ތަރައްގީގެ އުސްމިންތައް ހާސިލު ކުރަމުންދާވަރަކަށް މިގައުމަށް އެތެރެވަމުން އަންނަ ބިދޭސީ މަސައްކަތު މީހުންގެ އާބާދީވެސް މިދަނީ އުފުލި މަތިވަމުންނެވެ. މިދިޔަ ޖެނުއަރީގެ ނިޔަލަށް މިއަދަދު ވަނީ 77,000 އަރާފައެވެ. މިއީ ދިވެހި ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީގެ ދެބައިކުޅަ އެއްބައި އަދަދެކެވެ. މި ތަރަށްގީގެ އަސަރު މިވަނީ އަޅުގަޑުމެންގެ މިކުޑަ އާބާދީއަށްވެސް ވަރަށް ބޮޑަށް ފޯރާފައެވެ. ކުއްޔަށް ގެނެސްފައި ތިބޭ ބިދޭސީންނާއި، ގަވާއިދުން ބިދޭސީން އެތެރެކުރުމުގެ ކޯޓާގެ ދަށުން ގެނެސްފައި ތިބޭ ބިދޭސީން މިދަނީ ދުވަހެއް ދުވަހަކަށް މިރަށުގައި އިތުރުވަމުންނެވެ. ބިދޭސީ މަސައްކަތު މީހުންގެ އާބާދީ ބޮޑުވުމުގެ ސަބަބުން ރަށުގައި ތިބެގެން އާމްދަނީ ހޯދަމުންއައި މީހުންނަށްވަނީ އެމީހުންގެ މަސައްކަތް ގެއްލިފައެވެ.މި މީހުންލައްވާ ދިވެހި މަސައްކަތްތެރިންގެ އަގުވަށްޓާލުމަކީވެސް ތަރަށްގީއެވެ. މީގެ އިތުރުން އާއިލާގައި ހިމެނޭ އުމުރުން ދުވަސްވީ ބަލިމީހުން ބެލެހެއްޓުމުގެ މަސައްކަތުގައިވެސް ހުންނާނީ ބަންގްލަދޭޝް މީހެއް ނުވަތަ އިންޑިއާ މީހެކެވެ. ދުވަސްކޮޅަކުން ފެންނާނީ ކާފަ މާމަ ބެލުމުގެ ލާމަސީލު އެވޯޑް ދޭތަނެވެ. ގޭގަ ގެންގުޅޭ މީހެއްގެ ނަމުގައި މި މީހުންގެނެސް ރަށުތެރޭގެ އެކި މަސައްކަތަކަށް ފޮނުވައިގެން އާމްދަނީ ހޯދުމަކީވެސް ތަރަށްގީއެވެ. އާމްދަނީ ހޯދުމަށްޓަކައި ހެދިފައިވާ ގާނޫނުތަކަށާއި، ގަވާއިދުތަކަށް ބޯނުލެބުމީވެސް އަހަރެމެން އެއްމެ އާދައިގެ މީހުންވެސް ހޯދާފައިވާ ތަރަށްގީގެ އުސްމިނެއް ނޫންތޯއެވެ؟ ޝާހިދު  ޝާހިދު  ޝާހިދު  ޝާހިދު  ޝާހިދު  ޝާހިދު  ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

ކަން މިހެންއޮތްއިރު ފައިސާވެރިން ހޯދާފައިވާ ތަރަށްގީއަށް ވިސްނާލަށްވާށެވެ. ދިވެހި ރާއްޖޭގެ އެއްމެ ބޮޑު އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމްއަށް ބައްލަވާލައްވާށެވެ. ރިސޯރޓްތަކުގައި ދިވެހިންނަށްވުރެ ބިދޭސީން ގިނަވާހަކަ މިދޭތެރޭ މީޑިއާގެ ފަލަސުރުޚީއަށް އައިސްގެން ޓޫރިޒަމުން މިކަން ބެއްލެވިއިރު ގަސްފިނޮޅު ރިސޯޓްގައި ވަޒީފާއަދާކުރާ ތިބީ އެއްމެ ދެދިވެހިންނެވެ. އައްޑު އަތޮޅު ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ [ރިސޯޓްގެ ނަން އުނިކުރެވިފައި] ހާލަތު ބައްލަވާލަށްވާށެވެ. މުޅި އައްޑު އަތޮޅުގައި މަސްކަނޑަން ދަންނަ މީހަކުވެސް ނެތީހެއްޔެވެ؟ މިސުވާލަށް “ތަރަށްގީގެ” މޭސްތިރިން ދެއްވާނެ ޖަވާބަކީ ދިވެހިން ނުލިބެނީއެވެ. ދުވަހަކުވެސް ދިވެހިން ނުލިބޭ ސަބަބެއް ހާމަނުކުރަށްވާނެއެވެ. އިންޓަނެޓް ފޯރަމެއްގައި ދިވެހިން [ރިސޯޓްގެ ނަން އުނިކުރެވިފައި] ވަޒީފާތަކަށް ނުދާ ސަބަބު ހާމަކުރުމުން އެކަމާއި ގުޅިގެން 1.30މިނެޓް ވަންދެން ރިސޯޓް މެނޭޖަރުގެ ސުވާލުތަކަށް އަޅުގަޑަށް ޖަވާބުދޭން ޖެހުނެވެ. އަޅުގަޑު ދެންނެވި ވާހަކަތަކަށް މެނޭޖަރު އެއްބަސްވެލެއްވުމަށްފަހުވެސް ވަޒީފާގައިދޭ ފުރަތަމަ އިންޒާރު ދިނެވެ. ރިސޯރޓްގެ ކޮންޓްރެކްޓާއި ޚިލާފްވެގެނެއް ނޫނެވެ. ހަގީގަތް ހާމަކުރީތީއެވެ. އެހެންނަމަވެސް ދިވެހިން ވަޒީފާތަކަށް ނުލިބޭ ސަބަބު މިލިއުމުގައިވެސް ހާމަކޮށްލާނަމެވެ. 2200ރުފިޔާގެ މުސާރައިން އެވްރެޖް އާއިލާއެއްގެ ޚަރަދުގެ ތިންބައިކުޅަ އެއްބައިވެސް ނުފުއްދޭނެއެވެ. ވީމާ މިދެންނެވެ މުސާރަ ރިސޯޓްގެ އެވްރެޖް މުސާރަކަމަށް ހަމަޖައްސާފައިވަނީ ކޮންބޭނުމަކު ހެއްޔެވެ؟ޝާހިދު ޝާހިދު ޝާހިދު ޝާހިދު

