Archive

Archive for March, 2008

Dhivehinge ninmun: Vote beykaaru nukurasheve

އެމްޑީޕީގެ ޕްރައިމަރީސް އަދި ރިޔާސީ އިންތިޚާބުގައިވެސް އަޅުގަޑުމެން ވޯޓުދޭއިރު ކޮންމެހެން ހޮވޭނެކަމަށް ހީވާމީހަކަށް ވޯޓުދޭކަށް ނުޖެހެއެވެ. ހޮވޭނެހެންހީވާ ކެންޑިޑޭޓަކަށް ވޯޓުދީ ނަތީޖާ އިއުލާން ނުކުރަނީސް ހޮވޭނެ ކެންޑިޑޭޓަކު ލަފާކުރުމުން އަޅުގަޑުމެންނަށް ލިބެނީ ކޮންއެއްޗެއްހެއްޔެވެ؟ މިއަންނަ ރިޔާސީ އިންތިޚާބަށް ބަލާލާއިރު މިހާތަނަށް ވާދަކުރާނެކަމަށް އިއުލާން ކޮށްފައިވާ ކެންޑިޑޭޓުންގެ ލިސްޓުގައި މިތިއްބެވީ މައުމޫނު ފިޔަވައި މުޅިންވެސް ރައީސްކަން ކުރެއްވުމަށް އާ ބޭފުޅުންނެވެ. މައުމޫނުއަކީ މިހާރުވެސް އޮފީސް ހިންގެވުމާއި ހަވާލުވެގެން ހުރި މީހާއެވެ. ވީމާ މިއިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތުވެސް ބޮޑީ މައުމޫނުއަށް ކަމަށް ހީކުރާ މީހުން މަދެއްނުވާނެއެވެ. މީގެ ތެރޭގައި މައުމޫނުގެ ވެރިކަން ބަދަލުވުމަށް އެދޭ އެހެނިހެން ކެންޑިޑޭޓުންގެ ސަޕޯޓަރުންވެސް އުޅޭނެއެވެ. މިސާލަކަށް މިދެންނެވި މީހުންގެ ތެރެއިން މީހަކު މައުމޫނަށް ވޯޓުލާފައި މިބުނަނީ “ޑރ.ހަސަން ސައީދުއަށް ވޯޓް ނުލީ ނުވަތަ ޑރ.މުނައްވަރަށް ވޯޓް ނުލީ އެބޭފުޅުން އިންތިޚާބުގައި ފެއިލްވާނެކަމަށް ފެންނާތީވެ އަޅުގަޑުގެ ވޯޓް ބޭކާރު ކޮށްނުލަންވެގެންނެވެ.” މިގޮތަށް ކަންތައް ކުރުމުން ދޭހަވަނީ ކޮންކަމެއް ހެއްޔެވެ؟ Read more…

ދިވެހިންގެ ނިންމުން: ވޯޓް ބޭކާރުކޮށްނުލާށެވެ.2

މިއަހަރަކީ ދިވެހިންނަށް އެމީހުންގެ ކުރިމަގު ބިނާކުރުމަށްޓަކައި ވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ އަހަރެކެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ރާއްޖޭގެ އިދިކޮޅު އެއްމެ ބޮޑު ޕާޓީ އެމް.ޑީ.ޕީން އެ ޕާޓީގެ ޕްރައިމަރީސް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ޕްރައިމަރީސްގައި މިހާތަނަށް ތިންބޭފުޅަކު ވާދަކުރެއްވުމަށް ވަނީ ފައިނަގާފައެވެ. މިތިންބޭފުޅުންގެ ތެރެއިން އެމްޑީޕީގެ މެމްބަރުން ހޮވާމީހަކީ އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ކެންޑިޑޭޓެވެ. ވީމާ އެމްޑީޕީގެ މެމްބަރުންނަށް މިއިންތިޚާބަކީވެސް ވަރަށް މުހިއްމު އިންތިޚާބެކެވެ. މެޗްގައި އެއްމެ ގިނަ ގޯލް ޖަހާފާނެ ކަމަށްބެލެވޭ މީހާއައް މޭންއޮފްދަ މެޗް ދީފި ކަމުގައިވަނީނަމަ ޕާޓީގެ ޕްރައިމަރީސް ބޭއްވުމުކީވެސް “ބޭކާރު” ކަމެކެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

