Dhivehinge ninmun: Vote beykaaru nukurasheve
March 23, 2008
އެމްޑީޕީގެ ޕްރައިމަރީސް އަދި ރިޔާސީ އިންތިޚާބުގައިވެސް އަޅުގަޑުމެން ވޯޓުދޭއިރު ކޮންމެހެން ހޮވޭނެކަމަށް ހީވާމީހަކަށް ވޯޓުދޭކަށް ނުޖެހެއެވެ. ހޮވޭނެހެންހީވާ ކެންޑިޑޭޓަކަށް ވޯޓުދީ ނަތީޖާ އިއުލާން ނުކުރަނީސް ހޮވޭނެ ކެންޑިޑޭޓަކު ލަފާކުރުމުން އަޅުގަޑުމެންނަށް ލިބެނީ ކޮންއެއްޗެއްހެއްޔެވެ؟ މިއަންނަ ރިޔާސީ އިންތިޚާބަށް ބަލާލާއިރު މިހާތަނަށް ވާދަކުރާނެކަމަށް އިއުލާން ކޮށްފައިވާ ކެންޑިޑޭޓުންގެ ލިސްޓުގައި މިތިއްބެވީ މައުމޫނު ފިޔަވައި މުޅިންވެސް ރައީސްކަން ކުރެއްވުމަށް އާ ބޭފުޅުންނެވެ. މައުމޫނުއަކީ މިހާރުވެސް އޮފީސް ހިންގެވުމާއި ހަވާލުވެގެން ހުރި މީހާއެވެ. ވީމާ މިއިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތުވެސް ބޮޑީ މައުމޫނުއަށް ކަމަށް ހީކުރާ މީހުން މަދެއްނުވާނެއެވެ. މީގެ ތެރޭގައި މައުމޫނުގެ ވެރިކަން ބަދަލުވުމަށް އެދޭ އެހެނިހެން ކެންޑިޑޭޓުންގެ ސަޕޯޓަރުންވެސް އުޅޭނެއެވެ. މިސާލަކަށް މިދެންނެވި މީހުންގެ ތެރެއިން މީހަކު މައުމޫނަށް ވޯޓުލާފައި މިބުނަނީ “ޑރ.ހަސަން ސައީދުއަށް ވޯޓް ނުލީ ނުވަތަ ޑރ.މުނައްވަރަށް ވޯޓް ނުލީ އެބޭފުޅުން އިންތިޚާބުގައި ފެއިލްވާނެކަމަށް ފެންނާތީވެ އަޅުގަޑުގެ ވޯޓް ބޭކާރު ކޮށްނުލަންވެގެންނެވެ.” މިގޮތަށް ކަންތައް ކުރުމުން ދޭހަވަނީ ކޮންކަމެއް ހެއްޔެވެ؟ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު .
ރާއްޖޭގައި މިހާތަނަށް ބޭއްވުނު އިންތިޚާބުތަކުގައި ގިނައިން ކާމިޔާބު ހޯއްދަވާފައިވަނީ އެމަގާމުގައި ތިއްބެވި ބޭފުޅުންނެވެ. މައުމޫނު އޮފީހުގައި ހުންނަވައިގެން އެދަނީ ކޮންމެ ފަސްއަހަރަކުން އިންތިޚާބު ކާމިޔާބު ކުރަށްވަމުންނެވެ. އަދި ހަމަ އެހެންމެ ރައްޔިތުންގެ މަޖްލިސްގެ މެންބަރުންނަށް ބައްލަވާލައްވާށެވެ. ދިހަ ބާރައަހަރު މަޖުލިހުގެ ގޮނޑި ފުރުއްވާފައި ތިއްބެވި ބޭފުޅުން އަދިވެސް އެތިއްބެވީ ހަމަ އެގޮނޑީގައެވެ. ގިނަފަހަރު މިދެންނެވި ބޭފުޅުން މާބޮޑު ކެންޕޭނެއް ނުވެސް ކުރެއެވެ. އެހެނީ އަޅުގަޑުމެންތިބެނީ އެމީހުން ހޮވޭނެކަމަށް ބަލައިގެން އެމީހުންނަށް ވޯޓްދޭން ތައްޔާރަށެވެ. މިގޮތަށް ވޯޓް ދެއްވުމުން އަޅުގަޑުމެންދޭ ވޯޓް އެވެގެންދަނީ ބޭކާރު އެއްޗަކަށެވެ. މަޖުލީހަށް މުޅިން އާ މެމްބަރަކު ކުރިމަތިލަށްވައިގެން ކާމިޔާބު ކުރެއްވެނީ ވަރަށް މަދު ބޭފުޅަކަށެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދ..
