ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުން: އައްޑު އަތޮޅުގެ މާބަނޑު އަންހެނުން ކަނޑު ހުރަސްކޮށް ފުވައްމުލަކަށް
ފާއިތުވެދިޔަ 30 އަހަރުވީ ސަރުކާރުން ވެރިކަން ކޮށްފައިވަނީ ކޮންގޮތަކަށްތޯ ސުވާލުކުރުމުގެ ބޭނުމެއް މިހާރަކުނެތެވެ. މިހާރު މިއޮތީ އެމްޑީޕީގެ ސަރުކާރެވެ. އާދެ! ދިރިއުޅުމުގެ އަގުތައް ތިރިކޮށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހޯދައިދީ، ޑްރަގަށް ކުރީގެ ސަރުކާރުން ހުޅުވި ދޮރުތައް ބަންދުކޮށް، ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލާނެކަމަށް ވަޢުދުވެފައިވާ ސަރުކާރެވެ. މީގެ އިތުރުން ރައްޔިތުންގެ ކަންތައްތައް ރައްޔިތުން އެދޭގޮތަށް ރައްޔިތުންނާއި ވީއެއްމެ ކައިރިން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ސަރުކާރެކޭ ބުނަމުންދާ ސަރުކާރެވެ. Read more…
މިއަންނަ ހޯމަދުވަހަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރާދުވަހެވެ. މިދުވަސް މުޅި ރާއްޖޭގައި ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން މިއަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކީ އަތޮޅުގެ ހުރިހާ ރަށެއްގެ ބަނދަރު ސާފުކުރުމެވެ.
ޖަޒުބާތުން ފުރިފައިވާ ލޯބީގެ ސިޓީއެއް ލިބުމަށްވުރެ ވަކިން އިތުރު ރޮމަންޓިކް އެހެންކަމެއް އޮންނާނެތޯއެވެ؟ ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުމުގެ އިތުރުން މިހާރުވެސް ލޯބިވެރިންގެ މެދުގައި ބަދަލުކުރެވޭ އެއްމެ އަސަރުގަދަ ނޯޓަކީ އަތުން ލިޔެފައި އެކަކު އަނެކަކަށް ފޮނުވާ ލޯބީގެ ސިޓީތަކެވެ.
ދިވެހިރާއްޖޭގެ ބަންޑާރަ ނައިބު ކަމުގެ މަގާމާއި ސ.މީދޫ ހަސަންކާރިގޭ އަލްއުސްތާޛު ހުސްނުއް ސުޢޫދު ހަވާލުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ވަރަށް އިޚްލާސްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ފޮނުވަމެވެ.
ސައިންސްގެ ދާއިރާއިން ޕްރޮފެސަރަކަށް ވެވަޑައިގަތް ފުރަތަމަ ދިވެއްސަކީ އައްޑުއަތޮޅަށް އުފަން ހަސަން އުގައިލްއެވެ. ސައިންސްގެ ދާއިރާއިން ޕްރޮފެސަރަކަށް ވެވަޑައިގަތް ފުރަތަ ދިވެއްސަކީ އައްޑުއަތޮޅަށް އުފަން ބޭފުޅަކަށްވީތީ އައްޑުއަތޮޅު ދަރިއެއްގެ ޙައިޞިއްޔަތުން އަޅުގަނޑު ނިހާޔަތަށް އުފާކުރާކަމެކެވެ. މިއީ ޕްރޮފެސަރަކަށް ވެވަޑައިގަތުމުގެ ޝަރަފު ލިބިވަޑައިގެންނެވި ދެވަނަ ބޭފުޅާއެވެ. ރާއްޖޭގައި ފުރަތަމަ ޕްރޮފެސަރަކަށް ވެވަޑައިގެންނެވި ޕްރޮފެސަރ ޢަބްދުﷲ ސަޢީދުއަކީވެސް އައްޑުއަތޮޅުގެ ބޭފުޅެކެވެ. އެއްވެސް ޝައްކެތްނެތްގޮތުގައި މިއީ ދިވެހި ޤައުމަށާއި މިދެބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވާ އައްޑު އަތޮޅަށް ލިބުނު ވަރަށް މަތިވެރި ޝަރަފަކާއި ކާމިޔާބީއެކެވެ.
ހެރެތެރެ ރިސޯޓް ހިންގާ ޔޮޓް ޓުވާސްއާއި ދެކޮޅަށް ހުޅުމީދޫގެ ރައްޔިތުން މުޒާހަރާ ކުރަމުންދަނީ ގަވާއިދާ ޚިލާފަށް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީއެވެ. ދަނޑުވެރިންނަށާއި، މަސްވެރިންނަށް ދޭންވާ ފައިސާކޮޅު ނުދީ ކަންމަތީ ފިހާރަތައް ބަނގުރޫޓްވަމުންދާތީއެވެ. މިއީ މިހާތަނަށް ޔޮޓް ޓުވާސްއާއި ދެކޮޅަށް ނުވަތަ ހެރެތެރެ މެނޭޖްމަންޓާއި ދެކޮޅަށް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ މުޒާހަރާތަކުން އެއްމެ ގިނައިއިން އިވޭ ވާހަކަތަކެވެ.
އެއްބަޔަކު އަނެއްބައެއްގެ މުދާ ބާޠިލުގޮތުގައި ކެއުން މާތްﷲ ވަނީ ޙަރާމްކުރައްވާފައެވެ. އަދި ޙަރާމްތަކެއްޗާއި ދުރުވުމަށް އެކަލާނގެ ވަނީ އަންގަވާފައެވެ. އެކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންކަމުގެތެރޭގައި ރިޝްވަތުހިފުން ހިމެނެއެވެ. ރިޝްވަތު ދޭމީހާ އާއި،ރިޝްވަތައިގެން ހިގާ މީހާ އާއި،ރިޝްވަތު ބަލައިގަންނަ މީހާއައް މާތްﷲ ލަޢުނަތް ލައްވާފައި ވެއެވެ. 

Recent Comments