މިވެނި މީހަކު ޕާޓީން ނެރެފިއްޔާމު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވާނެއޭ ކިޔާ ވާހަކަދައްކާއަޑު މިހާރުވެސް މިދަނީ އިވެމުންނެވެ. ނަމަވެސް މިވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯއެވެ؟ 1976 ވަނަ އަހަރު އެމެރިކާގެ ރެޕަބްލިކަން ޕާޓީން ވެރިކަމަށް ވާދަކުރާނޭ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރެޒިޑެންޓަލް ނޮމިނޭޝަންގައި ވާދަ ކުރެއްވީ ރޭގަން އާއި ފޯޑް އެވެ. މިނޮމިނޭޝަންގައި ރެޕަބްލިކަން ޕާޓީގެ މެމްބަރުން ފޯޑް އިންތިޚާބުކުރީ ރޭގަންއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ގަބޫލުކޮށްފައެވެ. ނަމަވެސް 1977ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފޯޑް ނާކާމިޔާބުވީ އޭރުގެ އެހާ “މަޝްހޫރު ނޫން” ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖިމީ ކާޓާރ އާއި ވާދަކުރަށްވައިގެންނެވެ. އޭގެ ހަތަރުއަހަރު ފަހުން 1981 ވަނަ އަހަރު ރޭގަން އެމެރިކާގެ ވެރިކަމާއި ހަވާލުވެ 1989ވަނަ އަހަރާއި ހަމަޔަށް ވެރިކަން ކުރެއްވިއެވެ. ވީމާ މިފަދަ އިންތިޚާބެއްގައި ކާމިޔާބު ހޯދާނެ މީހަކު ލަފާކުރަން އެގޭ މިންވާރާއި މެދު ސުވާލުކުރެވޭނެ ޖާގަ ވަރަށް ބޮޑަށް އެބައޮތެވެ. އެމެރިކާގެ ސިޔާސީ މައިދާނުން މިސާލެއް މިގެނެސްދިނީ އެއްގޮތަކަށްވެސް އެމެރިކާއާއި ދިވެހި ރާއްޖެ އެއްފަންތި ކުރާކަށެއް ނޫނެވެ. އެމްޑީޕީން މިބާއްވާ ޕްރައިމަރީސް ނުވަތަ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިޚާބަކީ ދިވެހިންނަށް މުޅިން އާކަމަކަށް ވުމާއިއެކު ގޯލު ނުޖަހަނީސް މޭން އޮފް ދަމެޗް ދިނުމުން ޕާޓީއަށް ކުރިމަތިވެދާނެ ނާކާމިޔާބު ފާހަގަ ކޮށްލުމުގެ ގޮތުންނެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

މި ޕްރައިމަރީސް ގައި ރާއްޖޭގެ އެއްމެ ބޮޑު އިދިކޮޅު ޕާޓީގެ ނިންމުންވާންޖެހޭނީ ވަރަށް ހަރުދަނާ ނިންމުމަކަށެވެ. އިދިކޮޅު ޕާޓީއޭ ބުނުމުން އަދިވެސް ބައެއްބޭފުޅުންނަށް ގަބޫލުކުރެވެނީ އެޕާޓީއަކީ ގައުމެއްގައި ހިނގާ ގާނޫނާއި ޚިލާފް އިދިކޮޅު އަމަލުތައް ރާވައި ހިންގާ ޕާޓީކަމަށެވެ. ނަމަވެސް މިވިސްނުމަކީ ޕާޓީސިސްޓަމް ދިވެހިރާއްޖޭގައި ތައާރަފްކުރި ރޫހާއި ޚިލާފު ވިސްނުމެކެވެ. އިދިކޮޅު ޕާޓީއަކީ ރައްޔިތުންގެ ތާއީދާއެކު ސަރުކާރާއި ހަވާލުވާން ތައްޔާރުވެގެން އޮންނަ ޕާޓީއެވެ. މިގޮތުން އިދިކޮޅު ޕާޓީއަށް ވެރިކަމަށް އާދެވިއްޖެނަމަ، ވެރިކަމުން ވެއްޓުނު ޕާޓީވާނީ އެގައުމެއްގެ އިދިކޮޅު ޕާޓީއަށެވެ. މިސާލަކަށް މިއަންނަ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ކުރިލިބިއްޖެނަމަ މިހާރު ވެރިކަންކުރާ ޕާޓީކަމަށް ދައުވާކުރާ ޑީއާރުޕީ ވާނީ އިދިކޮޅު ޕާޓީއަކަށެވެ. ގައުމެއްގެ އިދިކޮޅު ޕާޓީތައް ވަރުގަދަވުމަކީ އެގައުމެއްގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ފައިދާކުރާނެކަމެކެވެ. ޚާއްސަކޮށް ނަގާކިޔާ ޕާޓީ ހަރުދަނާވެ ވަރުގަދަވީ ވަރަކަށް ސަރުކާރު ހިންގާ ޕާޓީއަށް ޕްރެޝަރު ބޮޑުވާނެއެވެ. މިދެންނެވި ޕްރެޝަރުގެ ސަބަބުން ދިވެހި ރާއްޖޭގެ ސަރުކާރު މިހާރު ހިންގަންތިބި މީހުންނަށްވެސް ވަނީ އިދިކޮޅު ޕާޓީތަކުން ބޭނުންވާ ކަންތައްތަކަށް މަގުފަހިކޮށްދޭންޖެހިފައެވެ. ރައްޔިތުންގެ ރުހުމާއިއެކު ނޫނީ ވެރިކަމުގައި ދެމިނުތިބެވޭނެކަން ޔަގީންވާތީއެވެ.(ނުނިމޭ)ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

