާނެ.
އަޅުގަނޑު މިއަދު މީދޫގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރަށުގެ ހިމާޔަތުގައި، ރަށުގެ ރީތިކަން ދެމެހެއްޓުމުގައި، އަދި ރަށުގެ ގަދަރާއި ޝަރަފު ހިމާޔަތް ކުރުމުގައި، ފިކުރު އެއްގޮތް ކުރުމަށް. ޚިޔާލު ތަފާތުވުންތަކާއެކުވެސް، ރަށަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް. އަޅުގަނޑު އެދެނީ އަޅުގަނޑުގެ ދުއާއަކީ ހުރިހާގޮތަކުންވެސް މީދޫއަށް ކުރިއެރުމާއި ކާމިޔާބު މިންވަރުކުރެއްވުން.

Recent Comments