މިދެންނެވި މަދު ބޭފުޅުންގެ ތެރެއިން ވަރަށް ފުރިހަމަ ތާއީދާއެކު ހޮވިވަޑައިގެންނެވި އެއްބޭފުޅަކީ އައްޑޫ މެމްބަރު އަސްލަމުއެވެ. އޭރު އަސްލަމް މަޖުލިހަށް ކުރިމަތިލެއްވިއިރުވެސް ކުރިން ގޮޑި ފުރުއްވަމުން ގެންދެވި ބޭފުޅުންވެސް ކުރިމަތިލެއްވިއެވެ. އޭރުވެސް އަޅުގަޑުމެން އިންތިޚާބުތަކާއިމެދު ދެކެމުން އައީ ކުރިންދެންނެވިހެން “ބޭކާރު” އެއްޗެއްގެ ގޮތުގައެވެ. ހަމަ އެކަނި ތަފާތަކީ އެދުވަސްވަރު އައްޑޫގެ ރައްޔިތުން ބަދަލަކަށް ބޭނުންވެފައިވާލެއް ބޮޑުކަމެވެ. މި ބަދަލު އިންތިޚާބު މެދުވެރިކޮށް ކާމިޔާބު ކުރުމަށްޓަކައި ވޯޓްލާން ގިނައަދަދެއްގެ ބަޔަކު އެފަހަރު ނިކުތެވެ. އަދި އެމީހުން ވޯޓުގެ ބޭނުން އެއްމެ ފުރިހަމަގޮތުގައި ހިފިއެވެ. ވީމާ ގަބޫލުކުރަން ޖެހޭހަގީގަތަކީ މައުމޫނު ކިތައްމެގިނަ ދުވަހު ވެރިކަންކޮށް އޮފީހުގައި ހުއްޓަސް މައުމޫނާއި ވާދަކުރާ ކެންޑިޑޭޓުންނަށްވެސް ކާމިޔާބު ހޯދިދާނެކަމެވެ. ވޯޓްލުމުގެ ހައްގު ލިބިގެންވާ އެއްމެން ވޯޓުގައި ބައިވެރިވެ އެމީހަކު ސަޕޯޓްކުރާ ކެންޑިޑޭޓަކަށް ވޯޓް ދެއްވުމުން ވޯޓުގެ ބޭނުން އެއްމެ ފުރިހަމަގޮތުގައި ބޭނުންކުރެވުނީއެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމުގެ އެއްމަސްކުރިން ކަންތަށް ހިގާފާނެގޮތުގެ ޚިޔާލީ ތަސައްވުރެއް ގެންނާށެވެ. ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި މިތިއްބެވީ މައުމޫނު، ޑރ.ހަސަން، ޑރ. މުނައްވަރު، އިދުހާމު، އުމަރު ނަސީރުއެވެ. ޚިޔާލު ހޯދުމުގެ ވޯޓުން ދައްކަނީ މައުމޫނު %45 ޑރ.ހަސަން %25 ޑރ.މުނައްވަރު %15 އުމަރު %10 އަދި އެއްމެ ފަހަތުން އިދުހާމު %5އެވެ. ޝާހިދު ޝާހިދު ޝާހިދު ޝާހިދުލައިވް. ޝާހިދުލައިވް ޝާހިދުލައިވް ޝާހިދުލައިވް ޝާހިދުލައިވް ޝާހިދުލައިވް
އަހަރެމެން ކޮންމެގޮތަކަށް ވޯޓުލިއަސް އެތައްހާސް ވޯޓެއްގެ ތަފާތުން މައުމޫނު ހޮވޭނެކަން މިޚިޔާލު ހޯދުމުގެ ވޯޓުން އެބަދައްކައެވެ. މިހާލަތުގައި އިދުހާމަށް ވޯޓު ދިނުމަކީ ޑރ.ހަސަންއަށް ވޯޓު ދިނުމަށްވުރެވެސް ބޭކާރު ކަމަކަށްވެދާނެކަމަށް އެބަ ހީފުޅުކުރެވޭ ނޫންތޯއެވެ؟ މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މައުމޫނުގެ ސަޕޯޓަރުން ފިޔަވައި ދެންތިއްބެވި ކެންޑިޑޭޓުންގެ ސަޕޯޓަރުންނަށް ވަރަށް އުދަގޫ ނިންމުމެއް ނިންމަންޖެހޭނެއެވެ. މިނިންމުން އެއްމެ ރަނގަޅުގޮތުގައި ނިންމުމަށްޓަކައި ތިރީގައި މިހުށަހަޅާ 3 ސުވާލަށް ވަރަށް ވިސްނައިގެން ފަރުވާތެރިކަމާއިއެކު ޖަވާބު ދެއްވާށެވެ. ޝާހިދު ޝާހިދު ޝާހިދު ޝާހިދު
ކޮންމެ ފަސްއަހަރަކުން އެއްފަހަރު ރައީސަކު ހޮވުމަށް އިންތިޚާބެއް ބާއްވަނީ ކީއްކުރަންހެއްޔެވެ؟
ވޯޓުލުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟
އަޅުގަޑުމެން ވޯޓުލާން ޖެހެނީ ކީއްވެގެން ހެއްޔެވެ؟
(ނުނިމޭ)

Leave a Reply