ދިވެހިންގެ ތަރަށްގީ: ބިދޭސީ މަސައްކަތު މީހުންގެ އާބާދީ

ތަރައްގީގެ އުސްމިންތައް ހާސިލު ކުރަމުންދާވަރަކަށް މިގައުމަށް އެތެރެވަމުން އަންނަ ބިދޭސީ މަސައްކަތު މީހުންގެ އާބާދީވެސް މިދަނީ އުފުލި މަތިވަމުންނެވެ. މިދިޔަ ޖެނުއަރީގެ ނިޔަލަށް މިއަދަދު ވަނީ 77,000 އަރާފައެވެ. މިއީ ދިވެހި ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީގެ ދެބައިކުޅަ އެއްބައި އަދަދެކެވެ. މި ތަރަށްގީގެ އަސަރު މިވަނީ އަޅުގަޑުމެންގެ މިކުޑަ އާބާދީއަށްވެސް ވަރަށް ބޮޑަށް ފޯރާފައެވެ. ކުއްޔަށް ގެނެސްފައި ތިބޭ ބިދޭސީންނާއި، ގަވާއިދުން ބިދޭސީން އެތެރެކުރުމުގެ ކޯޓާގެ ދަށުން ގެނެސްފައި ތިބޭ ބިދޭސީން މިދަނީ ދުވަހެއް ދުވަހަކަށް މިރަށުގައި އިތުރުވަމުންނެވެ. ބިދޭސީ މަސައްކަތު މީހުންގެ އާބާދީ ބޮޑުވުމުގެ ސަބަބުން ރަށުގައި ތިބެގެން އާމްދަނީ ހޯދަމުންއައި މީހުންނަށްވަނީ އެމީހުންގެ މަސައްކަތް ގެއްލިފައެވެ.މި މީހުންލައްވާ ދިވެހި މަސައްކަތްތެރިންގެ އަގުވަށްޓާލުމަކީވެސް ތަރަށްގީއެވެ. މީގެ އިތުރުން އާއިލާގައި ހިމެނޭ އުމުރުން ދުވަސްވީ ބަލިމީހުން ބެލެހެއްޓުމުގެ މަސައްކަތުގައިވެސް ހުންނާނީ ބަންގްލަދޭޝް މީހެއް ނުވަތަ އިންޑިއާ މީހެކެވެ. ދުވަސްކޮޅަކުން ފެންނާނީ ކާފަ މާމަ ބެލުމުގެ ލާމަސީލު އެވޯޑް ދޭތަނެވެ. ގޭގަ ގެންގުޅޭ މީހެއްގެ ނަމުގައި މި މީހުންގެނެސް ރަށުތެރޭގެ އެކި މަސައްކަތަކަށް ފޮނުވައިގެން އާމްދަނީ ހޯދުމަކީވެސް ތަރަށްގީއެވެ. އާމްދަނީ ހޯދުމަށްޓަކައި ހެދިފައިވާ ގާނޫނުތަކަށާއި، ގަވާއިދުތަކަށް ބޯނުލެބުމީވެސް އަހަރެމެން އެއްމެ އާދައިގެ މީހުންވެސް ހޯދާފައިވާ ތަރަށްގީގެ އުސްމިނެއް ނޫންތޯއެވެ؟ ޝާހިދު  ޝާހިދު  ޝާހިދު  ޝާހިދު  ޝާހިދު  ޝާހިދު  ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

ކަން މިހެންއޮތްއިރު ފައިސާވެރިން ހޯދާފައިވާ ތަރަށްގީއަށް ވިސްނާލަށްވާށެވެ. ދިވެހި ރާއްޖޭގެ އެއްމެ ބޮޑު އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމްއަށް ބައްލަވާލައްވާށެވެ. ރިސޯރޓްތަކުގައި ދިވެހިންނަށްވުރެ ބިދޭސީން ގިނަވާހަކަ މިދޭތެރޭ މީޑިއާގެ ފަލަސުރުޚީއަށް އައިސްގެން ޓޫރިޒަމުން މިކަން ބެއްލެވިއިރު ގަސްފިނޮޅު ރިސޯޓްގައި ވަޒީފާއަދާކުރާ ތިބީ އެއްމެ ދެދިވެހިންނެވެ. އައްޑު އަތޮޅު ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ [ރިސޯޓްގެ ނަން އުނިކުރެވިފައި] ހާލަތު ބައްލަވާލަށްވާށެވެ. މުޅި އައްޑު އަތޮޅުގައި މަސްކަނޑަން ދަންނަ މީހަކުވެސް ނެތީހެއްޔެވެ؟ މިސުވާލަށް “ތަރަށްގީގެ” މޭސްތިރިން ދެއްވާނެ ޖަވާބަކީ ދިވެހިން ނުލިބެނީއެވެ. ދުވަހަކުވެސް ދިވެހިން ނުލިބޭ ސަބަބެއް ހާމަނުކުރަށްވާނެއެވެ. އިންޓަނެޓް ފޯރަމެއްގައި ދިވެހިން [ރިސޯޓްގެ ނަން އުނިކުރެވިފައި] ވަޒީފާތަކަށް ނުދާ ސަބަބު ހާމަކުރުމުން އެކަމާއި ގުޅިގެން 1.30މިނެޓް ވަންދެން ރިސޯޓް މެނޭޖަރުގެ ސުވާލުތަކަށް އަޅުގަޑަށް ޖަވާބުދޭން ޖެހުނެވެ. އަޅުގަޑު ދެންނެވި ވާހަކަތަކަށް މެނޭޖަރު އެއްބަސްވެލެއްވުމަށްފަހުވެސް ވަޒީފާގައިދޭ ފުރަތަމަ އިންޒާރު ދިނެވެ. ރިސޯރޓްގެ ކޮންޓްރެކްޓާއި ޚިލާފްވެގެނެއް ނޫނެވެ. ހަގީގަތް ހާމަކުރީތީއެވެ. އެހެންނަމަވެސް ދިވެހިން ވަޒީފާތަކަށް ނުލިބޭ ސަބަބު މިލިއުމުގައިވެސް ހާމަކޮށްލާނަމެވެ. 2200ރުފިޔާގެ މުސާރައިން އެވްރެޖް އާއިލާއެއްގެ ޚަރަދުގެ ތިންބައިކުޅަ އެއްބައިވެސް ނުފުއްދޭނެއެވެ. ވީމާ މިދެންނެވެ މުސާރަ ރިސޯޓްގެ އެވްރެޖް މުސާރަކަމަށް ހަމަޖައްސާފައިވަނީ ކޮންބޭނުމަކު ހެއްޔެވެ؟ޝާހިދު ޝާހިދު ޝާހިދު ޝާހިދު

