ދިވެހިރާއްޖޭގެ ޒުވާނުންގެ މަޖިލިހަށް މެންބަރުން ހޮވުމަށްޓަކައި 06 މެއި 2008 ވަނަ ދުވަހު އެމަޖިލިހުގެ އޮފީހުންވަނީ މެމްބަރަކަށްވުމަށް އެދޭ ފޯމް ދޫކުރަން ފަށާފައެވެ. މިފޯމް ބަލައިގަންނަ އެއްމެފަހު ތާރީޚަކީ 13 މެއި 2008 ވަނަދުވަހުގެ 18:00 އާއި ހަމައަށެވެ. ދިވެހިރާއްޖޭގެ ޒުވާނުންގެ މަޖިލިސް (އެމް.ވައި.ޕީ ) އުފެދުނު ދުވަހުން ފެށިގެން އަޅުގަނޑު އައީ މިމަޖިލިހާއި ބެހޭގޮތުން މައުލޫމާތު ހޯދަމުންނެވެ. އެމް.ވައި.ޕީގެ މެމްބަރަކަށް ވުމުގެ ޝައުގުވެރިކަން ހިތުގައި އޮއްލެއް ބޮޑުކަމުން ކޮންމެ ދުވަހަކުހެން އެމް.ވައި.ޕީގެ ވެބްސައިޓު ބަލަމެވެ. އަދި އެމް.ވައި.ޕީ ފޭސްބުކް ގުރޫޕާއި ގުޅުނު 3 ވަނަ މީހަކީ އަޅުނގަޑެވެ. މިގުރޫޕަކީ ސީދާ އެމް.ވައި.ޕީން ހިންގާ ގުރޫޕެއް ކަމެއް އަޅުގަޑަކަށް ނޭގެއެވެ. ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

އެމް.ވައި.ޕީގެ ވެބްސައިޓުންވެސް އަދި ފޭސް ބުކުންވެސް މެމްބަރޝިޕްގެ ވާހަކައެއް ނުފެނި ހުއްޓާ އިއްޔެ (09 މެއި 2008 ) ފޭސްބުކަށް ލޮގިން ކޮށްލިއިރު އެމް.ވައި.ޕީ ގުރޫޕުން ވަނީ މެސެޖެއް ފޮނުވާފައެވެ. މިމެސެޖްގައި ވަނީ އެމް.ވައި.ޕީގެ މެމްބަރޝިޕް ހުޅުވާލި ވާހަކައާއި މެމްބަރަކަށްވުމަށް އެދޭ ފޯމް ޑައުންލޯޑްކުރުމަށް ދީފައިވާ ލިންކެވެ. އަޅުގަނޑު ވަގުތުން ފޯމް ޑައުލޯޑްކޮށް ފުރަތަމަވެސް ބެލީ ފޯމުގައިވާ މެމްބަރަކަށްވުމުގެ ޝަރުތުތަކެވެ. މިޝަރުތުތަކު ތެރޭގައި ހިމެނެނީ: ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
-ދިވެހިރާއްޖޭގެ ރައްޔިތެއް ކަމުގައިވުން
-އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނަކު ކަމުގައިވުން
-ފާއިތުވި 3 އަހަރު އެއްވެސް ޖިނާއީ ކުށެއްގައި ޙުކުމް ކުރެވިފައިވާ މީހަކު ކަމުގައި ނުވުން
-ކަމަށް ކަމޭހިތާ، މިކަމަށް ޝައުގުވެރިކަންހުރި މީހަކަށްވުން
-މުޖުތަމައުގައި ހިނގާ ކަންކަމާއިމެދު ޝައުގުވެރިކަންހުރި، އެކަންކަމާއިމެދު ޚިޔާލުފާޅުކުރެވޭ މީހަކުކަމުގައިވުން
-ޒުވާނުންގެ އަޑުއަހައި، އެމީހުންގެ ޚިޔާލުތަކަށް އިޚްތިރާމްކުރާ މީހަކު ކަމުގައިވުން.
