::Together we will achieve it::

I stand here ready to lead you and the Addu City…I believe the new generation of leaders should be different. Different attitude, different ideas..and different ways of doing politics.

Thank you for visiting my online office.

މިއަހަރު އަހަރު ދަނޑުވެރިންގެ ދުވަސް މިރަށުގައި ފާހަގަ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގައި ލަފާދިނުމަށް އުފައްދާފައިވާ ޚާއްޞަ ޓާސްކް ފޯހުގެ ފުތަމަ ބައްދަލުވުން ބާއްވައިފި

September 15, 2010 Leave a comment

މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާ ރަށަކީ މިރަށް ކަމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، އެދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި، ރަށުގެ ކްލަބް ޖަމްޢިއްޔާތަކާއި، ސްކޫލްތަކާއި، ޖަމާޢަތުގެ އެކި ކަންކަމުގައި ރަށުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ހިމަނައިގެން އެކުލަވާލާފައިވާ ޓާސްކްފޯސް ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ރޭ މީދޫ ސޯޝަލް ސެންޓަރުގައި ވަނީ ބާއްވާފައެވެ. މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ، ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ދަނޑުވެރިންގެ ފަރާތުން ސަރުކާރަށް ހުށަހަޅާނެ ކަންތައްތަކާއި، ދުވަހާއި ގުޅިގެން ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް މަރުޙަބާކިޔުމުގެ ކަންތައްތައް ކުރިއަށް ގެންދާނެގޮތުގެ އިތުރުން ރަށް ޒީނަތްތެރިކުރުމަށްޓަކައި، ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދާނެގޮތަކާއި ބެހޭގޮތުންނެވެ.

މިބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު، ސަރުކާރަށް ހުށަހަޅަން ނިންމި ކަންތައްތަކުގެ ތެރޭގައި ތެރޭގައި ދަނޑުވެރިންނަށް ބޭނުންވާ ގަސް ކާނާއާއި މުޑުވަށް ރަށުން ލިބޭނެ ގޮތް ހަމަޖައްސައި ދެއްވުމަށާއި، ދުވަހާއި ގުޅުވައިގެން ރަށުގެ ކޮންމެ ގެއަކަށް ކޮންމެވެސް ބާވަތެއްގެ މޭވާ އަޅާގަހެއް ހަދިޔާކޮށްދެއްވުމަށް އެދި ސަރުކާރަށް ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުންވެސް ރަށް ޒީނަތްތެރިކުރުމަށްޓަކައި ކުރަންޖެހޭ ބޮޑެތި މަސައްކަތްތައް ސަރުކާރަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. އެގޮތުން ރަށަށް އަންނަ މެހުމާނުންނަށް ރަށަށް އަރާ ފައިބަން އޮތް ފާލަމާއި ބަނދަރުގެ ތޮށިގަނޑު މަރާމާތުކޮށް ދިނުމަށްއެދި ސަރުކާރަށް ހުށަހެޅުމަށް ނިންމެވިއެވެ. މީގެ އިތުރުން ރަށުގެ ދަނޑުބިމުގެ ބޭނުން އެއްމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެގޮތްތައް ހޯދައި، ދަނޑުވެރިކަން ކުރަމުންގެންދާ ބިން އެއްމެންނަށް ހަމަހަމަ އުސޫލުން އެއްވަރަކަށް ދޫކުރެވޭނެގޮތް ހަމަޖެއްސުމަށްޓަކައި، މިނިސްޓްރީގެ އެހީތެރިކަން ހޯދުމަށް ޓާސްކްފޯސް އިން ވަނީ ނިންމާފައެވެ.

މިޓާސްކްފޯހުގެ ދެވަނަ ބައްދަލުވުން އެގްރިކަލްޗަރ މިނިސްޓްރީގެ ޓީމަކާއެކު މިރޭ 8.30 ގައި ރަށު އޮފީހުގައި އޮންނާނެއެވެ.

މީދޫ އެކުވެރިންގެ ޗޭނަށް މަރުޙަބާ

September 11, 2010 Leave a comment

މިކުދި ރަށްތަކުގެ ތަރައްޤީއަށް އެޅޭ ކޮންމެ ފިޔަވަޅެއްގައި އެއްމެ ބޮޑު ޙިއްސާއެއް އަބަދުވެސް އަދާކުރާ އެއްބަޔަކީ އެރަށެއްގައި އުފެދިފައި ހުންނަ ޖަމްޢިއްޔާ ޖަމާޢަތްތަކެވެ. އާދެ! އެއްވެސް ޝައްކެތްނެތް ގޮތުގައި ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަކީ ތަރައްޤީގައި ސަރުކާރުގެ ބައިވެރިންނެވެ.