މަތީގައި މިދެންނެވި ވާހަކަތަކީ އަސްލު އަޅުގަޑު މިލިޔުން ކުރިއަށްގެންދަން ބޭނުންވާ މައުޟޫއެއް ނޫނެވެ. ނަމަވެސް ތަރަށްގީގެ ބައެއްވީމަ ހިމަނާލީއެވެ. ބޭރުމީހުން ގިނަވުމުން ލިބޭނެ މާލީ ފައިދާތައް އެގިލައްވާނީ ބޭރުމީހުން ގެންގުޅޭ ފަރާތްތަކަށާއި އިގްތިސާދީ މާހިރުންނަށެވެ. ނަމަވެސް ބޭރުމީހުން މިރާއްޖޭގައި ގިނަވުމުގެ ސަބަބުން އިޖްތިމާއީ ގޮތުން ކުރަމުންދާ ނޭދެވޭ އަސަރު ދެނެގަތުމަށްޓަކައި އިޖްތިމާއީ ރޮނގުން ޕީއެޗްޑީ ހަދާކަށް ނުޖެހެވެ. އެއްމެ ކޮށި ވިސްނުން ހުންނަ މީހަކަށްވެސް ވިސްނޭފަދަ މަންޒަރުތަށް މިދަނީ މިކުޑަ ކުޑަ ރާއްޖެއިން ފެންނަމުންނެވެ. ހަސަންރަސްގެފާނު ގެންނެވި 70 ބިދޭސީ އަޅުންނާއި ހިސާބުން ފެށިގެން މިއަދާއި ހަމައަށް އައިރު ބިދޭސީ މަސައްކަތު މީހުންގެ ނުރަށްކާ މިވަނީ އިންތިހާއަށް ގޮސްފައެވެ. ދިވެހިންނާއި މެދު އެމީހުން ހިންގާ ޖަރީމާތަކުގެ އިތުރުން އެމީހުން އެމީހުންނަށް ހިންގާޖަރީމާތަކުގައި މީހުން ގަތުލުވެސް ކުރަނީއެވެ. މީގެ އިތުރުންވެސް އަޅުގަޑުމެން އެއްމެ ކަންބޮޑުވާންޖެހޭ އެއް މައްސަލައަކީ ބަދު އަޚްލާގީ މައްސަލަތަކެވެ. އަޅުގަޑުމެންގެ ކުޑަ ކުދިންނަށާއި މުސްކުޅިންނަށް މި މީހުންގެ ފަރާތުން ލިބޭ ޖިންސީ އަނިޔާތަކެވެ. މިދެންނެވި ފަދަ ޖިންސީ އަނިޔާތަކާއި ގޯނާކުރުންތަކަކީ މިރަށުގައިވެސް ހިނގާފައިވާ އަދި ހިނގަމުންދާ ކަންތައްތަކެވެ. އިއްޔެރޭ ހުޅުދޫގައި ބަންގްލަދޭޝް މަސައްކަތު މީހަކު އުމުރުން 62 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރީ ވަޅިން ބިރުދައްކައިގެންނެވެ. ވީމާ އަޅުގަޑުމެންގެ އުމުރުން ދުވަސްވީ މީހަކަށް ނޫނީ ކުޑަކުއްޖަކަށް މިފަދަ ގޯނާއެއް މާދަމާ ނުކުރާނެ ކަމުގެ އޮތީ ކޮންޔަގީން ކަމެއްހެއްޔެވެ؟ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

