Thaahiru Dhiriulhumakee koba?
April 24, 2008
އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި މާދަމާ ބާއްވާ އިންތިޚާބަކީ ވަރަށް ތާރީޚީ އިންތިޚާބަކެވެ. މިއިންތިޚާބާއި ގުޅިގެން ވަނީ ތަފާތު މަންޒަރުތަކެއް ފެނިގެންގޮސްފައެވެ. އަޅުގަޑުގެ ރަށްކަމަށްވާ މީދޫގައިވެސް މިއިންތިޚާބުގެ ފޯރިވަނީ ވަރަށްގަދަވެފައެވެ. އިންތިޚާބުގައި ވާދަކުރައްވާ 3 ކެންޑިޑޭޓުންގެ ތެރެއިން ރިކޯ މޫސަގެ ކެންޕޭނުގެ އެއްވެސް ކުލަވަރެއް މީދޫއިން ނުފެނުނު ކަމުގައިވިޔަސް މޫސައަށް ތާއީދުކުރާ މީހުންވެސް ކޮންމެވެސް ވަރަކަށް އުޅޭކަން ފާހަގަ ކުރެވެއެވެ. މިރަށުގައި އެއްމެ ފުރަތަމަ ކެންޕޭނު އޮފީހެއް ހުޅުވީ މީދޫއަށް އުފަން ޑރ.މުނައްވަރެވެ. އޭގެ ދުވަސްކޮޅެއް ފަހުން އައްނިގެ ސަޕޯޓަރުން(ޑީއާރުޕީގެ މެމްބަރުން) ވަނީ އަންނިއަށް ތާއީދު ހޯއްދެވުމަށްޓަކައި ކެންޕޭނު އޮފީހެއް ހުޅުވާފައެވެ. އަންނި ކެންޕޭނު އޮފީސް ހުޅުވާފައިވަނީ މުނައްވަރަށް ސަޕޯޓްކުރާ މީހެއްގެ ގޭގައިކަމުން ފުރަތަމަކޮޅު ވަރަށް މައްސަލަ ގޯސްވެގެންދިޔަ ޚަބަރުވެސް ރަށުތެރޭގައި ފެތުރުނެވެ. ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝަހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު
މިކެންޕޭނުގައި އަޅުގަޑަށް ފާހަގަކުރެވުނު ތަފާތު މަންޒަރަކީ ސީދާ ޑީއާރުޕީގެ މެމްބަރުން އަންނިއަށް ތާއީދު ހޯއްދެވުމަށްޓަކައި ކެންޕޭނު އޮފީހެއް ހަދައިގެން ކުރަމުންގެންދާ މަސައްކަތެވެ. މިގޮތުން އިހަކަށްރޭ މިމީހުން ބޭއްވި ބައްދަލުވުމެއްގައި ބަހަމުންގެންދިޔަ ޖޫސްޕެކެޓަކީވެސް ވަރަށްގިނަބައެއްގެ ސަމާލުކަން ލިބުނުއެއްޗެކެވެ. މިމަހު 26 ވަނަ ދުވަހުގެ ނިޔަލަށް ގެރެންޓީ ހަމަވާ މިޖޫސް ޕެކެޓްތައް ބަހަމުންގެންދިޔައީ ކޭކު ފޮއްޗަކާއެކު “ތާހިރު ދިރިއުޅުމަކަށް އަންނި” ޖަހާފައިވާ ކޮތަޅެއްގައެވެ. ތާހިރު ދިރިއުޅުމެއް ޕްރޮމޯޓް ކުރާއިރު ގެރެންޓީހަމަވާން ހަފްތާއަކަށްވެފައިވާ ޖޫސްޕެކެޓުތަކައް މިގޮތައް ބެހުމުން ފާހަގަ ކުރެވެނީ ކޮންކަމެއްތޯއެވެ؟ އަންނިއަށް ވަރަށްބޮޑަށް ސަޕޯޓްކުރާ އަޅުގަޑުގެ ރަހުމައްތެރިއަކާ މިސުވާލުކުރުމުން ބުނީ ކެންޕޭނުކުރާނެ ފައިސާ ނެތްނަމަ އެގޮތަށް އަގުހެޔޮކޮށް(ގެރެންޓީ ހަމަވާން ހަފްތާއަކަށްވެފައި ހުރި ޖޫސްޕެކެޓް) ގަނެގެން ބަހާފާނެކަމަށެވެ. އަޅުގަޑަށް ފުރުސަތެއް ލިބިއްޖެނަމަ ކުރިން މިދެންނެވި ސުވާލު ޚުދު އަންނިއާވެސް ކުރަން ބޭނުމެވެ. އަޅުގަޑަށް ސީދާ އަންނިއާއި މިސުވާލު ނުކުރެވުނަސް އަދި އަންނިގެ ސަޕޯޓަރުން ކޮންމެ ޖަވާބެއް ދެއްވިޔަސް ދަންނަވަން ޖެހެނީ ގާނޫނާއި ޚިލާފައް އުފައްދާފައިވާ ޑީއާރުޕީ ކިޔާ ޕާޓީގެ ސަޕޯޓަރުންނާއި ގުޅިގެން އަޅުގަޑުމެންގެ ދިރިއުޅުން ތާހިރު ކުރަން ނުއުޅުއްވާށެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

April 26, 2008 at 7:14 am
Hey First of all i believe you should be sure of what your writing brother….. Kon DRP ge nameh bracket koh kohfa thi liyumuga thihiry furthama party thakuge nama eki meehun nisbai waa party thah rangalha dhanegen liyaa echeh liyebala.
April 26, 2008 at 8:00 am
thank you very much for your comment NIMUN;
I clearly understand what i wrote here and it’s not my part of problems if you found yourself in difficult to understand what i have said. Please read it again…
April 27, 2008 at 5:46 am
thiya gengulhe siyaasath badhalu kurun rangalhu.maumoon akee aharumenge lobuvethi zaeem . zaeem kuraa kommekamakee aharumenge tharahggee ah kuraa kameh kamah heekohgen huvafen balan thibemaa.????? thaahiru dhiriulhumakee nidhi gehe vaguthu fenna huvafen.