މިރަށުގައި މިހާތަނަށް ތަރައްޤީގެ ރޮނގުގައި ކުރެވިފައިވާ ކޮންމެ ކަމެއްގައި ސަރުކާރާއި އެއްހަމައެއްގައި ހަރަކާތްތެރިވެފައިވަނީ، ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުންނެވެ. އެހެންކަމުން، އަޅުގަނޑު އުއްމީދުކުރަނީ، އަދި އަޅުގަނޑު ޔަޤީން ކުރަނީ، އަލަށް މިއުފެދުނު  މީދޫ އެކުވެރިންގެ ޗޭނު ޖަމްޢިއްޔާއިން، ރަށުގެ ތަރައްޤީއަށްޓަކައި، ސަރުކާރާއި ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

ޖަމްޢިއްޔާގެ ބޭނުންތެރިކަން ސަރުކާރަށް ހަމައެކަނި ބޭނުންވަނީ ތަރައްޤީގެ ހަރަކާތްތައް ރަށްރަށުގައި ހިންގުމަށެވެ. މިގޮތުން މިހާރުން މިހާރަށްވެސް ރަށުގެ މަދަނީ ޖަމްޢިއްޔާތަކުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް އެބަހުއްޓެވެ. އަދި ހަމައެއާއެކު، ރަށުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދެވިދާނެ އެތައްކަމަކަށް މަގު ފަހި ކޮށްދެވިފައި އެބަހުއްޓެވެ. އޭގެތެރެއިން، އެއްމެ ފުރަތަމަ ކަމަކީ، ދާދި ފަހުން ރަށް ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޝަންގްރިއްލާ ރިސޯޓާއި ދެމެދު ޕްރޮވިންސް އޮފީހުގައި ބޭއްވުނު ބައްދަލުވުމެވެ. މިބައްދަލުވުމުން ނިންމި ކަންތައްތަކުގެ ތެރޭގައި ޝަންގްރިއްލާ ރިސޯޓަށް ބޭނުންވާ ވަގުތީ މުވައްޒަފުންނާއި، އެރިސޯޓަށް ބޭނުންވާ ފަންގި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ހަވާލުކުރުން ހިމެނެއެވެ.

ދެވަނަ ކަމަކީ މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ރަސްމީކޮށް މިރަށުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމެވެ. މިދުވަސް ސަރުކާރުން މިރަށުގައި ފާހަގަކުރަން ނިންމެވީ، މިރަށުގެ ދަނޑުވެރިކަން ކުރިއަރުވައި، ރަށަށް ވަންނަ އާމްދަނީ އިތުރުކުރެވޭނެ ފުރުސަތުތައް އިތުރަށް ފުޅާކުރުމުގެ މަޤްސަދުގައެވެ. މިމަޤްސަދު ހާސިލްކުރެވޭނީ، ރަށުގެ އެއްމެހާ ރައްޔިތުންނާއި، ރަށުގެ މަދަނީ ޖަމްޢިއްޔާތަކުގެ އެއްބާރުލުން ސަރުކާރަށް ލިބިގެންނެވެ.

ތިންވަނަ ކަމަކީ ޔޫ.އެން.ޑީ.ޕީ އާއި ދަނޑުވެރިކަމާއިބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ އޮޓޯ ޕޮޓް މަޝްރޫޢެވެ. މިމަޝްރޫޢުގެ ދަށުން ރާއްޖޭގެ 4 ރަށެއްގައި މިހާތަނަށް އޮޓޯ ޕޮޓް ސިސްޓަމް ބަހައްޓައި، އެއިން އެރަށް ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބެމުން އެބަދެއެވެ. މިރަށަކީ ދަނޑުވެރި ރަށަކަށްވުމާއެކު މިދެންނެވި މަޝްރޫޢުގެ ދަށުން އޮޓޯ ޕޮޓް ސިސްޓަމެއް މިރަށް ލިބޭތޯ، ފާއިތުވި އަހަރުން ފެށިގެން މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ނަތީޖާއެއްގެގޮތުން މިރަށަށް އޮޓޯ ޕޮޓް ސިސްޓަމެއް ލިބޭނެ ދޮރު މިހާރުމިވަނީ ހުޅުވިފައެވެ. ނަމަވެސް މިމަޝްރޫއަކީ ޔޫ.އެން.ޑީ.ޕީ އިން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމުން މި ސިސްޓަމް ރަށްރަށަށް ދޫކުރުމުގައި ކަނޑައެޅިފައިވާ ޝަރުތުތަކެއް އެބަހުއްޓެވެ. އެގޮތުން މިސިސްޓަމް ހިންގާ ފަރާތަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއަކަށް ވުމާއި، މިސިސްޓަމް ހިންގައިގެން މުޖުތަމަޢުގެ ތެރެއިން ނިކަމެތި، އާމްދަނީގެ ފުރުޞަތުތައް ކުޑަ ނުވަތަ ވަޒީފާގެ ފުރުޞަތު ނެތް އަންހެނުންނާއި ޒުވާނުންނަށް އާމްދަނީއެއް ލިބޭނެގޮތެއް ހޯދައިދިނުމަކީ ކަނޑައެޅިފައިވާ މުހިއްމު ޝަރުތުތަކެކެވެ. އެހެންކަމުން، މިރަށުގެ ޖަމްޢިއްޔާތަކުން މިކަމާއި ކުރިމަތިލައިގެން، ރަށުގެ ރައްޔިތުންނަށް މިފުރުޞަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެކެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުން، މިސިސްޓަމް ރަށުގައި ބެހެއްޓުމަށާއި އެއް އަހަރުދުވަހު ހިންގުމަށް ގާތްގަނަޑަކަށް މިލިޔަނެއްހާ ރުފިޔާ ޚަރަދުވާނެއެވެ. މިހުރިހާ ޚަރަދެއް ޔޫ.އެން.ޑީ.ޕީ އިން ދެއްވަން ހަމަޖައްސަވާފައިވާއިރު، މިފުރުޞަތު އަޅުގަނޑުމެން ދޫކޮށްލައިގެން ނުވާނެއެވެ.