މޮޔަމީހާ އަށާއި ޝިހާބުއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

March 12, 2008 Hassan Shahid 2 comments

ތާނައިން ބުލޮގް ނިވެގެން ހިނގާތާން ލައްކަ ޒަމާން ވީފަހުން މިގޮތަށް ތާނައި ބުލޮގް ކެރާށް އެގެނެއި އިހަކަށް ދުވެހި. ބުލޮގް ކެރަމުން މިހެން ވޭނޑޭވޭލެއި އިންޓަނެޓް މާހައުލުން ދިމާވި ޝިހާބު އަކީ ނަމޫނާ މީހަކަށް މަބަލާ މީހަށް.  އެހެންވެގެން ޝިހާބު ބުލޮގާކީ ކޮންމިދުވަހަކި މަ ބަލާ ބުލޮގައް. މިގޮތަށް ބަލަމުން އޭވޭލެއި ތާނައިން ޕޯސްޓައް ޖަހަފެއި  ބެނަފެއި އޮތީ ޝިހާބު ތާނައިން ބުލޮގުކެރާށް ދަސްކެރީ މޮޔަމީހާ ބުލޮގާއި ހިށި ލިޔުމަށް ބަލަގެނައު. މޮޔަ މީހާކީ އަސް  އިންޓަނެޓް މާހައުލުން މާއިދިމާވި ވަރަށް ނަމޫނާ މީހަށް. އެހެންވެ ވަގުތުން މޮޔަމީހާ ބުލޮގާއި ބެނައިދެރެފެއި ހިށިލެއް  ބަލަގެން ތާނައިން ބޮލޮގް ކެރާށް ކޮންމިއަސް ވަރަކަށް ދަސްވެގެ. އެހެންވެ މޮޔަ މީހާއަށާއި ޝިހާބުއަށް ވަރަށް ބޮޑަށް   ޝުކުރިއްޔާ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

މޮޔަމީހާ އެކުހުން އަދި އަހުވާއްޖެހޭ ވާހަކާކަސް ލޭލާށުން. މަ ވޭނޑި ވޭނޑި ފޮންޓު ބަދަލުކެރާ ސޮފްޓްވެއާ މަކޮންޕާއް   މިހިގަނީ އިންސްޓޯލް ނިވެގެން. އިންސްޓޯލް ވޭނެ ލެކަށް ބެނައި ދީއޭށީ؟ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

Categories: Your choice

ދިވެހިންގެ ނިންމުން: ވޯޓު ބޭކާރުކޮށްނުލާށެވެ

2008.jpg

މިނިވަންކަމާއި އެކު ވޯޓް ލެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުމަކީ ޑިމޮކްރަސީގެ އެއްމެ އަސާސީ އެއްސިފައެވެ. މިދެންނެވި މިނިވަންކަމަކީ މިއަދާއި ޖެހެންދެންވެސް ދިވެހިން އިހްސާސްކޮށްފައިވާ މިނިވަންކަމެއްނޫނެވެ. އެހެންކަމުން ދިވެހިންގެ ގިނަބަޔަކުވަނީ ވޯޓް ލުމަށް ފޫހިވެފައެވެ. އަދި އެހެންމެ ވޯޓްލުމުގައި ބައިވެރިވުން ވަނީ ބިރުވެރި ކަމަކަށް ވެފައެވެ. ސިއްރު ވޯޓެކޭ ކިޔަސް އެމީހަކު ލާވޯޓްގެ ސަބަބުން ވަޒީފާގެއްލިދާނެތީއެވެ. ރަށަށް ލިބެންޖެހޭ ކުރިއެރުމަށް ބުރޫ އަރާފާނެތީވެ ވެރިން އަންގަވާގޮތަށް ވޯޓްލާން މަޖްބޫރުވާތީއެވެ. މިދެންނެވި ކަންތައްތަކަކީ ދިވެހިން ކޮންމެ ފަސް އަހަރުން އެއްއަހަރު ތަޖްރިބާކުރަމުން އަންނަކަމެކެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދުޝާ ހިދުޝާ ހިދުޝާ ހިދުޝާ ހިދުޝާ ހިދުޝާހިދު  ދސ

މިއަހަރު ފަހުކޮޅު އަނެއްކާވެސް އަޅުގަޑުމެންނާއި މިބައްދަލުކުރަނީ އެއްކަލަ “ބޭކާރު” އިންތިޚާބެވެ. މިއީ އެއްގޮތަކަށްވެސް އަޅުގަޑު ދަންނަވާ ވާހަކައެއް ނޫނެވެ. ދިވެހިންގެ ގިނަބަޔަކު ދެކޭގޮތުގައި އެމީހުން ވޯޓް ލިޔަސް އަދި ނުލިޔަސް ވޯޓްގެ ނަތީޖާއަށް ބަދަލެއް ނައަންނާނެއެވެ. ވެރިއަކަށް ކޮންމެ މީހަކު ހުއްޓަސް އެމީހުންނަށް ކުރާނެ ފައިދާއެއް ނެތެވެ. ވެރިކަމުގައި ހުރިމީހަކު އިންތިޚާބަކުން ބަލިވެ އެހެން މީހަކު ވެރިކަމާއި ހަވާލުވެއްޖެއްޔާ އެގައުމެއްގެ ހާލަތުދާނީ ދަށަށްކަމަށް ގަބޫލުކުރާ ދިވެހިންވެސް އުޅެއެވެ. ޚާއްސަކޮށް ދިވެހި ރާއްޖޭގެ ވެރިކަމުގައި މިހާރު ހުންނެވި ބޭފުޅާ ވެރިކަމުން ބޭލުމަށްފަހު މިގައުމުގެ އެއްމެ މަތީ މަގާމު އަދާކުރެއްވޭނެ އެހެން ދިވެއްސަކު ނެތްކަމަށް ބުނާމީހުންވެސް އެބައުޅެއެވެ. ދިވެހި ރާއްޖޭގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެތެރެއިން ގިނަބައެއްގެ ވިސްނުން މިގޮތަށްހުއްޓާ މިފަދަ އިންތިޚާބެއް ބޭއްވުމަކީ ހަގީގަތުގައިވެސް “ބޭކާރު” ކަމެކެވެ. ނަމަވެސް އަޅުގަޑަކީ މަތީގައި މިދެންނެވި ވިސްނުމަށް ތާއީދުކުރާ މީހެއްނޫނެވެ.ޝާހިދު ޝާހޖޮދު

