ދިވެހި ރާއްޖޭގައި އޮތް އެއްމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރަށްވާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި ވޯޓްލާފައިވަނީ އެޕރީލް 25 ވަނަދުވަހުގައެވެ. މިއިންތިޚާބުގައި އެޕާޓީގެ 29000 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވީ އެއްމެ 11200 މީހުންނެވެ. މިހާގިނަ މެމްބަރުން ހިމެނޭ ޕާޓީއެއްގެ މިފަދަ މުހިއްމު އިންތިޚާބެއްގައި 50%ގެ ޓާރން އައުޓެއް ނުލިބުމަކީ ސީރިޔަސް މައްސަލައެކެވެ. ބައެއްފަރާތްތަކުން ބުނާގޮތުން ވޯޓްލީމީހުންގެ އަދަދު މިހާ ދަށްވެގެންދިޔައީ ވޯޓްލާން ދިޔަ ގިނަމެމްބަރުންގެ ނަންތައް ވޯޓް ރެޖިސްޓާރގައި ނެތުމުގެ ސަބަބުންނެވެ. ޝާހިދު ޝާހިދު ޝާހި ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
މިއިންތިޚާބާއި ޖެހެންދެން އެމްޑީޕީން ބުނަމުން ދިޔައީ އިލެކްޝަން ކޮމިޝަނުން ސައްޚަކަމަށްބުނާ އެމްޑީޕީގެ މެމްބަރުންގެ އަދަދު ރަނގަޅުނޫން ކަމަށާއި އެޕާޓީން އިލެކްޝަން ކޮމިޝަނުގެ ލިސްޓް ގަބޫލުނުކުރާނެ ކަމަށެވެ. ނަމަވެސް މިއިންތިޚާބުގައި ވޯޓްލެވޭނީ އެއްކަލަ ގަބޫލު ނުކުރާނަމޭ ބުނި އިލެކްޝަން ކޮމިޝަނަރުގެ ލިސްޓަށް ބަލައިގެންކަމަށް އެމްޑީޕީގެ ގައުމީ މަޖުލިހުން އެއްމެ ފަހުވަގުތު ނިންމިއެވެ. މިނިންމުމުގެ ސަބަބުން އެމްޑީޕީގެ ވަރަށްގިނަ އާއްމު މެމްބަރުންނަށާއި ޕާޓީގެ ވަރަށް އިސްސަފުގައި ހަރަކާތްތެރިވާ މެމްބަރުންނަށް ވަނީ މިއިންތިޚާބުގައި ވޯޓް ނުލެވިފައެވެ. މީގެތެރޭގައި ހިމެނޭ ޕާޓީގެ ޕާލެމެންޓަރީ ގުރޫޕްގެ މެމްބަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވެފައިވަނީ އޭނާވެސް ވޯޓްލައްވަން ވަޑައިގެންނެވިއިރު ލިސްޓުގައި ނަން ނެތްކަމަށާއި އެހެންކަމުން މިއިންތިޚާބުގެ ސައްޚަކަމާއިމެދު ސުވާލު އުފެދޭކަމަށެވެ. އިންތިޚާބުގަ ގިނަބަޔަކަށް ވޯޓް ނުލެވުނުނަމަވެސް ހިތުގައި އުފެދޭ ސުވާލަކީ އިލެކްޝަން ކޮމިޝަނުން ފާސްކޮށްފައިވާ ވޯޓް ރެޖިސްޓާރގައި ހިމަނިފައިވާ 20958 މެމްބަރުންގެ ތެރެއިން 47% ވުރެ ގިނަ މެމްބަރުން ވޯޓްލާން ނުނިކުތީ ކީއްވެގެން ހެއްޔެވެ؟ ޝާހިދު ޝާހިދުޝާ ހިދުޝާހިދު ޝާހިދުޝާހި ދުޝާހި ދުޝާހިދު ޝާހިދުޝާ ހިދުޝާހި ދުޝާހި ދުޝާހިދުޝާ