-އެމީހެއްގެ އަމިއްލަ ޚިޔާލު ފާޅުކުރެވޭ މީހަކު ކަމުގައިވުން

އަޅުގަނޑަކީ ދިވެހިރާއްޖެއޭކިޔާ ގައުމެއްގެ ރައްޔިތެކެވެ. މިއަދާއި ހަމައަށް އުމުރުން ވެފައިވަނީ ބައްތިރީސް އަހަރާއި ފަންސަވީސް ދުވަހެވެ. 16 އެޕްރީލް 1977 ވަނަ އަހަރުން ފެށިގެން އަޅުގަނޑަކީ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުން ނުވަތަ އޮފީހަކުން ހުކުމެއް ކޮށްފައިވާ މީހެއް ނޫނެވެ. މިދެންނެވި ފަދަ ކުށަކަށް ތުހުމަތުކުރެވިގެން ކޯޓަކަށް ހާޒިރު ކޮށްފައިވާ މީހެއްވެސް ނޫނެވެ. މިކަމަށް ހުރިޝައުގުވެރިކަމެއްގެ ބޮޑުކަމުން ނޫންނަމަ މިފޯމާއެކު ހުށަހަޅަންޖެހޭ ޕާސްޕޯޓް ފޮޓޯ ނަގަން ކަނޑު ހުރަސްކޮށް ޚަރަދުބޮޑު ދަތުރެށް ހިތަދުއަށް ނުކުރީމުހެވެ. ގަބޫލުކުރެވޭފަދަ ޝަރުތެއްނެތި އެމް.ވައި.ޕީން އަޅުގަޑުގެ ފޯމް ބަލައިނުގަތުމުން އެކަމާއިމެދު އަޅުގަނޑު ދެކޭގޮތާއި އަޅުގަޑުގެ ޚިޔާލު މިހާރުވެސް މިދަނީ ފާޅުކުރަމުންނެވެ. އެމް.ވައި.ޕީން އަޅުގަނޑުގެ ފޯމް ބަލައި ނުގަނެވޭނެކަމަށް ބުނެ އަޅުގަނޑާއި ފޯނުކޮށް ވާހަކަ ދެއްކި  ޒުވާނާގެ ވާހަކަތައް އަޑުއަހައި، އެޒުވާނާގެ ޚިޔާލުތަކަށްވެސް އަޅުގަނޑު އިޚްތިރާމް ކުރީމެވެ. އަޅުގަނޑަކީ ރާއްޖެތެރޭގައި އުޅޭ ރާއްޖެތެރޭ މީހަކަށްވުމާއެކު އެމް.ވައި.ޕީގެ މެމްބަރަކަށްވުމަށް އެދި އަޅުގަނޑު ހުށަހެޅި ފޯމް ބަލަގަނެވެން ނެތްވާހަކަ ބުނުމުންވެސް އަޅުގަނޑު އެޒުވާނާއި ޖަދަލެއް ނުކުރަމެވެ. އެމް.ވައި.ޕީން ރާއްޖޭގެ ޒުވާނުންނާއި މެދު ގެންގުޅޭ ތަފާތުކުރުމުގެ ސިޔާސަތާއި މެދު އަޅުގަނޑުގެ ޚިޔާލުފާޅު މިކުރަނީވެސް އަޅުގަނޑީ އަމިއްލަ ޚިޔާލު ފާޅުކުރެވޭވަރުގެ މީހަކަށް ވާތީއެވެ. ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

އެމް.ވައި.ޕީގެ މެމެބްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައިވާ ޝަރުތުތަކުގެ ތެރެއިން “ފުރޮވިފައިވާ” ޝަރުތު ފިޔަވައި ހުރިހާ ޝަރުތުތަކަށް އަޅުގަނޑު ފެތެއެވެ. އެހެންކަމުން އަޅުގަނޑު އަވަސްވެގަތީ ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތި ހަމަކުރުމަށެވެ. މިގޮތުން ހޯދަން އެއްމެ އުދަގޫ އެއްޗަކަށްވީ ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯއެވެ. ޕާސްޕޯޓް ފޮޓޯނެގުމަށް ދާންޖެހެނީ ހިތަދުއަށް ކަމަށްވެފައި، ފޯމް ހުށަހަޅަންޖެހޭ މުއްދަތު ހަމަވާތީ އީމެއިލްއިން އެޕްލިކޭޝަން ބަލައިގަންނަވާތޯ ސާފުކޮށްލުމަށް އެމް.