އަޅުގަޑުމެން އިންތިޚާބާއިމެދު ދެކޭގޮތް ކޮންމެހެން ސަރުކާރުން ބަލާކަށް ނުޖެހޭނެއެވެ. ގާނޫނުއަސާސީގެ ދަށުން ބާއްވަންޖެހޭ އިންތިޚާބުތައް އެއިރެއްގައި އޮންނަ ސަރުކާރަކުން ދާނީ ބާއްވަމުންނެވެ. އިންތިޚާބު “ބޭކާރު” އެއްޗަކަށް ހަދަނީ އަޅުގަޑުމެން އަމިއްލަޔަށެވެ. އިންތިޚާބަކުން ހާސިލްކުރަންބޭނުންވާ ކަމެއް އޮތްނަމަ އެއިންތިޚާބުގެ ބޭނުންހިފުމަކީ އަޅުގަޑުމެންގެ އަމިއްލަކަމެކެވެ. އަޅުގަޑުމެން ވޯޓްލަނީ ކުރިންދެންނެވި ފަދައިން ރަށަށްލިބިދާނެ ދެރައަކުން ސަލާމަތްވުމަށް، ވަޒީފާ ގެއްލިދާނެތީވެ، ނޫނީ ކޮންމެ ގޮތަކަށް ވޯޓް ލިޔަސް ނަތީޖާ ބަދަލެއް ނުވާނެކަމަށް ވިސްނައިގެން ކަމަށްވާނަމަ ވޯޓް ބޭކާރު ކުރުމުގެ ޒިއްމާ ނަގަންޖެހޭނީ އަޅުގަޑުމެން ދިވެހިންނެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

މިއަންނަ ރިޔާސީ އިންތިޚާބު ބޭނުންތެރި އަދި ކާމިޔާބު އިންތިޚާބަކަށް ހަދަންބޭނުންނަމަ އަޅުގަޑުމެން ވިސްނާގޮތް ބަދަލުކުރަން އެބަޖެހެއެވެ. އިންތިޚާބުތަކާއިމެދު އަޅުގަޑުމެން ދެކެމުން އަންނަގޮތް ބަދަލުކުރަން ޖެހެއެވެ.އެއްމެ ފުރަތަމަ ކަމަކަށް ގަބޫލްކުރަންޖެހެނީ އެއްމެ ވޯޓަކުންވެސް އިންތިޚާބުގެ ނަތީޖާ ބަދަލު ވެދާނެކަމަވެ. ހަމައެހެންމެ ތިމާ އެދޭފަރާތް ވޯޓުން ފެއިލްވެދާނެތީ، ވޯޓް ކާމިޔާބު ކުރާނެކަމަށް ލަފާކުރާ ފަރާތައް ވޯޓް ދޭކަށް ނުޖެހޭކަމެވެ.ކުރީގެ އިންތިޚާބު ތަކާއި މިއަހަރު ބާއްވާ އިންތިޚާބު ވަރަށްބޮޑަށް ތަފާތުވާނެއެވެ. ގިނަ ކެންޑިޑޭޓުން ވާދަކުރާ މިއިންތިޚާބުގައި އަޅުގަޑުމެން ވޯޓް ދޭނީ ކިހިނެއްހެއްޔެވެ؟ ކެންޑިޑޭޓުންގެ ލިސްޓް ކިތައްމެ ދިގުވިޔަސް ވޯޓްލެވޭނީ އެއްމެމީހަކަށެވެ. ނަމަވެސް ވޯޓްލުމަކީ ފުޓްބޯޅަ މެޗެއްގައި އެއްމެގިނަ ގޯލްޖަހާމީހާއަށް މޭން އޮފްދަމެޗްދޭ އުސޫލުން ކުރަންޖެހޭ ކަމެއްނޫންކަން ހަނދާން ބަހައްޓަން ޖެހެއެވެ.(ނުނިމޭ) ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