ދެން އޮތީ މުޅިން އެހެން ވާހަކައެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މަދަނީ ޖަމްޢިއްޔާތަކުގެ ދައުރަކީ ފުޅާ ދައުރެކެވެ. އެއީ މުޖުތަމަޢު އެކަތިގަޑަކަށް ހަދައިގެން ކުރިއަށް ދިއުމަށް އެންމެންނަށް އެރޭ އޮޑިއަކަށް ވާންވާނެއެވެ. ވަކި ފަރުދެއް އެއްފަރާތް ކުރެވިގެން ނުވާނެއެވެ. ޒާތީގޮތެއް އޮތަސް ޖަމްޢިއްޔާއެއްގެ ނަމުގައި ނުވަތަ ޖަމްޢިއްޔާއެއްގެ ނަން ބޭނުންކުރެވޭ ގޮތެއްގައި އެކަން ދެއްކުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ.

ކުދިކުދި ރަށްރަށުގައި އެއް ޖަމްޢިއްޔާއަށްވުރެ ގިނަ ޖަމްޢިއްޔާތައްވެސް ހިންގައެވެ. މިއީ މައްސަލައެއް ކަމަށް ބައެއް މީހުން ހީކުރެއެވެ. އެހެންނަމަވެސް ތަފާތު ފިކުރަށް ޖާގަދީ ތަފާތު ޚިޔާލަށް ފުރުސަތު ދެވޭނަމަ މިއީ މައްސަލައެއް ނޫނެވެ. މީހަކު ޖަމްޢިއްޔާއަކާ ބެހޭގޮތުން ޖަމްޢިއްޔާގެ އިސްކޮށް ތިއްބަވާ ބޭފުޅުންގެ ޚިޔާލާއި ތަފާތު ޚިޔާލެއް ފާޅުކޮށްފާނެއެވެ. އެ ހިނދު އެޚިޔާލުފާޅުކުރި މީހާއަކީ ތިމާމެންގެ ޒާތީ ދުޝްމިނެއްކަމަށް ބެލޭ ބެލުމަކީ ގިނަ ޖަމްޢިއްޔާތަކުގެ ހަރަކާތްތައް ހުއްޓޭ ހިސާބެވެ. ރަށްރަށުގެ ވެރިންނާއި ކައުންސިލަރުންނާއި ޖަމްޢިއްޔާތަކުގެ ވެރިންނާއި ޕާޓީތަކުގެ ވެރިންކުރާ ކަންތައްތަކަށްވެސް ރައްޔިތުން ފާޑުކިޔާނެއެވެ. އެކަން ޤަބޫލުކުރަން ޖެހެއެވެ. ހަޖަމް ކުރެވެން ޖެހެއެވެ. ހަޖަމް ނުކުރެވޭނަމަ އެކަމުން ދޭހަވަނީ، އެބައެއްގެ ނާޤާބިލުކަމާއި ލަޔާޤަތެއްނެތްކަމެވެ.

އަޅުގަނޑު އުއްމީދުކުރަނީ އެކުވެރިންގެ ޗޭނު ޖަމްޢިއްޔާގެ ނަން ރަމްޒުކޮށްދޭ އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ގުޅުން މިރަށުގެ ރައްޔިތުންގެ މެދުގައި ނަގަހައްޓައި، ދަމަހައްޓަން އަބަދުވެސް މަސައްކަތްކުރާނެކަމަށެވެ. މިފުރުޞަތުގައި އެކުވެރިންގެ ޗޭނުގެ ހުރިހާ މެމްބަރުންނަށް މަރުޙަބާ ކިޔަމެވެ. އަޅުގަނޑު އެދެނީ އެކުވެރިންގެ ޗޭނަށް ކުރިއެރުމާއި ކާމިޔާބީއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފް އެތައްކަމެއް

August 22, 2010 Leave a comment

ދިވެހިރާއްޖެއަކީ ތިމާވެށި ހިމާޔަތްކުރުމުގެ ރޮނގުން ދުނިޔޭގެ އެއްވަނަ ޤައުމުގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ޤައުކެވެ. މިޤައުމުގެ ވެރިކަން ކުރެއްވި ބޭފުޅުންނަށް ވަނީ ތިމާވެއްޓާއި ގުޅޭ އެތައް ޝަރަފަކާއި އިއްޒަތެއް އެރުވިފައެވެ. އެގޮތުން ނިމިގެންދިޔަ ދައުރުގެ ރައީސް މައުމޫނަކީ ތިމާވެށީގެ ބައްޕަގެ ޝަރަފު ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އަދި މިހާރުގެ ރައީސަކީ ތިމާވެށީގެ ޗެމްޕިއަންނެވެ. ގްރީން ގުރޫއެވެ. “އަންޑަރ ވޯޓާ ކެބިނެޓް މީޓިން” ބޭއްވުމުން ލިބުނު ޝަރަފުގެ އިތުރުން ދެންވެސް ތިމާވެއްޓާއި ގުޅުންހުރި އެތައް ޝަރެފެއްގެ ވެރިއެކެވެ. މިހުރިހާ ޝަރަފަކާއި ރީތިނަމެއް މިރާއްޖެއަށާއި، މިރާއްޖޭގެ ވެރިންނަށް ލިބެމުންދާއިރު ބޮޑު މަންޒަރު ފެންނަނީ ކިހިނެއްތޯއެވެ. Read more…

މިރާއްޖޭގެ ހަޤީގީ ވެރިންނަކީ ދިވެހި ރައްޔިތުންނެވެ.