ވައި.ޕީގެ 3329335 ނަމްބަރަށް ގުޅީމެވެ. ފޯނު ނުނަގާތީ އެމް.ވައި.ޕީއަށް އަށް އީމެއިލް ކުރީމެވެ. ވަރަށް އަވަސް ޖަވާބެއް ދިނުމަށްވެސް އީމެއިލްގައި އެދުނީމެވެ. ނަމަވެސް އެމް.ވައި.ޕީން ޖަވާބެއް ނުލިބުމުން ޖެހިގެން އައިދުވަހުގެ (10 މެއި 2008 ) ހެނދުނު އަނެއްކާވެސް ފޯނު ކުރީމެވެ. ފޯނުން ޖަވާބުދެއްވި އެމް.ވައި.ޕީގެ ބޭފުޅާ ގާތު އަޅުގަނޑު ދިރިއުޅެނީ ސ.މީދޫގައި ކަމާއި ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާން 3 ދުވަހަށް ވެފައިވާތީ އަޅުގަޑުނގެ ފޯމްގެ ސްކޭނެއް ގަބޫލު ކުރަށްވާނެތޯ އެއްސެވީމެވެ. ފޯނުން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވީ އީމެއިލް ގަބޫލުކުރާނެކަމަށާއި އަދި ފެކްސްވެސް ގަބޫލު ކުރާނެކަމަށެވެ. އެހެންކަމުން ހަމައެވަގުތު އަޅުގަޑުނގެ އެޕްލިކޭޝަން އީމެއިލްކުރީމެވެ. އަދި ފޯމުގެ އޮރިޖިނަލް ޖެހިގެން އަންނަދުވަހު (11 މެއި 2008 ) ޕޯސްޓުން ފޮނުވާނެ ވާހަކަވެސް ދެންނެވީމެވެ. ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

މިހިސާބުން އަޅުގަނޑު ނިންމައިގެންހުރީ އަޅުގަނޑުގެ ފޯމް އެމް.ވައި.ޕީން ބަލައިގަތީ ކަމަށެވެ. ނަމަވެސް ކަންތައް ވެގެންދިއައީ ހީކުރިގޮތާއި މުޅިން ޚިލާފަށެވެ. ހަމައެދުވަހު މެންދުރު 13:05 ވީއިރު އެމް.ވައި.ޕީން އަޅުގަނޑަށް ގުޅިއެވެ. އެމް.ވައި.ޕީގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވީ އަޅުގަނޑުގެ ފޯމް އެމް.ވައި.ޕީއަށް ލިބިއްޖެކަމަށާއި، އެހެންނަމަވެސް އަޅުގަނޑަކީ ރާއްޖެތެރޭ ގައި ދިރިއުޅޭ މީހެއްކަމުން ފޯމް ބަލައި ނުގަނެވޭނެ ވާހަކައެވެ. އަދި ރާއްޖެތެރޭ ގައި ދިރިއުޅޭ ޒުވާނުންނަށް މިފަދަ ފުރުސަތު ނުދެވޭނެ ސަބަބުވެސް ވަރަށް ރަނގަޅަށް ކިޔާދެއްވިއެވެ. ކޮންމެއަކަސް އަޅުގަނޑު އެބޭފުޅާގެ ވާހަކަތައް އަޑުއެހުމަށްފަހު ފޯނު ބޭއްވީމެވެ. އެއްވެސް ސުވާލެއް އެކަމާއި ބެހޭގޮތުން އަޅުގަނޑު ނުކުރީ ސުވާލުތައް ނެތިގެނެއްވެސް ނޫނެވެ. ބޭނުންވީ އަޅުގަނޑު ހުށަހެޅި ފޯމް އަލުން ޗެކްކޮށްލުމަށެވެ. އެފޯމުގައި ބުނެފައިވާ ޝަރުތު ތަކުތެރޭގައި ރާއްޖެތެރޭ މީހުންނަށް އެމް.