Categories: Think again, Your choice

ދިވެހިންގެ ތަރަށްގީ: މަސައްކަތު މާހައުލުގެ ރައްކާތެރިކަން

މިދިޔަ ހަފްތާގެ ހޯމަދުވަސް އަޅުގަޑުމެންނާއި ބައްދަލުކުރީ ވަރަށް ހިތާމަވެރި ދުވަހެއްގެ ގޮތުގައެވެ. މާލޭ މަސްމާރުކޭޓުގައި ހުރި ވަޅަކަށް ފޭބި ފަސްމީހުން މަރުވި ހާދިސާގެ ހިތްދަތި ޚަބަރުން ދިވެހިންގެ ހިތްތަށް ރޮށްވަމުންނެވެ. ވަޅުގެ މަސައްކަތެއް ކުރުމަށް ފުރަތަމަ ފޭބީ ދެމީހުންނެވެ. އެދެމީހުންގެ ޚަބަރެއްނުވެގެން ފަހަރަކު މީހަކު ވަޅަށް ފައިބަމުންގޮސް ފަސްވަނަ މީހާ އެވަޅަށް ފޭބިއިރުވެސް ވަޅު ތެރޭގައި ތިބިމީހުންނަށް ވީގޮތެއް ނޭގެއެވެ. މިހިސާބުން ފުލުހުންނަށް އަންގައިގެން އެފަސްމީހުން ސަލާމަތްކުރެވުނުއިރު، އެމީހުންގެ ފުރާނަ ވަނީ އަޅުގަޑުމެންނާއި ވަކިވެ، މިދުނިޔެ ދޫކޮށްފައެވެ.  މާތް ﷲ އެމަރުހޫމުންގެ ފުރާނައަށް ހެޔޮޖަޒާ ދެއްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރަށްވާށި.އާމީން. ޝާހިދު ޝާހިދު ޝާހިދު

މިދެންނެވި ހިތާމަވެރި ހާދިސާއާއި މިލިޔުމުގެ ސުރުޚީ ގުޅުވަން ބޭނުން ނުވިޔަސް އަޅުގަޑުމެން ތަރަށްގީވަމުންދާވަރަކަށް މިފަދަ ހިތާމަވެރި ހާދިސާތަކުގެ ވާހަކަތައްވެސް މިދަނީ އިތުރުވަމުންނެވެ. ކޮންމެދުވަހަކުހެން އަޅުގަޑުމެން އަޑުއަހަމުން ދެކެމުންދާ މަންޒަރަކަށްވެފެއެވެ. މިދިޔަ އަހަރު ފަހުކޮޅު އަޅުގަޑުމެން މީދޫގެ ރައްޔިތުންވެސް ވަނީ މިފަދަ ހާދިސާއަކާއި ކުރިމަތިލާފައެވެ.9ސެޕްޓެމްބަރ 2007 ވަނަދުވަހު ނަސްރު ދޯނިން މަހަށްދިޔަ ސ.މީދޫ އިރަމާގޭ އުމުރުން 41އަހަރުގެ އަބްދުﷲ އައްބާސް ކަނޑަށްވެއްޓި ނިޔާވި ހާދިސާއެވެ. މަރުހޫމް އައްބާސް ނިޔާވުމުގެ ހިތްދަތިކަން އިހްސާސްކުރި އެއްމެންނަށް ކެތްތެރިކަން ދެއްވައި އެމަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރަށްވާށި. އާމީން.ޝާހިދު ޝާހިދު ޝާހިދު.

އަބްދުﷲ އައްބާސް ކަނޑަށްވެއްޓި މަރުވި ގޮތާއި ބެހޭގޮތުން އަޅުގަޑަށް މާގިނަ މައުލޫމާތެއް ލިބިފައެއްނެތެވެ. ނަމަވެސް އަބްދުﷲ އައްބާސް ދަންނަ ގިނަފަރާތްތަކުން ބުނެފައިވަނީ އައްބާސްއަކީ ފިޓްޖެހޭ މީހެއްކަން އެދުވަހު އައްބާސް މަހަށްދިޔަ ދޯނީގެ އެއްމެންނަށްވެސް އެގޭނެ ކަމަށެވެ. އަޅުގަޑު ދެކޭގޮތުގައި މިފަދަ މީހަކާއި މަސައްކަތެއް ހަވާލުކުރާއިރު ނުވަތަ މަސައްކަތެއް ކުރުވަންޏާ އެމަސައްކަތް ކުރުވާފަރާތުން އެމީހަކާއި މެދު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. މަހަށްގެންދާނަމަ އެގެންދާ ދޯންޏެއްގައި އެމީހަކަށް ރަށްކާތެރި މާހައުލެއްގާއިމު ކޮށްދެވެންޖެހޭނެއެވެ. މިފަދަ މީހަކު ކަނޑަށްވެއްޓި މަރުވީމަ އޭނާއަކީ ފިޓްޖެހޭ މީހެކޭ ބުނެލާފައި ނިންމާލުމުން އަޅުގަޑުމެންގެ މަސްއޫލިއްޔަތު އަދާކުރެވުނީކަމަށް ހީކުރުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

