މިއަހަރަކީ ދިވެހިންނަށް އެމީހުންގެ ކުރިމަގު ބިނާކުރުމަށްޓަކައި ވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ އަހަރެކެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ރާއްޖޭގެ އިދިކޮޅު އެއްމެ ބޮޑު ޕާޓީ އެމް.ޑީ.ޕީން އެ ޕާޓީގެ ޕްރައިމަރީސް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ޕްރައިމަރީސްގައި މިހާތަނަށް ތިންބޭފުޅަކު ވާދަކުރެއްވުމަށް ވަނީ ފައިނަގާފައެވެ. މިތިންބޭފުޅުންގެ ތެރެއިން އެމްޑީޕީގެ މެމްބަރުން ހޮވާމީހަކީ އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ކެންޑިޑޭޓެވެ. ވީމާ އެމްޑީޕީގެ މެމްބަރުންނަށް މިއިންތިޚާބަކީވެސް ވަރަށް މުހިއްމު އިންތިޚާބެކެވެ. މެޗްގައި އެއްމެ ގިނަ ގޯލް ޖަހާފާނެ ކަމަށްބެލެވޭ މީހާއައް މޭންއޮފްދަ މެޗް ދީފި ކަމުގައިވަނީނަމަ ޕާޓީގެ ޕްރައިމަރީސް ބޭއްވުމުކީވެސް “ބޭކާރު” ކަމެކެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

މިވެނި މީހަކު ޕާޓީން ނެރެފިއްޔާމު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވާނެއޭ ކިޔާ ވާހަކަދައްކާއަޑު މިހާރުވެސް މިދަނީ އިވެމުންނެވެ. ނަމަވެސް މިވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯއެވެ؟ 1976 ވަނަ އަހަރު އެމެރިކާގެ ރެޕަބްލިކަން ޕާޓީން ވެރިކަމަށް ވާދަކުރާނޭ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރެޒިޑެންޓަލް ނޮމިނޭޝަންގައި ވާދަ ކުރެއްވީ ރޭގަން އާއި ފޯޑް އެވެ. މިނޮމިނޭޝަންގައި ރެޕަބްލިކަން ޕާޓީގެ މެމްބަރުން ފޯޑް އިންތިޚާބުކުރީ ރޭގަންއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ގަބޫލުކޮށްފައެވެ. ނަމަވެސް 1977ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފޯޑް ނާކާމިޔާބުވީ އޭރުގެ އެހާ “މަޝްހޫރު ނޫން” ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖިމީ ކާޓާރ އާއި ވާދަކުރަށްވައިގެންނެވެ. އޭގެ ހަތަރުއަހަރު ފަހުން 1981 ވަނަ އަހަރު ރޭގަން އެމެރިކާގެ ވެރިކަމާއި ހަވާލުވެ 1989ވަނަ އަހަރާއި ހަމަޔަށް ވެރިކަން ކުރެއްވިއެވެ. ވީމާ މިފަދަ އިންތިޚާބެއްގައި ކާމިޔާބު ހޯދާނެ މީހަކު ލަފާކުރަން އެގޭ މިންވާރާއި މެދު ސުވާލުކުރެވޭނެ ޖާގަ ވަރަށް ބޮޑަށް އެބައޮތެވެ. އެމެރިކާގެ ސިޔާސީ މައިދާނުން މިސާލެއް މިގެނެސްދިނީ އެއްގޮތަކަށްވެސް އެމެރިކާއާއި ދިވެހި ރާއްޖެ އެއްފަންތި ކުރާކަށެއް ނޫނެވެ. އެމްޑީޕީން މިބާއްވާ ޕްރައިމަރީސް ނުވަތަ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިޚާބަކީ ދިވެހިންނަށް މުޅިން އާކަމަކަށް ވުމާއިއެކު ގޯލު ނުޖަހަނީސް މޭން އޮފް ދަމެޗް ދިނުމުން ޕާޓީއަށް ކުރިމަތިވެދާނެ ނާކާމިޔާބު ފާހަގަ ކޮށްލުމުގެ ގޮތުންނެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

މި ޕްރައިމަރީސް ގައި ރާއްޖޭގެ އެއްމެ ބޮޑު އިދިކޮޅު ޕާޓީގެ ނިންމުންވާންޖެހޭނީ ވަރަށް ހަރުދަނާ ނިންމުމަކަށެވެ. އިދިކޮޅު ޕާޓީއޭ ބުނުމުން އަދިވެސް ބައެއްބޭފުޅުންނަށް ގަބޫލުކުރެވެނީ އެޕާޓީއަކީ ގައުމެއްގައި ހިނގާ ގާނޫނާއި ޚިލާފް އިދިކޮޅު އަމަލުތައް ރާވައި ހިންގާ ޕާޓީކަމަށެވެ. ނަމަވެސް މިވިސްނުމަކީ ޕާޓީސިސްޓަމް ދިވެހިރާއްޖޭގައި ތައާރަފްކުރި ރޫހާއި ޚިލާފު ވިސްނުމެކެވެ. އިދިކޮޅު ޕާޓީއަކީ ރައްޔިތުންގެ ތާއީދާއެކު ސަރުކާރާއި ހަވާލުވާން ތައްޔާރުވެގެން އޮންނަ ޕާޓީއެވެ. މިގޮތުން އިދިކޮޅު ޕާޓީއަށް ވެރިކަމަށް އާދެވިއްޖެނަމަ، ވެރިކަމުން ވެއްޓުނު ޕާޓީވާނީ އެގައުމެއްގެ އިދިކޮޅު ޕާޓީއަށެވެ. މިސާލަކަށް މިއަންނަ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ކުރިލިބިއްޖެނަމަ މިހާރު ވެރިކަންކުރާ ޕާޓީކަމަށް ދައުވާކުރާ ޑީއާރުޕީ ވާނީ އިދިކޮޅު ޕާޓީއަކަށެވެ. ގައުމެއްގެ އިދިކޮޅު ޕާޓީތައް ވަރުގަދަވުމަކީ އެގައުމެއްގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ފައިދާކުރާނެކަމެކެވެ. ޚާއްސަކޮށް ނަގާކިޔާ ޕާޓީ ހަރުދަނާވެ ވަރުގަދަވީ ވަރަކަށް ސަރުކާރު ހިންގާ ޕާޓީއަށް ޕްރެޝަރު ބޮޑުވާނެއެވެ. މިދެންނެވި ޕްރެޝަރުގެ ސަބަބުން ދިވެހި ރާއްޖޭގެ ސަރުކާރު މިހާރު ހިންގަންތިބި މީހުންނަށްވެސް ވަނީ އިދިކޮޅު ޕާޓީތަކުން ބޭނުންވާ ކަންތައްތަކަށް މަގުފަހިކޮށްދޭންޖެހިފައެވެ. ރައްޔިތުންގެ ރުހުމާއިއެކު ނޫނީ ވެރިކަމުގައި ދެމިނުތިބެވޭނެކަން ޔަގީންވާތީއެވެ.(ނުނިމޭ)ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

Leave a Reply