August 18, 2010 1 comment

ދިވެހިރާއްޖޭގެ ވެރިކަން:

އެބައިމީހުގެ ވެރިކަމުގައި ނުހައްޤުން ބޮޑެތި އަނިޔާތައް ދެވުނު މީހުންނާއި، އަނިޔާވެރިކަމާއެކު މަރާލެވުނު މީހުންގެ އަދަދު އެއީ އެބައިމީހުންގެ ވެރިކަމުގެ އާރާއި ބާރު ވަޒަން ކުރުމުގައި ގެންގުޅެމުންއައި މިންގަނޑެވެ. މިއީ ޒަމާނުއްސުރެ އަހަރެމެން ދިރިއުޅެމުން މިއަންނަ ޤައުމުގައި ވެރިކަން ކުރި މީހުންގެ ފަރާތުން ފެނިފައިވާ ހަޤީގަތެވެ.

ވެރިކަމުގެ މަތިން ފެށިގެން ގޮސް އެއްމެ ތިރިއަށް ރިޝްވަތާއި ރެކޯޑް އަދަދުގެ ގިނަ ގާނޫނާއި ޚިލާފް އަމަލުތަކާއި، އިންސާނިއްޔަތާއި ޚިލާފް އަމަލުތައް އެމީހުން ކޮށްފައިވެއެވެ. އަސާސީ ޚިދުމްތައްތައް ލިބިގަތުމަށްޓަކައި އަހަރެމެންގެ ރަށްތަކުން ހިޖްރަކުރުމަށް އެބައިމީހުން އަހަރެމެންނަށް މަޖްބޫރުކުރުވިއެވެ. އެއީ އަހަރެމެންގެ މައްޗަށް ވެރިކަން ހިންގަން ތިބި މީހުންނެވެ. Read more…

Protected: މިނިވަންދުވަހުގެ ޖަލްސާ

July 27, 2010 Enter your password to view comments.

This post is password protected. To view it please enter your password below:


ޤާނޫނީ ހައިސިއްޔަތު ނެތިގެން ސްކޫލް ބޯޑް އުވާލުން

July 23, 2010 1 comment

ޝަމްސުއްދީން ސްކޫލް ބޯޑް އުފެއްދުމަށްޓަކައި ބެލެނިވެރިންގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ 5 މެމްބަރުންނާއި، ޓީޗަރުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ 2 ޓީޗަރުން އިންތިޚާބު ކުރުމަށްޓަކައި، ބެލެނިވެރިންނާއި، ޓީޗަރުންގެ މެދުގައި ވޯޓް ނެގީ 10 ފެބްރުއަރީ 2009 ވަނަ ދުވަހުއެވެ. މިއިންތިޚާބުގައި ބެލެނިވެރިންގެ ތެރެއިން ހޮވުނު 5 ބޭފުޅުންގެ ތެރޭގައި އަޅުގަނޑު ހިމެނުމުން، އަޅުގަނޑު ބެލީ ސަރުކާރުން ބޯޑް އުފެއްދެވި މަޤްސަދާއި އެއްގޮތަށް ބޯޑް ހިންގުމަށް ކުރަންޖެހޭ ކަންކަން ބޯޑަށް ހުށަހަޅައިގެން ކުރުމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްކޫލްތަކުގައި، ސްކޫލް ބޯޑްތައް ހިންގާ ގޮތާއިބެހޭ މައުލޫމާތު އެއްކޮށް ދިރާސާކުރީމެވެ. Read more…

ހިތްތިރިކަމުން ސަލާމަތްވެގެން ނޫނީ މިޤައުމާއިގެން އަމާން ބަނދަރަކަށް ނުދެވޭނެއެވެ.

July 5, 2010 Leave a comment

ހިތްތިރިކަމުން ސަލާމަތްވެގެން ނޫނީ މިޤައުމާއިގެން އަމާން ބަނދަރަކަށް ނުދެވޭނެއެވެ.

ފައިސާގެ ނުފޫޒު ބޭނުންކޮށްގެން ޤައުމުގައި ހުޅުޖަހަން އުޅޭއެއްވެސް މީހަކު ދޫކޮށްފައި ބެހެއްޓުމަކީ މިޤައުމުގެ އެއްމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް ނަޝީދު ކޮށްގެންވާނެ ކަމެއް ނޫނެވެ. އެފަދަ މީހުން ހައްޔަރު ކުރެވެން އޮތީ ކުއްލި ހާލަތު އިއުލާންކޮށްގެން ކަމަށްވާނަމަ، އެކަން ކުރައްވައިގެން ނަމަވެސް ފަސާދަވެރިންގެ ކިބައިން މިޤައުމު މިވަނީ މިންޖުކުރަން ޖެހިފައެވެ. Read more…

July 1, 2010 Leave a comment

ހަފްތާ ބަންދު: މިހަފްތާ ބަންދުގައި ލިޔަން މިޖެހެނީ މުޅިން ތަފާތު ވާހަކަތަކެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށްގެން އިދިކޮޅު މެމްބަރުން ދައުލަތުގެ މާލިއްޔަތުގެ ޤާނޫންގެ 7 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ “ދައުލަތުގެ މުދަލެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، ނުވަތަ ދޫކޮށްލަންވާނީ، ނުވަތަ ދައުލަތުގެ ނަމުގައި ހިންގާ ވިޔަފާރި މުޢާމަލާތަކާ ގުޅިގެން ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ނުވަތަ އެހީއެއް ނުވަތަ ސަބްސިޑީއެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ދިނުމަށް އެއްބަސްވާންވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކަމާބެހޭ ޤާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.” Read more…

އިޖްތިމާޢީ ރޫޙް އާލާކުރުމަށް ތިޔަ ނެންގެވި އިސްނެގުމަކީ ރައްޔިތުންނަށް ލިބިގެންދާ އިތުރު ހިތްވަރެކެވެ.