އެމްޑީޕީގެ ގިނަމެމްބަރުން ވޯޓުގައި ބައިވެރި ނުވިސަބަބެއްކަމަށް ލަފާކުރެވެނީ ޕާޓީގެ ގިނަ މެމްބަރުން އިތުބާރު ކުރާ މެމްބަރުންގެ މެދުގައި މަގްބޫލު ކެންޑިޓޭޓަކު ކުރިމަތިލާފައި ނެތީއެވެ. ހަމައެއާކު ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޕާޓީއަށް ވެރިކަން ހޯއްދަވާ ދެއްވައި މިރާއްޖޭގެ ހާލަތު ބަދަލު ކުރެވިދާނެ ގާބިލް ކެންޑިޑޭޓަކު ނެތީއެވެ. ވޯޓްލީމީހުންގެ ތެރެއިން ގިނަބަޔަކު އަންނިއަށް ވޯޓްލުމުންވެސް މިކަން ވަރަށް ރަނގަޅަށް އެބަދޭހަވެއެވެ. އަންނިއަށް ލިބުނުވޯޓަކީ އޭނާ ވެރިކަމަށް ގެނައުމަށްޓަކައި ނޫނީ އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކައި މެމްބަރުން ދެއްވި ވޯޓެއް ނޫނެވެ. އަންނި މެދުވެރިކޮށް ކޮންމެވެސް އެހެން ޕާޓީއަކުން ދިވެހި ރާއްޖޭގެ ވެރިކަން ކުރެވޭފަދަ ގާބިލް ބޭފުޅަކު ހޯއްދެވުމަށް މެމްބަރުން ދެއްވި ވޯޓެކެވެ. ޝާހިދުޝާހިދުޝާހިދުޝާހިދުޝާހިދުޝާހިދުޝާހިދުޝާހިދުޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
މިއިންތިޚާބު އަންނި ކާމިޔާބުކުރެއްވުމުން މިއަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ މެމްބަރުން ވޯޓް ދޭންޖެހޭނީ ކޮންމެވެސް އެހެން ޕާޓީއެއް ނުވަތަ ޖަމާއަތެއްގެ ކެންޑިޑޭޓަކަށެވެ. އެމްޑީޕީ ދާދި އަވަހަށް ދިވެހި ރާއްޖޭގެ ވެރިކަމާއި ހަވާލުވާނެއޭ އަންނި ގޮވަމުން އައި ފަތިވަރު ހަނދާން ހުރިބަޔަކަށް މިވަނީ އެވާހަކަތައް ހަނދާނުން ފޮހެލަން ޖެހިފައެވެ. އަބަދުވެސް ދިވެހިންނަކީ އަވަހަށް ހަނދާން ނެތޭ ބައެއްކަމުން އަންނި ކުރިން ގޮވަމުން އައި ފަތިވަރު ބަދަލުކޮށް “އިއްތިހާދައްޓަކައި އަންނި” އޭ ގޮވަންފެށުމުންވެސް ރެކާލި މީހަކު ނެތެވެ. މިއަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ދިވެހި ރާއްޖޭގެ ވެރިކަމަށް ކުރިމަތިލައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕާޓީގެ ޕްރައިމަރީސް ކެންޕޭނުގައި އިއްތިހާދައްޓަކައި އަންނިއޭ ބުނުމުން މިވަނީ ކިހިނެއްހެއްޔެވެ؟ އަދިވެސް އެއްފަހަރު ވިދާޅުވެލަށްވާށެވެ. ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

May 4, 2008 at 8:11 pm
It tends to get really dirty sometimes (perhaps almost always!) When sincerity, commitment and steafastness in waging forward in the path of truth and justice does not get prime spot in one’s political mind it leaves the others in a state of let down. We need sincere educated people to come and take lobby and also take centre stage, pushing aside the corrupted and selfish people aside! Change is needed, change can be brought! (http://www.muizzu.com/2008/04/intellectual-hypocracy.html).