މަތީގައި މިދެންނެވި ވާހަކަތަކީ އަސްލު އަޅުގަޑު މިލިޔުން ކުރިއަށްގެންދަން ބޭނުންވާ މައުޟޫއެއް ނޫނެވެ. ނަމަވެސް ތަރަށްގީގެ ބައެއްވީމަ ހިމަނާލީއެވެ. ބޭރުމީހުން ގިނަވުމުން ލިބޭނެ މާލީ ފައިދާތައް އެގިލައްވާނީ ބޭރުމީހުން ގެންގުޅޭ ފަރާތްތަކަށާއި އިގްތިސާދީ މާހިރުންނަށެވެ. ނަމަވެސް ބޭރުމީހުން މިރާއްޖޭގައި ގިނަވުމުގެ ސަބަބުން އިޖްތިމާއީ ގޮތުން ކުރަމުންދާ ނޭދެވޭ އަސަރު ދެނެގަތުމަށްޓަކައި އިޖްތިމާއީ ރޮނގުން ޕީއެޗްޑީ ހަދާކަށް ނުޖެހެވެ. އެއްމެ ކޮށި ވިސްނުން ހުންނަ މީހަކަށްވެސް ވިސްނޭފަދަ މަންޒަރުތަށް މިދަނީ މިކުޑަ ކުޑަ ރާއްޖެއިން ފެންނަމުންނެވެ. ހަސަންރަސްގެފާނު ގެންނެވި 70 ބިދޭސީ އަޅުންނާއި ހިސާބުން ފެށިގެން މިއަދާއި ހަމައަށް އައިރު ބިދޭސީ މަސައްކަތު މީހުންގެ ނުރަށްކާ މިވަނީ އިންތިހާއަށް ގޮސްފައެވެ. ދިވެހިންނާއި މެދު އެމީހުން ހިންގާ ޖަރީމާތަކުގެ އިތުރުން އެމީހުން އެމީހުންނަށް ހިންގާޖަރީމާތަކުގައި މީހުން ގަތުލުވެސް ކުރަނީއެވެ. މީގެ އިތުރުންވެސް އަޅުގަޑުމެން އެއްމެ ކަންބޮޑުވާންޖެހޭ އެއް މައްސަލައަކީ ބަދު އަޚްލާގީ މައްސަލަތަކެވެ. އަޅުގަޑުމެންގެ ކުޑަ ކުދިންނަށާއި މުސްކުޅިންނަށް މި މީހުންގެ ފަރާތުން ލިބޭ ޖިންސީ އަނިޔާތަކެވެ. މިދެންނެވި ފަދަ ޖިންސީ އަނިޔާތަކާއި ގޯނާކުރުންތަކަކީ މިރަށުގައިވެސް ހިނގާފައިވާ އަދި ހިނގަމުންދާ ކަންތައްތަކެވެ. އިއްޔެރޭ ހުޅުދޫގައި ބަންގްލަދޭޝް މަސައްކަތު މީހަކު އުމުރުން 62 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރީ ވަޅިން ބިރުދައްކައިގެންނެވެ. ވީމާ އަޅުގަޑުމެންގެ އުމުރުން ދުވަސްވީ މީހަކަށް ނޫނީ ކުޑަކުއްޖަކަށް މިފަދަ ގޯނާއެއް މާދަމާ ނުކުރާނެ ކަމުގެ އޮތީ ކޮންޔަގީން ކަމެއްހެއްޔެވެ؟ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

Leave a Reply