June 21, 2010 Leave a comment

އިޖްތިމާޢީ ރޫޙް އާލާކުރުމަށް ތިޔަ ނެންގެވި އިސްނެގުމަކީ ރައްޔިތުންނަށް ލިބިގެންދާ އިތުރު ހިތްވަރެކެވެ.

ފަހަކަށް އައިސް ނުފެންނަ އުފާވެރި މަންޒަރުތަކެކެވެ. ރަށުގެ ރައްޔިތުން ރަށުގެ ގަދަރާއި ޝަރަފު ހިމާޔަތްކޮށް ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރަމުންދާ މަންޒަރުތަކެވެ. ޝަންގްރިއްލާ ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފުން އެމީހުންގެ ފެންވަރުގައި ރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެމުން އެބަދެއެވެ. ރަށާއި ދުރުގައި ތިއްބެވި ޒުވާނުން ގެންދަނީ ޖަމިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް އެމީހުންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ހަމަ އެހެންމެ ރަށުގެ ހީވާގި އަންހެން ބޭފުޅުން ގެންދަވަނީ ރަށުގައި އިޖްތިމާޢީ ރޫޙް އަށަގެނުވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ. Read more…

ތިމާވެށި ދުވަހު މީދޫގެ ރައްޔިތުންގެ ފަރާތުން ފެނިފައިވަނީ އެއްބައިވަންތަކަމާއި އެކުވެރިކަމެވެ.

June 6, 2010 1 comment

މިއަހަރު ތިމާވެށި ދުވަސް (05 ޖޫން 2010) ފާހަގަކުރެވިގެންދިޔައީ އަޅުގަނޑު މީދޫ ކައުންސިލަރ ކަމާއި ހަވާލުވިތާ 1 އަހަރާއި 5 ވަނަ އަށް ވީދުވަހުއެވެ. 1 ޖޫން 2009 ވަނަ ދުވަހު ކައުންސިލަރ ކަމާއި ހަވާލުވިނަމަވެސް، ރަސްމީކޮށް އަޅުގަނޑު އޮފީހާއި ހަވާލުވީ 7 ޖޫން 2009 ވަނަ ދުވަހުއެވެ. މިވާހަކަ މިތަނުގައި ފާހަގަ މިކުރަނީ މިދިޔަ އަހަރު ތިމާވެށި ދުވަސް މީދޫގައި ފާހަގަކުރެވުނުގޮތާއި، މިއަހަރު މިދުވަސް މީދޫގައި ފާހަގަކުރެވުނު ގޮތް ސިފަކޮށްދިނުމުގެ ބޭނުމުގައެވެ. Read more…

ދުނިޔޭގެ ތިމާވެށި ދުވަހުގެ މެސެޖް

June 5, 2010 Leave a comment

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ރަށުގެ އެއްމެހާ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަން.

މުޅި ދުނިޔޭގައި ތިމާވެށީގެ ދުވަސް ފާހަގަކުރާއިރު، ރާއްޖޭގެ ތިމާވެށްޓަށް ލިބިފައިވާ ގެއްލުންތަކާއި، ލިބެމުންދާ ގެއްލުންތަކުގެ ވާހަކައަކީ ޤައުމީ ފެންވަރުގައި ދައްކަމުން ގެންގޮސްފައިވާ ވާހަކަތަކެއް.

އެހެންނަމަވެސް ތަފްސީލްގޮތެއްގައި ފަރުދީ ފެންވަރުގައި އަޅުގަނޑުމެން މިހާތަނަކަށް މިވާހަކައެއް ނުދައްކަމު. އަޅުގަނޑުމެން މިހާތަނަކަށް ނުދައްކަމު އަޅުގަނޑުމެންގެ ރަށުގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ވާހަކަތަކެއް. މިވާހަކަތައް ނުދެއްކުމުގެ ސަބަބުން، އަޅުގަނޑުމެންގެ ތިމާވެށި މިވަނީ ރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް އަތޮޅެއްގެ ތިމާވެށްޓަށް ގެއްލުން ނުވާވަރަށް ގެއްލުންތައް ވެފައި.

އަޅުގަނޑުމެންގެ ރަށުގެ ގޮނުދޮށްތައްވަނީ ކުނިބުނިން ތައައްޔަރުވެފައި. އަޅުގަނޑުމެންގެ ވަށައިގެންވާ ފަރުތައް މިވަނީ ޕްލާސްޓިކް ކޮތަޅުތަކުގައި ބަންދުވެފައި. އަޅުގަނޑުމެން ސާފު މޫދުގައިވާ މުރަކަތައް މިވަނީ ނައިލޯން ގޯނިތަކުން ނިވާވެފައި. މިކަންތައްތައް މިގޮތަށްވާން ދޫކޮށްލައިފިނަމަ އަޅުގަނޑުމެންނަކީ ހަމަ ބުއްދީގައި ދުނިޔޭގައި އުޅުނު ބައްތޯ ސުވާލުކުރާނެ މީހުން އަންނާނެ.