ވައި.ޕީގެ މެމްބަރަކަށް ކުރިމަތި ނުލެވޭނެ ވާހަކަބުނެފައިވޭތޯ ބެލުމަށެވެ. ކޮންމެއަކަސް އެޝަރުތު ފޯމުގައި ޕްރިންޓްކޮށްފައި ނެތެވެ. ނަމަވެސް އެޝަރުތު “ނުފެންނަ” ޝަރުތެއްގެ ގޮތުގައި ހިމަނާފައިވާކަން އަޅުގަނޑަށް އެނގުނީ ދެވަނަ ފަހަރު އެމް.ވައި.ޕީއަށް ގުޅުމުންނެވެ. އެމް.ވައި.ޕީގައި އަޅުގަނޑުގެ ސުވާލުތަކަށް ޖަވާބު ދެވޭފެންވަރުގެ ބޭފުޅަކު ނެތެވެ. އެތަނުން ވިދާޅުވީ މާދަމާ (11 މެއި 2008 ) ގުޅުމުން ޖަވާބުދެވޭ ފެންވަރުގެ މީހަކާއި ބައްދަލުވާނެކަމަށެވެ. އެހެންކަމުން ޖެހިގެން އައިދުވަހު ހެނދުން އަނެއްކާވެސް އަޅުނގަޑު ގުޅީމެވެ. މިފަހަރުވެސް ވިދާޅުވީ ޖަވާބުދެވޭ ފެންވަރުގެ ބެފުޅަކު ނުއުޅުއްވާ ކަމަށެވެ. ނަމަވެސް ކުޑައިރުކޮޅެއް ފަހުން އެމް.ވައި.ޕީން އަޅުގަނޑަށް ގުޅިއެވެ. މިފަހަރު ވާހަކަ ދެއްކެވީ ކުރީދުވަހު އަޅުގަނޑުގެ ފޯމް ބަލައިނުގަނެވޭނެ ވާހަކަ ވިދާޅުވި ބޭފުޅާއެވެ. އެބޭފުޅާގެ ވާހަކަތަކުން އަޅުގަނޑަށް ޔަގީންކޮށްދެއްވީ (ފޯމުހުށަހެޅުމަށް އެއްމެ 7 ދުވަސް ދީފައިވަނީވެސް އަދި އެމް.ވައި.ޕީގެ އޮފީހަށް އެކަނި ފޯމް ބަލައިގަންނަގޮތަށް ހަމަޖައްސާފައިވަނީވެސް މިކަމަކީ ހަމައެކަނި މޭލޭގެ ޒުވާނުންނަށް އަމާޒު ކުރެވިގެން ހިންގާ ކަމަކަށް ވާތީއެވެ ) ރާއްޖެތެރޭގައި ދިރިއުޅޭ ރާއްޖެތެރޭ މީހުންނަކީ އެމް.ވައި.ޕީގެ މެމްބަރުކަމަށް ޝަރުތުހަމަވާ ބައެއް ނޫންކަމެވެ. ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

އަޅުގަނޑު އެމް.ވައި.ޕީއަށް ގޮވާލަނީ ރާއްޖެތެރޭ ޒުވާނުންނަށް އެމް.ވައި.ޕީގައި ބައިވެރި ނުވެވޭނަމަ އެވާހަކަ ފޯމުގައި ފެންނަގޮތަށް ލިޔުއްވުމަށެވެ. އެހެންނޫންނަމަ “ދިވެހރާއްޖޭގެ ޒުވާނުންގެ މަޖިލިސް” ގެ ބަދަލުގައި އެމަޖިލިހުގެ ނަން “މާލޭ ޒުވާނުންގެ މަޖިލިސް” އަށް ބަދަލުކުރުމަށް އަޅުގަނޑު ގޮވާލަމެވެ. އެއިރުން އަޅުގަނޑުމެން “ރާއްޖެތެރޭ” ޒުވާނުންނަށް ތިޔަބޭފުޅުންގެ ފަހަތުން އާދޭސް ދަންނަވަމުން ދުވާކަށް ނުޖެހޭނެއެވެ. ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

Leave a Reply