މި ދެހާދިސާއަށް ފުންކޮށް ވިސްނާލުމުން ގަބޫލުކުރަންޖެހެނީ އަޅުގަޑުމެން ހޯދާފައިމިވާ ތަރަށްގީގައަކީ ހަމަ އެކަނި ނަމެއްކަމެވެ. އެހެންނޫނަމަ ތަރަށްގީ ”އުސްމިންތަކަށް“ ގެންދިއުމުގައި މަސައްކަތްކުރާ ހީވާގި ދިވެހިންނަށް ލިބިދޭންޖެހޭ މަސައްކަތު މާހައުލުގެ ރައްކާތެރިކާމައިމެދު މިހާބޮޑަށް ފަރުވާކުޑަ ނުކުރާނެއެވެ. ހަމަ އެހެންމެ މިފަދަ ހިތާމަވެރި ހާދިސާތަކުން ލިބިގަންނަންޖެހޭ އިބުރަތް ހާސިލްނުކޮށް މިފަދަ ކަންތައްތައް ތަކުރާރުވުމަށް ދޫކޮށްނުލާނެއެވެ.ޝާހިދު ޝާހިދު ޝާހިދު ޝާހިދު

ތަރަށްގީ ވެފައި މިވަނީ ހަމައެކަނި ނަމެއްގެ ގޮތުގައޭ ދަންނަވަންޖެހޭ އަނެއްސަބަބަކީ މިފަދަ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކުރުމުން އެމީހުންގެ އަމަލު ހުންނަގޮތުންނެވެ. އަބްދުﷲ އައްބާސް ކަނޑަށްވެއްޓި ނުފެނިގެން ފުލުހުންނަށް ރިޕޯޓްކުރުމުން އެމީހުން އެހާދިސާ ހިނގި ސަރަހަށްދައް ދިޔައީ އޮފީސް ޔުނިފޯމްގައެވެ. އެމީހުންގެ ރަސްމީ ލޯންޗްގައި އެތަނަށްގޮސް ކެމެރާކޮށް، ކުރިތަހުގީގެއް ކުރުމަށްފަހު ދެން މިގުޅަނީ ގައުމީ ދިފާއީ ބާރުގެ “ރެސްކިއު” އަށެވެ. މީހެއްގެ ފުރާނަޔަށް ގެއްލުންވެދާނެ ހާލަތެއް މެދުވެރިވެގެން ދިވެހި ފުލުހުންގެ އެހީއަކަށް އެދުމުން އެމީހުންގެ އަމަލުތައް ހުންނަގޮތަކީ މިއެވެ. މާލޭގައި ހިނގާދިޔަ ހާދިސާގައިވެސް އެމީހުން ކަންތައްކުރީ ހަމަ މިދެންނެވި ގޮތަށެވެ. ވީމާ “ސާރވް އެންޑް ޕްރޮޓެކްޓް” މޮޓޯ އަކީވެސް ހަމައެކަނި ނަމެއްގައި ބޭނުންކުރާ އެއްޗެއްކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.ޝާހިދު ޝާހިދު

މިހުރިހާކަމެއް މިގޮތަށް ހުރިއިރުވެސް އަޅުގަޑުމެން ދިވެހިންނަށްވީތީ ފަޚްރުވެރިވާންޖެހެނީ ކިހިނެއްކަމެއް އަޅުގަޑަކަށް ނުވިސްނުނެވެ. ދިވެހިންނަށްވީތީ މިޖީލުގެ ދަރިން ފަޚްރުވެރިވާނީ މިކަހަލަ ތަރަށްގީގެ އުސްމިންތަށް ހާސިލްކުރެވިގެން ހެއްޔެވެ؟ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

އަޅުގަޑުމެންގެ ކާބަފައިންވެސް ދިވެހިންނަށްވީތީ ފަޚްރުވެރިވިއެވެ. ނަމެއްގައެއް ނޫނެވެ. ހަރުދަނާ އުސޫލްތަކާއި އެކު އެމީހުންގެ މަސައްކަތްތެރިކަމާއި ހުނަރު އަޅުގަޑުމެންނާއި ހަމަޔަށް ވާސިލްކޮށްދެއްވިއެވެ. ނަމަވެސް މިޒަމާނުގައި މަސައްކަތްކުރުމަށް ބޭނުންކުރާ އާލަތްތަކަށާއި މަސައްކަތް ކުރުމުގެ ވަށްޓަފާޅިއަށް އައި ބަދާލާއެކު އަޅުގަޑުމެން ވަނީ އަޅުގަޑުމެންގެ ކާބަފައިން ގެންގުޅުއްވި ހަރުދަނާ އުސޫލުތައް ދޫކޮށް މަސައްކަތު މާހައުލުގެ ސަލާމަތަށާއި ރައްކާތެރިކަމަށް ފަރުވާކުޑަ ކޮށްފައެވެ. ރައްކާވެ ތިބިއްޔާ ދަތުރެކޭ ބުނާއަޑު އަޅުގަޑުމެން އަހަމުއެވެ. ހަރު ބަހަކޭ މަޑުބަހެކޭ ކިޔަސް “ރައްކާވެތިބިއްޔާ ދަތުރެވެ” މިއީ އަޅުގަޑުމެންގެ ކާބަފައިން މަސައްކަތު މާހައުލުގައި އަދި ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި  ބޭނުންކުރި ޝިއާރެވެ. އަޅުގަޑުމެންގެ ޝިއާރު ކޮބައިތޯއެވެ؟ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު ޝާހިދު

Categories: Our Development