އަޅުގަނޑު މިއަދު މީދޫގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރަށުގެ ހިމާޔަތުގައި، ރަށުގެ ރީތިކަން ދެމެހެއްޓުމުގައި، އަދި ރަށުގެ ގަދަރާއި ޝަރަފު ހިމާޔަތް ކުރުމުގައި، ފިކުރު އެއްގޮތް ކުރުމަށް. ޚިޔާލު ތަފާތުވުންތަކާއެކުވެސް، ރަށަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް. އަޅުގަނޑު އެދެނީ އަޅުގަނޑުގެ ދުއާއަކީ ހުރިހާގޮތަކުންވެސް މީދޫއަށް ކުރިއެރުމާއި ކާމިޔާބު މިންވަރުކުރެއްވުން.

ޚާއްސަ ދަންނަވާލުމެއް

June 3, 2010 Leave a comment

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރަށުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތު ހިއްކިބިން ސަރަހައްދުގައި 05 ޖޫން 2010 (ހޮނިހިރު) ދުވަހު ހަވީރު 4.30 ގައި އޮންނާނެއެވެ. ވީމާ މިރަސްމިއްޔާތުގައި ބައިވެރިވެ ދުވަހާއި ގުޅޭގޮތުން ހިންގުމަށް ހަމަޖެހިފައިވާ ގަސްއިންދުމުގެ ހަރަކާތުގައި ރަށުގެ ކުދިބޮޑު އެއްމެހާ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުން އެދެމެވެ.

ޝުކުރިއްޔާ

ހަފްތާ ބަންދު 50: ކަންކަމަށް ހެޔޮ ބަދަލު ގެނެވުމުގައި އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަންޖެހެއެވެ.

May 27, 2010 Leave a comment

ކަމަކަށް ހެޔޮ ބަދަލެއް ގެނެވޭނީ ހެޔޮ ބަދަލުތަކަށް ޖާގަދޭ ވިސްނުން ގެންގުޅެގެންނެވެ. ހެޔޮ ބަދަލުތަކަށް މަރުޙަބާ ކިއުމުގެ ބަދަލުގައި ކަންކަން ޚަރާބުކުރުވާ ވިސްނުން ގެންގުޅޭނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން މުޅި މުޖުތަމަޢު ނިކަމެތިވެ ފަސާދަވެގެން ދާނެ ކަމެކެވެ. ނަމަވެސް ހަޤީގަތަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހެޔޮ ބަދަލުތަކަށް މަރުޙަބާ ކިޔުމުގެ ވިސްނުން ނެތްކަމެވެ. Read more…

މީދޫގައި ޖަލެއް އެޅުމާއި ބެހޭގޮތުން ރަށު އޮފީހާއި އެއްވެސް ފަރާތަކުން މަޝްވަރާކޮށްފައި ނުވޭ

May 17, 2010 1 comment

ދިވެހި ސަރުކާރުން މީދޫގައި ޖަލެއް އަޅަން އުޅޭ ކަމަށާއި، މިކަމަކީ މީދޫ އޮފީހުގެ ވެރިން ކުރުވާ ކަމެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ހަޤީގަތާއި ޚިލާފްވާހަކަތައް ފަތުރަމުން ގެންދާތީ، މިކަމުގެ ހަޤީގަތް ހާމަކުރުމުގެ ގޮތުން ދަންނަވަމެވެ.

މިއަދު 17 މެއި 2010 ވަނަ ދުވަހާއި ހަމައަށް ދިވެހި ސަރުކާރުގެ އެއްވެސް ރަސްމީ އޮފީހަކުން މީދޫގައި ޖަލެއް އަޅަން އުޅޭކަމުގެ ވާހަކެއް ސ.މީދޫ އޮފީހަށް އަންގަވާފައި ނުވެއެވެ. އަދި އެފަދަ ޖަލެއް މީދޫގައި އެޅުމަށް ސަރުކާރުން ނިންމަވާފައިވާކަމުގެ އެއްވެސް މައުލޫމާތެއް ސަރުކާރުގެ އެއްވެސް ވެރިއެއްގެ ފަރާތުން މީދޫ އޮފީހަށް ނުވަތަ އަޅުގަނޑަށް އަންގައި ޚިޔާލު ހޯދާފައި ނުވެއެވެ.

ޝުކުރިއްޔާ!

ހަފްތާ ބަންދު 49: އެއީ ކުރީގެ ސަރުކާރުގެ ނުވަތަ މިހާރުގެ ސަރުކާރުގެ އެއްޗެއް ނޫނެވެ. އެއީ މީދޫ ރައްޔިތުންގެ މިލްކެކެވެ.

May 15, 2010 Leave a comment

ހުކުރުދުވަހު ހުކުރުން ފައިބައިގެން ރަށުގެ ވަރަށް ޢިއްޒަތްތެރި ބޭފުޅަކު އޮފީހުގެ މުވައްޒަފަކާއި ސުވާލުކުރިއެވެ. ކުރީގެ ސަރުކާރުން ދީފައިވާ އެއްޗަކަށްވީތީ މިހާރު ޑަސްބިންވެސް ނެގީ ދޯއެވެ؟ އަދި ކުރީގެ ސަރުކާރުން ދީފައިވާ ކަޅުހަންވެސް ގެންދަންވީ ނޫންހޭ ބުނެ ރުޅިވެރިކަމާއެކު އެބޭފުޅާގެ އުދާސްތައް ބޭރުކުރިއެވެ. ނަމަވެސް މިކަމަކީ އޮފީހުގެ މުވައްޒަފާއި އެއްވެސް ގުޅުމެއް ހުރިކަމެއް ނޫންކަމުން، އެބޭފުޅާގެ ޝަކުވާއާއިގެން ކުރިއަށް ވަޑައިގަންނަވަންވީ މަގު ދެއްކެވިއެވެ.

ތެދެކެވެ. މިކަމަކީ އެއްވެސް ގޮތަކަށް އޮފީހުގެ އެއްވެސް މުވައްޒަފަކާއި ގުޅުން ހުރި ކަމެއް ނޫނެވެ. އަދި ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރާއިވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ. އެހެންނަމަވެސް މިކަމަކީ މީދޫގެ ރައްޔިތެއްގެ ހައިސިއްޔަތުން ކޮންމެ ރައްޔިތަކާއިވެސް ގުޅުން ހުރި ކަމެކެވެ. ސަބަބަކީ މީދޫ ރ.ކ ކޮމެޓީން ކުރިއަށް ގެންދިޔަ ކުނި އުކުމުގެ ޚިދުމަތުގައި ބޭނުންކުރުމަށް ގޭގައަށް ދޫކޮށްފައިވާ ޑަސްބިންތަކަކީ އެކޮމެޓީގެ ޑަސްބިންތަކެކެވެ. އެހެންކަމުން އެޑަސްބިންތަކަކީ އެއްގޮތަކަށްވެސް ވަކި ފަރުދެއްގެ މިލްކެއް ނޫނެވެ. އަދި އެއީ ކުރީގެ ސަރުކާރުގެ ނުވަތަ މިހާރުގެ ސަރުކާރުގެ އެއްޗެއްވެސް ނޫނެވެ. އެއީ މީދޫގެ ހުރިހާ ރައްޔިތުންގެ މިލްކެކެވެ. Read more…

ހަފްތާ ބަންދު 47: މިގައުމުގެ ކޮންމެ ރައްޔިތަކަށްވެސް ސަރުކާރަށް ފާޑުކިޔޭނެއެވެ. އަދި ފާޑު ކިޔަންޖެހޭނެއެވެ.

April 30, 2010 1 comment

ކުރީގެ ސިއްހީމަރުކަޒު ހިންގި ބިމުގައި 5 ބުރީގެ ލޯ ކޮލެޖާއި އެސް.ޓީ.އޯ ކޮމްޕްލެކްސްގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހުޅުދޫ މީދޫ ބިނާކުރައްވަމުން ގެންދަވާނީ މަތީ ތައުލީމަށާއި އިލްމަށް މަގުފަހިވާ ތަނެއްގެ ގޮތުގައެވެ.

އެމަނިކުފާނު މިހެން ވިދާޅުވިފަހުން މިހާރު މިވަނީ އެއް އަހަރު ފާއިތުވެފައެވެ. ބިންގާ އެޅުއްވި އިމާރާތް އަދި ލޮލަކަށް ނުފެނެއެވެ. މިހެން ދެންނެވުމުން، ބައެއް މީހުން ހިތްހަމަ ނުޖެހިދާނެއެވެ. އަދި މިވާހަކައަށް ރައްދުދެއްވުމުގެ ގޮތުން ފާއިތުވެދިޔަ 30 އަހަރާވެސް ގުޅުވަފާނެއެވެ. އެއަށްވުރެ ބޮޑަށް ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެގެން މިފަދަ ވާހަކައެއް ބުނުމަކީ ސަރުކާރާއި ދެކޮޅުހެދުންކަމަށް ބަލައި އިސްތިއުފާ ދިނުމަށްވެސް ގޮވާފާނެއެވެ. އެހެންނަމަވެސް ހެވެއެވެ. ސިޔާސީ މަގާމެއް ގަބޫލުކޮށްގެން މިހުރީ ސަރުކާރަށް ހުޝާމަދު ކުރާކަށެއް ނޫނެވެ. މިމަގާމުގައި މިހުރީ ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި، ސަރުކާރުގެ ވެރިންގެ ސަމާލުކަމަށް އެ ޝަކުވާތައް ގެންގޮސް، ރައްޔިތުންނަށާއި ރަށަށް ފަހި ގޮތްތައް ހޯދައިދިނުމަށެވެ. އަދި މިގައުމުގެ ރައްޔިތުން ވޯޓްލައިގެން ސަރުކާރެއް ހޮވާފައި އޮތީވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. Read more…

ވެލައާއި ކަހަނބު ގެންގުޅުން

April 13, 2010 Leave a comment

އެނގިވަޑައިގަންނަވާނެފަދައިން ރާއްޖޭގެ ސަރަހައްދުތަކުގައި އުޅޭ ވެލާ ކަހަނބު ޙިމާޔަތްކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު 5/87) ގެ 10 ވަނަ މާއްދާގެ ދަށުން ރާއްޖޭގެ ސަރަހައްދުން ވެލައާއި ކަހަނބު ނެގުންވަނީ 1 ޖެނުއަރީ 2006 އިން ފެށިގެން 10 އަހަރުގެ މުއްދަތައް މަނާކޮށްފައެވެ.

ނަމަވެސް މިދެންނެވި ޤާނޫނާއި ޚިލާފަށް މިރަށުގައި ވެލާ ކަހަނބު ގެންގުޅޭކަން ރަށު އޮފީހަށްވަނީ ފާހަގަކުރެވިފައެވެ. އަދި މިކަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ފާހަގަކުރެވިގެން، އެ އެޖެންސީންވެސް މިކަން ހުއްޓުވައިދިނުމަށް އެދި ރަށު އޮފީހަށް ވަނީ ހުށަހަޅާފައެވެ. ވީމާ، އެއްވެސް ފަރާތަކުން ވެލައާއި ކަހަނބު ނަގައި އޭގެ ބޭނުން އެއްވެސް ގޮތަކަށް ކުރުމަކީ މަނާކަމެއްކަން ހަނދުމަފުޅުކޮށް އަރުވަމެވެ.

ހަފްތާ ބަންދު 44: ކަންކަން ކުރަން ނޭނގުމަކީ ރައްޔިތުންގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވަންޖެހޭ ސަބަބެއް ނޫނެވެ.

April 10, 2010 Leave a comment

ރަށްފުށުގެ ޞިއްޙީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުމެއް ބާއްވައިގެން މަސައްކަތް ކުރަންޖެހޭ – (ހުޅުމާލޭ ހޮސްޕިޓަލަށް 6 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގެ ތެރެއިން)

ރަށްފުށުގެ ޞިއްޙީ ހާލަތު ރަނގަޅު ނުވެގެން އުޅެނީ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ނެތިގެން ނޫނެވެ. އަދި ގުޅުން ނެތިގެނެއްވެސް ނޫނެވެ. ތިޔަ ވިދާޅުވާ ޞިއްޙީ ހާލަތު ރަނގަޅުކުރުމަށްޓަކައި، އެއްބައިވަންތަކަމުގެ ޖޯޝާއި ފޯރީގައި ރައްޔިތުން ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ މިރާއްޖޭގައި ހިނގަމުން އައި ޒަމާންވީ ބާރުގަދަ ވެރިކަމެއް ބަދަލުކޮށް، ވެރިކަމުގެ ގޮނޑި ތިޔަ ބޭފުޅުންނާއި ރައްޔިތުން ހަވާލުކުރީ، ރައްޔިތުންގެ ބޮލުގައި ތިފަ ތާކުންތާކު ނުޖެހޭ ދޮގު އިލްޒާމްތައް އަޅުވާކަށެއް ނޫނެވެ. އަދިވެސް އެއްފަހަރު ވިދާޅުވާށެވެ. ރައްޔިތުން ތިޔަ ބޭފުޅުންނާއި ވެރިކަން ހަވާލުކުރީ ރަށްފުށުގެ ޞިއްޙީ ހާލަތު ރަނގަޅު ކުރާށެވެ. އަދި ދެންވެސް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅު ކުރާށެވެ. Read more…

ހަފްތާ ބަންދު 43: ތަރައްޤީގައި ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަކީ ސަރުކާރުގެ ބައިވެރިންނެވެ.

April 2, 2010 2 comments

އެއްވެސް ޝައްކެތް ނެތް ގޮތުގައި ތަރައްޤީ ޙާޞިލު ކުރެވޭނީ ސަރުކާރުގެ އޮފީސްތަކާއި، އަމިއްލަ ވިޔަފާރިވެރިންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޢާއްމު ރައްޔިތުން ގުޅިގެންނެވެ. މިގޮތުން ބަލާއިރު ރަށެއްގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަކީ މިދެންނެވި ހުރިހާ ދާއިރާތަކާއި ގުޅިގެން ރަށުގެ ތަރައްޤީއަށް ނުހަނު ބޮޑެތި މަސައްކަތް ކުރެވިދާނެ ބައެކެވެ.

އަޅުގަނޑުމެންގެ ރަށަށް ބަލާލިނަމަވެސް ތަރައްޤީގެ މަގުގައި އެޅިފައިވާ ހުރިހާ ފިޔަވަޅެއް އެޅިފައިވަނީ މިދެންނެވި ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ. މިދެންނެވި ހަޤީގަތައް ބުރަވެ މިއަދު ސަރުކާރު ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ޔަޤީންކަން އަރުވަން ބޭނުންވަނީ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަމާއި ރަށުގެ ތަރައްޤީއަށް މަގުފަހިވާ ގޮތައް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމެވެ. އެފަދަ ޖަމްޢިއްޔާ ޖަމާޢަތްތަކަކީ ތަރައްޤީގައި ސަރުކާރުގެ ބައިވެރިންނެވެ. Read more…

ހަފްތާ ބަންދު 42: ކަންކަން ކުރަން ނޭނގުމަކީ ރައްޔިތުންގެ ކުރިމަތީގައި އިތުރުފުޅު ހައްދަވަންޖެހޭ ސަބަބެއް ނޫނެވެ.

March 28, 2010 Leave a comment

އެނގިވަޑައިގަންނަވާނެ ފަދައިން މިއަދު މިރަށުގެ މަގުތައް މިވަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަވަރުގެ ފުން ވަޅުގަނޑުތައް ހެދި ހިނގާ މީހުންނަށާއި، ދުއްވާ ތަކެއްޗައް މަގުތަކުގެ ބޭނުން ނުހިފޭވަރަށް ހަލާކުވެފައެވެ. މިކަމުގެ ޝަކުވާތައް ކޮންމެ ދުވަހަކު ރަށު އޮފީހަށް ލިބެމުންދެއެވެ. ރައްޔިތުންގެ މި ޝަކުވާތައް އަތޮޅު އޮފީހަށާއި، ޕްރޮވިންސް އޮފީހަށްވަނީ ތަކުރާރުކޮށް ހުށަހެޅިފައެވެ. މީގެ އިތުރުން މީޑިއާގެ ޒަރިއްޔާއިން މި ޝަކުވާތަކާއި މި މަންޒަރުތައް ވަނީ ދެއްކިފައެވެ. ނަމަވެސް މިއަދާއި ހަމައަށް މަގުގެ މައްސަލަތަކަށް ހައްލެވަނީ ނުހޯދިފައެވެ. Read more…

Follow

Get every new post delivered to your Inbox.